11 ޖޫން 2019
ޓިއުރިން (ޖޫން 8) – އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ގެންއުޅޭ އުސޫލުތަކާއި އަދި ޒުވާން ކުޅުންތެރިންނަށް އޭނާ ކުރާ އިތުބާރަށް ޓީމުގެ ވައިސް ކެޕްޓަން ލެއޮނާޑޯ ބޮނޫޗީ ތައުރީފްކޮށްފި އެވެ.
ޓިއުރިން (ޖޫން 8) – އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ގެންއުޅޭ އުސޫލުތަކާއި އަދި ޒުވާން ކުޅުންތެރިންނަށް އޭނާ ކުރާ އިތުބާރަށް ޓީމުގެ ވައިސް ކެޕްޓަން ލެއޮނާޑޯ ބޮނޫޗީ ތައުރީފްކޮށްފި އެވެ.
އިންޓަ މިލާނާއި މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު އިޓަލީއާ ހަވާލުވީ މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިނުވެ މައްސަލަގަނޑެއްގެ ތެރޭގައި އޮއްވަ އެވެ. އޭނާ އައިސް ބަދަލުތައް ގެނެސް މިހާރު އޮތީ ރަނގަޅު ފައްތަރެއްގަ އެވެ. ޔޫރޯ ކޮލިފައިންގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ އެ ޓީމު މިހާރު އޮތީ އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވުމާ ގާތުގަ އެވެ.
"ހުރިހާ ކަމަކަށް ވުރެ ބޮޑަށް ބަދަލުވީ އަހަރެމެންގެ ކޯޗު. އޭނާ މިތަނަށް އައީ ވަރަށް ސާފު ވިސްނުމަކާ އެކު. އެ ވިސްނުން މިހާރު އިޓަލީ ފުޓްބޯޅައިގެ ތެރެއަށް ފެތުރިއްޖެ. ވަރަށް ގިނަ ޒުވާން ކުޅުންތެރިން، އެ ކުޅުންތެރިންގެ ދައުރު އަދާކޮށްފި،" ބޮނޫޗީ ބުންޏެވެ.
މަންޗިނީ ވަނީ ސީނިއާ ކެރިއަރުގައި މާގިނަ މެޗުތަކެއް ކުޅެފައިނުވާ ހުނަރުވެރި ބައެއް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ދެ ވަނަ ޑިވިޝަނުގެ ބްރެޝިއާގެ ސަންޑްރޯ ޓޮނާލީ އާއި ޔުވެންޓަސްގެ މޮއިސް ކީން އާއި އޭއެސް ރޯމާގެ ނިކޯލޯ ޒަނިއޯލޯ ހިމެނެ އެވެ.
އެކަމަކު ޑިފެންސް ލައިނުން އަދިވެސް ފުރުސަތު ދެނީ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ބޮނޫޗީ އާއި ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އަށެވެ. ބޮނޫޗީ ބުނީ އޭނާގެ ދައުރަކީ މިހާރު ތަޖުރިބާނެތް ކުޅުންތެރިންނަށް އެހީވުން ކަމަށެވެ.
"އަހަރެމެންގެ އަމާޒަކީ، ގައުމީ ޓީމަށް ކުޅުމަކީ ކިހާ މުހިއްމުކަމެއްކަން ކުޅުންތެރިންނަށް އަންގައިދިނުން. އާ ގްރޫޕެއް މިއޮތީ އުފައްދާފައި،" ބޮނޫޗީ ބުންޏެވެ.
ޔޫރޯ ކޮލިފައިންގައި އިޓަލީން މިރޭ ނުކުންނާނީ ބޮސްނިއާ-ހެޒަގޮވީނާއާ ދެކޮޅަށެވެ. ރާއްޖެ ގަޑިން 23:45 ގައި ފަށާ މެޗު އޮންނާނީ ޔުވެންޓަސްގެ ސްޓޭޑިއަމުގަ އެވެ.
މަންޗިނީ ސައުދީ ޓީމަށް، މުސާރަ އަހަރަކު 27 މިލިއަން
ދުރުގައި ތިބި ސަޕޯޓަރުން ގެެނެސް ކައްކުވާލީ މަންޗިނީ
ޓީމު ޕްރޮފައިލް: އިޓަލީ
އިޓަލީ ކޯޗު މަންޗިނީ ކޮވިޑަށް ޕޮޒިޓިވް
ކެރިއަރު އޮޔާނުދަނީސް ބަލޮޓެލީ ހޭލަން ޖެހޭ: މަންޗިނީ
އިޓަލީން އާރްމީނިއާ ކޮޅަށް ނުވަ ގޯލު ޖަހައިފި
ފްރާންސްގެ ފޯވާޑުންނަށް މަންޗިނީ ތައުރީފްކޮށްފި
އިޓަލީގެ ގައުމީ ކޯޗަކަށް މަންޗިނީ ހަމަޖައްސައިފި
އިޓަލީގެ ކޯޗުކަން މަންޗިނީ އަށް؟
އިޓަލީ ގައުމީ ޓީމަށް އަނެއްކާ ވެސް މަލްޑިނީ އެއް