06 ސެޕްޓެމްބަރ 2016
މާލޭގައި އިތުރު ފެން ޕްލާންޓެއް ބެހެއްޓުމަށް ޓަކައި އިމާރާތެއް އެޅުމަށް 3.8 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީން މިއަދު ބަޔާކާ ހަވާލުކޮށްފި އެވެ.
މާލޭގައި އިތުރު ފެން ޕްލާންޓެއް ބެހެއްޓުމަށް ޓަކައި އިމާރާތެއް އެޅުމަށް 3.8 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީން މިއަދު ބަޔާކާ ހަވާލުކޮށްފި އެވެ.
ފެން ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު ހަވާލުކުރީ އަލާފް ޕްރައިވެޓް ލިމިޓެޑާ އެވެ.
ފެން ކުންފުނިން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. އަލާފްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑިރެކްޓަރު އަޝްރަފް ހާމިދެވެ.
މި ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވީ 2000 ޓަނުގެ ފެން ޕްލާންޓްގެ ގާއިމު ކުރާނީ ފެން ބިލްޑިންގްގައި ކަމަށާއި އިމާރާތް ނިންމުމުގެ މަޝްރޫއު 150 ދުވަސްތެރޭ ނިންމުމަށް އެއްބަސްވެފައިވާ ކަމަށެވެ.
މިއީ އިމަޖެންސީ ހާލަތްތަކުގަ އާއި ޑިމާންޑަށް ބަލާފައި މާލެއަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަން ގާއިމުކުރާ ފެން ޕްލާންޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި އަހަރުގެ ނިޔަލަށް ފެން ބިލްޑިންގްގައި ފެން ޕްލާންޓެއް ގާއިމު ކުރެވި ޑިމާންޑާ އެއްވަރަށް ހިދުމަތް ދެވޭނެ ކަމަށް އުންމީދު ކުރަނީ،" ފަޒުލް ވިދާޅުވި އެވެ.
އާލާފްގެ މެނޭޖިން ޑިރެކްޓަރު އަޝްރަފް ވިދާޅުވީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިމާރާތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރާނެ ކަމަށެވެ.
ފެން ބިލްޑިންގުގައި ފެން އުފައްދާ ޕްލާންޓެއް ގާއިމުކުރާއިރު، ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ކުންފުނީގެ ވެއާހައުސް ހުރި ތަނުގައި 5000 ޓަނުގެ ފެން އުފައްދާ ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެ އެވެ. އެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
ދުވާފަރު ފެން ފެކްޓަރީގެ މަސައްކަތް ފަށައިފި
ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއެއް ދުވާފަރުގައި
އެމްޑަބްލިއުއެސްސީގެ ޝޯރޫމެއް ހުޅުވައިފި
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ހުޅުމާލޭގައި 10،000 ޓަނުގެ ފެންރައްކާކުރެވޭ ތާނގީ
ފެން އުފައްދާ ނިޒާމެއް ކަނޑުއަޑީގައި ހަދަން ދިރާސާއެއް
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
އައްޑޫ: އުފައްދާ ވަރަށްވުރެ ފެން ބޭނުން ކުރާލެއް ގިނަ
އައްޑޫ ފެނުގެ ނިޒާމް އަޕްގްރޭޑިން އެމްޑަބްލިއުއެސްސީއަށް
ގޯތިތަކަށް އަރާފައިވާ ނެޓްވޯކުތައް ބަދަލުކުރަން ފަށައިފި