04 ޖޫން 2019
ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯތެރަޕީގެ ސައިޑް އިފެކްޓްގެ ތެރޭގައި ގަދަ އަށް ހޮޑުލުމާއި އިސްތަށި ފޭބުން އަދި ދިފާއީ ނިޒާމަށް ކުރިމަތިވާ އުދަނގޫތައް ހިމެނެ އެވެ. މިއީ ކީމޯ ދޭ ދުވަސްވަރު ފެންނަ އަލާމާތައް ނަމަވެސް ހެދި ބޮޑުވަމުން އަންނަ ކުއްޖެއްގެ ހަށިގަނޑުން ދިގު މުއްދަތުގެ ތެރޭގައި ފެންނަ ސައިޑު އިފެކްޓްގެ ގިނަ ކަންކަން މުޅިން ހޯދިފައެއް ވެސް ނުވެ އެވެ.
ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯތެރަޕީގެ ސައިޑް އިފެކްޓްގެ ތެރޭގައި ގަދަ އަށް ހޮޑުލުމާއި އިސްތަށި ފޭބުން އަދި ދިފާއީ ނިޒާމަށް ކުރިމަތިވާ އުދަނގޫތައް ހިމެނެ އެވެ. މިއީ ކީމޯ ދޭ ދުވަސްވަރު ފެންނަ އަލާމާތައް ނަމަވެސް ހެދި ބޮޑުވަމުން އަންނަ ކުއްޖެއްގެ ހަށިގަނޑުން ދިގު މުއްދަތުގެ ތެރޭގައި ފެންނަ ސައިޑު އިފެކްޓްގެ ގިނަ ކަންކަން މުޅިން ހޯދިފައެއް ވެސް ނުވެ އެވެ.
އޮސްޓްރޭލިއާގެ ދިރާސާ ޓީމަކުން ވަނީ ކީމޯތެރަޕީ އަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. ސިޑްނީގެ ކުޑަކުދިންގެ ކެންސަރު އިންސްޓިޓިއުޓްއެއްގައި މަސައްކަތްކުރާ ޗާލްސް ޑި ބޮކް ވަނީ އަލްޒައިމާ އަށް ފަރުވާދޭ ބޭހަކުން، ކީމޯ ތެރަޕީގެ ސައިޑު އިފެކްޓްތައް ކުރިމަތިނުވާ ފަރުވާއެއް ތައާރަފްކޮށްފަ އެވެ.
ޗާލްސް ޑި ބޮކް ވިދާޅުވި ގޮތުގައި މިކަމަށް މަގު ފަހިވީ އަލްޒައިމާއާ ބެހޭ ގޮތުން ދިރާސާކުރާ ބަޔަކާ ދެކެވުނު ވާހަކައެއްގައި، އަލްޒައިމާގެ ބޭހެއް ލޭގެ ކެންސަރަށް ބޭނުންކުރެވޭތޯ ކުރި ތަހުލީލަކުންނެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިކަމަށް އަލިމަގެއް ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން މީހުން މަސައްކަތް ކޮށްފައި ވިޔަސް މީގެ ކުރިން ސިކުނޑީގެ ބަލިތަކަށް ފަރުވާ ކުރާ މީހުންނާއި ލިއުކީމިއާއަށް ފަރުވާކުރާ މީހުންގެ ދާއިރާ ތަފާތުވެ، މިކަމުގައި އެއްކޮށް މަޝްވަރާއެއް ކުރެވިފައި ނުވަނީ އެވެ.
އާ ފަރުވާގައި، ކެންސަރު ބަލީގެ މީހުންގެ ޖެނެޓިކް މޮޑެލްތަކަށް މިބޭހުން ވަރަށް ރަނގަޅު ކުރިއެރުމެއް ވަނީ ފެނިފަ އެވެ. އުންމީދަކީ އެމްއާރްކޭ-560 ގެ ނަން ދީފައިވާ މި ބޭހާ އެކު ޑޯޒް ދަށްކޮށްގެން ކީމޯ ފަރުވާއާއެކު، ރަނގަޅު ސެލްތައް ހަލާކުވިޔަ ނުދީ ކެންސަރު ޖެހިފައިވާ ސެލްތަކަށް އަމާޒުކޮށްގެން ފަރުވާކުރުމެވެ.
ޑޮކްޓަ ޗާލްސް ވިދާޅުވި ގޮތުގައި ކީމޯ ދިނުމުގެ މިސާލަކީ ރަނގަޅަށް ހެދިފައިވާ ވިނަގަނޑަކަށް އަލިފާން ބުރުވާލުމުން އޭގެ މަތި އެކީއެކައްޗަކަށް އަނދައި އަޑީގައި ހުންނަ ގަސްތަކަށް ވެސް އޭގެ އަސަރުކުރުން ފަދަ ކަމެކެވެ.
ކީމޯގެ ކުރު އަދި ދިގު މުއްދަތުގެ ސައިޑު އިފެކްޓް ހުންނާތީ އާއި އެމީހުންގެ ފަރުވާ އަކީ ކުޑަކުދިންނަށް ދެވޭ ފަރުވާއަކަށް ވާތީ ދިގު މުއްދަތުގައި ވާނެ ގޮތް އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. އެކަމަކު ކީމޯގެ ޑޯޒް ދަށްކުރެވިގެން އެކަމަށް އެންމެ އެކަށޭނަ ފަރުވާއެއް ދެވިއްޖެ ނަމަ ދިގު މުއްދަތުގެ ސައިޑް އިފެކްޓްތަކުގެ އަސަރު ވެސް ދަށްކުރެވިދާނެ ކަމަށް ސައިންސްވެރިން ދެކެ އެވެ.
ނުވަ އަހަރުގައި އޯވަރީ ކެންސަރު: އާއިލާ ހާސްކަމުގައި!
ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ނުހައިކް ނިޔާވެއްޖެ
ނުހައިކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި
އާދައިގެ ރޯގާއަކުން ގޮސް އެންމެ ފަހުން މަރާ ހަނގުރާމަ
ޗެރިޓީއަކަށް އެހީވާން ޓެންޓެއްގައި ނިދާ ކުއްޖެއް
ބަނޑު ފުއްޕުން ވީ ކެންސަރަށް، މަރުވީ ދޮޅު އަހަރުގައި
ކެންސަރު ހުރި ދަރިފުޅާމެދު ބައްޕައެއްގެ ޝުކުރުވެރި ހިތް
ކެންސަރު ޖެހިފައިވާ ކުއްޖާ ބޭނުންވީ ފުލުހަކަށް ވާން
ކެންސަރު ޖެހިފައިވާ ކުޑަ ކުއްޖަކު ފުލުހަކަށް
ކެންސަރު ބަލިކޮށްލެވުނަސް ހިނިތުންވުން ގެއްލިފައި