އިންޑިއާގެ ސެންސަރު ބޯޑުން "އުޅްތާ ޕަންޖާބު" ދެއްކުން މަނާ ނުކުރާ ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރު އަނުރާގް ކަޝޭޕް ބުނެފި އެވެ.
29 މެއި 2016
އިންޑިއާގެ ސެންސަރު ބޯޑުން "އުޅްތާ ޕަންޖާބު" ދެއްކުން މަނާ ނުކުރާ ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރު އަނުރާގް ކަޝޭޕް ބުނެފި އެވެ.
އަނުރާގް މިހެން ބުނީ ސެންސަރު ބޯޑުން "އުޅްތާ ޕަންޖާބު" ރިލީޒްކުރުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ޖަހާފައިވާ ޚަބަރުތަކާ ގުޅިގެން ކޮށްފައިވާ ޓުވިޓްތަކެއްގަ އެވެ.
A film is banned only when examining, revising and FCAT all three refuse certificate . And then you fight it out in Supreme Court
— Anurag Kashyap (@anuragkashyap72) May 28, 2016
އަބީޝެކް ޗައުބޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޕަންޖާބުގައި އޮތް މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލަތަކާ ގުޅޭ ގޮތުން އުފައްދާފައިވާ ފިލްމެކެވެ. ފިލްމު ފާސްކުރި ކަމުގެ ލިޔުންދޭން ސެންސަރު ބޯޑުން ދެކޮޅު ހަދާފައިވާ ކަމަށް ވެ އެވެ. ނަމަވެސް އަނުރާގް ބުނަނީ ފިލްމެއް މަނާ ކުރީ ކަމަށް ނިންމޭނީ އެ ފިލްމެއް އަލުން ބަލައި އިސްލާހު ގެނެސް އަދި ފިލްމު ސެޓްފިކެޓް އެޕިލެޓް ޓްރައިބިއުނަލް (އެފްސީއޭޓީ) އާއި ތިން ބައި މީހުން ވެސް ފިލްމު ފާސް ކޮށްދިން ކަމުގެ ސެޓްފިކެޓް ދޭން ދެކޮޅު ހެދުމުން ކަމަށެވެ. އޭގެ ފަހުން ވެސް ސުޕްރީމް ކޯޓުގައި ވެސް ފިލްމު ރިލީޒްކޮށްދިނުމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މި ހުރިހާ މަރުހަލާއެއް ކަޑައްތުކުރަން ވަގުތު ނަގާނެތީ ފާޑުފާޑުގެ ވާހަކަތައް ދެއްކުން ހުއްޓާލުމަށް އޭނާ އެދުނެވެ.
And due process takes it own time so please abstain for spreading a BAN rumour. There is nothing to speak on the subject as of now.
— Anurag Kashyap (@anuragkashyap72) May 28, 2016
އިންޑިއާގެ ތަފާތު މީޑިއާތަކުގައިވާ ޚަބަރުތައް ބުނާ ގޮތުން އެ ގައުމުގެ ސެންސަރު ބޯޑުން ފިލްމު ފާސް ނުކޮށްދޭން ވަނީ ނިންމާފަ އެވެ. ފިލްމުގައި ހުތުރު ބަސްތަކުން ހަޅޭއްލެވުމާއި ހުތުރު ބަހުރުވަ ބޭނުންކުރުން އަދި މަސްތުވާތަކެތި ބޭނުންކުރާ ތަން މާ ގިނަ އިން ދެއްކުން މިއީ ފިލްމު ފާސްކޮށްދޭން ސެންސަރު ބޯޑުން އިންކާރު ކުރާ ސަބަބުތަކެވެ. ސާޅީހަށް ވުރެ ގިނަ ތަން އެޑިޓްކޮށް ބަދަލު ގެނެސްގެން ނޫނީ ފިލްމު ފާސްނުކޮށްދޭނެ ކަމަށް ސެންސަރު ބޯޑުން އަންގާފައިވާ ކަމަށް ވެއެވެ.
މިކަމާ ގުޅިގެން "ސޭވް އުޅްތާ ޕަންޖާބު"ގެ ނަމުގައި ސޯޝަލް މީޑިއާގައި ވަރަށް ވަރުގަދަ ކެމްޕޭނެއް ވެސް މިހާރު ފަށައިގެން ކުރި އަށް އެބަ ދެ އެވެ.
ޝާހިދު ކަޕޫރާއި އާލިއާ ބަޓް، އަދި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސާންޖް ލީޑް ރޯލުތައް ކުޅެފައިވާ މި ފިލްމުގައި ދައްކުވައިދެނީ ޕަންޖާބުގައި މަސްތުވާތަކެތި ބޭނުންކުރުން ޒުވާނުންގެ މެދުގައި އާއްމުވެފައިވާ މިންވަރެވެ.
"އުޅުތާ ޕަންޖާބް" ފުރަތަމަ ޝާހިދަކަށް ނޫން، ރިޒް އަށް
ޑައިރެކްޓަރު އިމްތިއާޒް އަލީގެ އޮފު ކެނޑުނީ؟
ކަރީނާ އާއި ޝާހިދު އެކުގައި ފެނުމުން އުފާވެއްޖެ
އެންމެ ބޮޑު މުސާރައެއް ނަގަނީ ދީޕިކާ
"ޖަބް ވީ މެޓް"ގެ ސީކުއެލްއެއް ވެސް ހަދަނީ
ކޮވިޑްގެ ބިރާ ހެދި ޝާހިދުގެ "ޖާޒީ" ފަސްކޮށްފި
ޓެސްޓެއްގައި ސުވާލުކުރީ ކަރީނާގެ ދަރިފުޅާ ބެހޭގޮތުން
ކޮވިޑް ޖެހިގެން ކަރީނާ ދަރިންނާ ވަކިން، ހިތް ހަލާކު
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
އާމިރާއި ކަރީނާގެ ފިލްމު އަނެއްކާވެސް ލަސްވެއްޖެ