Roadha Mihaaru
މޯދީގެ ދަތުރާ ގުޅިގެން އެއާޕޯޓުގެ ދަތުރުތަކަށް ބަދަލެއް

މޯދީގެ ދަތުރާ ގުޅިގެން އެއާޕޯޓްގެ އާންމު ދަތުރުތަކަށް ބަދަލު ގެންނަނީ

07 ޖޫން 2019

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެއްގަމާއި ކަނޑުމަގުން ކުރާ އާންމު ދަތުރުތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެއްގަމާއި ކަނޑުމަގުން ކުރާ އާންމު ދަތުރުތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ.

މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މާދަމާ މެންދުރު 12 އިން ފެށިގެން ހަވީރު 4 އާ ހަމައަށް، އެއާޕޯޓުން މާލެ އަށް ކުރާ ފެރީ ދަތުރުތައް އޮންނާނީ ފުރާ މީހުން އެއާޕޯޓަށް އަންނަ ޖެޓީން (ފުޑް ކޯޓުތައް ހުންނަ އިމާރާތް ކައިރި) ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 6 އިން ފެށިގެން ހެނދުނު 9:30 އާ ހަމައަށް ވެސް މާލެ އަންނަ ފެރީތައް ފުރާނީ އެ ޖެޓީންނެވެ. އެކަމަކު ޓެކްސީތަކަށް މީހުން އަރުވައި، ބޭލުން އޮންނާނީ މިހާރު ވެސް އެކަމަށް އޮންނަ ސަރަހައްދުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ބުނިގޮތުގައި، އެމްޓީސީސީ އަދި އެމްޕީއެލް އިން ދުއްވާ ބަސްތައް އެއާޕޯޓްގައި މަޑު ކުރާނީ އެއާޕޯޓް މުވައްޒަފުންގެ ސައިކަލުތައް ޕާކް ކުރުމަށް ހަދާފައިވާ ޕާކިން ޒޯން ހުރި ސަރަހައްދުގަ އެވެ. އަދި ހުޅުލޭ އައިލެންޑް ހޮޓަލަށް އަންނަ މީހުން އަރުވައި، ބޭލުން އޮންނާނީ ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލްގެ ޓްވީޓް

ދާދި ފަހުން ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވި މޯދީގެ މި ދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކެއް ދެ ގައުމުގެ ދެމެދުގައި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ދެވަނަ ދައުރުގެ ކާމިޔާބީ އަށް މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.