13 ފެބުރުއަރީ 2024
ގަލޮޅު ދަނޑުގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ބޭއްވި ފުޓްބޯޅަ މެޗެއްގެ ތެރެއިން ހިންގި މާރާމާރީއާ ގުޅިގެން މިހާތަނަށް 10 މީހުން ހައްޔަރުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ބޭއްވި ފުޓްބޯޅަ މެޗެއްގެ ތެރެއިން ހިންގި މާރާމާރީއާ ގުޅިގެން މިހާތަނަށް 10 މީހުން ހައްޔަރުކޮށްފި އެވެ.
އެ މާރާމާރީ ހިންގީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗުގެ ފަހު 10 މިނެޓް ތެރޭގަ އެވެ.
ފުލުހުން މިރޭ ބުނީ އެ މެޗުގެ ކުޅުން ކުރިއަށް ދަނިކޮށް ބަޔަކު މީހުން ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގައި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުންނާމެދު މާރާމާރީ ހިންގި މައްސަލާގައި މިހާތަނަށް ޖުމްލަ 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެ ދުވަހުގެ މެޗުގައި ހިންގި ހަމަނުޖެހުމުގައި ވަނީ ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމަށް ވެސް ހަމަލާ ދީފަ އެވެ. އަދި މެޗުގެ 82 ވަނަ މިނެޓް ކުޅެވުނު ފަހުން، ހިންގި އެ ހަމަނުޖެހުމުގެ ތެރޭގައި ކުޑަހެންވޭރަށް ސަޕޯޓުކުރަން ތިބި ބަޔަކު ދަނޑުގެ ކޮމްޕައުންޑް ސަރަހައްދަށް ވަދެ އިތުރަށް ހަމަނުޖެހުން ހޫނު ކުރި އެވެ.
އެ ހަމަނުޖެހުމުގައި ބައިވެރިވި މީހަކު ވަނީ ސޮބާގެ މޫނު މަތީގައި ގޮށްމުށުން ޖަހައި، އޭނާގެ އަނގަމަތި ފަޅާލި އެވެ.
މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިއްފަތު، ވިކްޓަރީގެ އެނަޓޮލީ އަށް ކުރި ފައުލަކާ ގުޅިގެން އެނަޓޮލީ ގަސްދުގައި ހާޒިމް ގައިގައި ކޮޅުފައިން ޖެހުމުންނެވެ. އެއާ ގުޅިގެން ރެފްރީ މުހައްމަދު ޖާވިޒް އެނަޓޮލީ އަށް ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކަން ނިންމުމާ ގުޅިގެން މައްސަލަ ހޫނުވި އެވެ. އަދި އޭގެ ކުރިން ވެސް ކުޑަހެންވޭރުން ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ދަނޑުގެ މާރާމާރީ:ހައްޔަރުކުރި 13 މީހަކު ދޫކޮށްލަައިފި
ދަނޑުގެ މާރާމާރިއާ ގުޅިގެން އިތުރު މީހަކު ހައްޔަރު
ދަނޑުގައި ހިނގި މާރާމާރީއާ ގުޅިގެން ދެމީހަކު ހައްޔަރު
ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ތަހުގީގުކުރަނީ
ދިއްދޫގައި މުދަލަށް ގެއްލުން ދިން މައްސަަލަ ބަލަނީ
ދިއްދޫގެ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުންނެއް ނުބަލާ
ކެފޭއަކަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލަ ބަލަނީ
ތުހުމަތުތަކަށް އިންކާރުކޮށް، ޝާފިއު ހުރީ ހަނު!
ކެފޭއެއްތެރޭ މާރާމާރީއެއް ހިންގައި މީހަކަށް އަނިޔާވެެއްޖެ
ކަނޑުހުޅުދޫގައި މާރާމާރީއެއް: ދެ މީހަކަށް އަނިޔާވެއްޖެ