މާލޭގެ މަގުމަތިން އަންހެނަކާ ފޮށެމުން ދިޔަ ކަމަށް ބުނާ މީހެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އިއްޔެ އާއްމުކޮށް، އޭނާ ބޭޒާރުކޮށްލައިފި އެވެ. އެ ވީޑިއޯ އާންމު ކުރުމާ އެކު، އެއީ އާއްމުކޮށް މަގުމަތިން މީހުންނާ ފޮށޭ މީހެއް ކަމުގެ ތުހުމަތު ވެސް ވަނީ އަޅުވައިފަ އެވެ.
09 ޖޫން 2019
މާލޭގެ މަގުމަތިން އަންހެނަކާ ފޮށެމުން ދިޔަ ކަމަށް ބުނާ މީހެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އިއްޔެ އާއްމުކޮށް، އޭނާ ބޭޒާރުކޮށްލައިފި އެވެ. އެ ވީޑިއޯ އާންމު ކުރުމާ އެކު، އެއީ އާއްމުކޮށް މަގުމަތިން މީހުންނާ ފޮށޭ މީހެއް ކަމުގެ ތުހުމަތު ވެސް ވަނީ އަޅުވައިފަ އެވެ.
އެ ވީޑިއޯ އާއްމުކުރި އަންހެންމީހާ ޓުވިޓާގައި ބުނެފައިވާ ގޮތުން އޭޑީކޭއާ ހިސާބުން ހުތުރު ބަހުން މުއާމަލާތުކޮށް، ފޮށެމުން ޗާންދަނީ މަގުގައި ހުންނަ ސްކޫޕާ ސައިކަލްގައި އެ ފިރިހެންމީހާ ދުއްވި އެވެ. މަގުމަތިން ހިނގާފައި ދާ އިރު ފުރައްސާރައާ އާއްމުކޮށް ކުރިމަތިވި ނަމަވެސް އެ މީހާގެ ހުތުރު ބަސްތަކާ ހުރެ، މަގު މެދުގައި ހުރެ ރޯން ޖެހުނު ކަމަށް އަންހެން މީހާ ބުނެފައިވެ އެވެ.
އެއީ އޭނާގެ ކާފަގެ އުމުރުގެ މީހެއް ކަމަށާއި ނުފޮށުމަށް އެދުމުން ވެސް ދެއްކީ ލަދުވެތި ވާހަކަތަކެއް ކަަމަށް އަންހެންމީހާގެ ޓުވީޓުގައި ވެ އެވެ. އާއްމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ފިރިހެންމީހާ ސައިކަލް މަތީގައި އިންނަނީ އެއް އަތުން ފޯނު ހިފަހައްޓައިގެންނެވެ.
މަގުމަތިން އޭނާއާ ފޮށެމުން ސައިކަލް ދުއްވި ތަން މަގުމަތިން ހިނގާފައި ދިޔަ މީހުންނާއި ދުއްވާފައި ދިޔަ މީހުންނަށް ފެނުނަސް އެހީތެރިކަމެއް ނުލިބުނު ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކުރުމުން ފޮށުނު މީހާގެ މައުލޫމާތާއި އޭނާ ވަޒީފާ އަދާކުރާ ތަން އާއްމުކޮށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެކަމަކު "މިހާރު" އިން އެ ވީޑިއޯ ނުހިމެނީ އޭގައި އޭނާގެ ޒާތީ ގިނަ މައުލޫމާތުތައް ހާމަކޮށްފައިވާތީ އެވެ.
ފުލުހުން މިހާރު އަންނަނީ ފޮށުނު މައްސަލަ ބަލަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އެ މައްސަލައިގައި އަންހެންމީހާގެ ބަޔާން ނަގައި ތަހުގީގު ކުރިއަށް ގެންދާނެ އެވެ.
މަގުމަތިން މީހުންނާ ފޮށުމަކީ އާއްމު ކަމެކެވެ. އެކަން ހުއްޓުވުމަށް ދޭތެރެއަކުން ކެމްޕޭންތައް ވެސް ކުރިއަށް ގެންދެ އެވެ.
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
މަގުމަތިން ފޮށުނު މީހާގެ މައްސަލަ ކޯޓަށް
ފޮށުނު މީހާ ޝަރީއަތް ނިމެންދެން ބަަންދަށް
މަގުމަތިން ފޮށުނު ކަމަށް ބުނާ މީހާ ހައްޔަރުކޮށްފި
ފާމަސީ އެސިސްޓެންޓަކު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެއް
އަލީ ވަހީދު ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށްފި
މަގުމަތިން ފޮށުނު ދުވަސްވީ ފިރިހެނަކު ބޭޒާރުކޮށްލައިފި
އަންހެނުންތަކަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ
ގްރޫމްކުރި މައްސަލައިގައި ޓީޗަރަށް ދައުވާކުރަނީ
ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި