25 މާޗް 2018
އިންޑިއާގެ މުމްބާއީގައި އުޅޭ، ކެންސަރު ޖެހިފައިވާ ހަތް އަހަރުގެ ފިރިހެން ކުއްޖަކު ފުލުހަކަށް ވުމުގެ އުންމީދު ފުރިހަމަކޮށްދިނުމަށް އެއް ދުވަހަށް ފުލުހެއްގެ ގޮތުގައި ގެންގުޅެފި އެވެ.
އިންޑިއާގެ މުމްބާއީގައި އުޅޭ، ކެންސަރު ޖެހިފައިވާ ހަތް އަހަރުގެ ފިރިހެން ކުއްޖަކު ފުލުހަކަށް ވުމުގެ އުންމީދު ފުރިހަމަކޮށްދިނުމަށް އެއް ދުވަހަށް ފުލުހެއްގެ ގޮތުގައި ގެންގުޅެފި އެވެ.
އަރްޕީތު މަންޑާލް ފުލުހުންގެ ޔުނިފޯމުގައި އެހެން ފުލުހުންނާ އެކު އުޅެނިކޮށް ނަގާފައިވާ ފޮޓޯތައް މުމްބާއީ ފުލުހުން ބުރާސްފަތި ދުވަހު ވަނީ އާންމުކޮށްފަ އެވެ.
ފޮޓޯތަކުން ފެންނަނީ ފުލުހުންގެ އިންސްޕެކްޓަރެއްގެ ގޮތުގައި އެ ކުއްޖާ ވަރަށް އުފަލުން ހިނިތުންވެފައި ހުއްޓަ އެވެ. އަދި އޭނާގެ މަގާމުގެ ގޮނޑީގައި އިންނަނީ ވެސް ވަރަށް އުފަލުން، ލޯބިކޮށެވެ.
މުމްބާއީ ފުލުހުން މަންޑާލްގެ ފޮޓޯތަކާ އެކު ކުރި ޓްވީޓެއްގައި ބުނީ މިއީ ވަރަށް ހިތްވަރުގަދަ ކުއްޖެއް ކަމަށާއި މަންޑާލް އެދުނު ގޮތަށް، ފުލުހެއްގެ ގޮތުގައި ގެންގުޅުމުގެ އިތުރުން، ފުރިހަމަކޮށްދެވޭ ވަރުގެ ކޮންމެ ކަމެއް ވެސް ކޮށްދޭން ފުލުހުން ތިބީ ތައްޔާރަށް ކަމަށެވެ.
އުމުރުން 7 އަހަރު އާރްޕީތު މަންޑާލް މުމްބާއީ ފުލުހުންގެ އިންސްޕެކްޓަރެއްގެ ގޮތުގައި، އެހެން ފުލުހުންނާ އެކު
"ކެންސަރު ދެކެ ވެސް ބިރު ނުގަންނަ ކުއްޖަކަށް ޕޮލިސް ސްޓޭޝަންގެ ވެރިކަން ހައްގުވާކަން ކަށަވަރު،" މުމްބާއީ ފުލުހުންގެ ޓްވީޓެއްގައި ބުނެފައިވެ އެވެ.
Mumbai: 7-year-old Arpit Mandal, a cancer patient, was made Police Inspector for a day at Mulund Police Station in a programme by Mulund Police Station and an NGO. pic.twitter.com/kAPsXS0SDJ
— ANI (@ANI) March 23, 2018
މި ކުއްޖާ އެއް ދުވަހަށް ފުލުހެއްގެ ގޮތުގައި ގެންގުޅެފައި ވަނީ ބޮޑެތި ބަލިތައް ޖެހިފައިވާ ކުދިންނަށް އެހީވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "މޭކް އަ ވިޝް ފައުންޑޭޝަން" ގެ އެދުމުގެ މަތިން ފުލުހުން އެކަން ކޮށްދިނުމުންނެވެ. މީގެ ކުރިން ފަސް އަހަރުގެ ކުއްޖަކު ވެސް މުމްބާއީ ފުލުހުންގެ ތެރޭގައި އެއް ދުވަހު މަސައްކަތްކުރި އެވެ.
ފުލުހުންގެ މި އެހީތެރިކަމަށް ސޯޝަލް މީޑިއާގައި އާންމުންގެ ތައުރީފު ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ.
ނުވަ އަހަރުގައި އޯވަރީ ކެންސަރު: އާއިލާ ހާސްކަމުގައި!
އަހަރެންގެ ދަރިން ޑްރަގްސް ބޭނުމެއް ނުކުރާނެ: ސަތަރޭ
ކީމޯގެ ވޭނާއެކު ވެސް ކިރަންގެ ހާލު ރަނގަޅު: އަނޫޕަމް
ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ނުހައިކް ނިޔާވެއްޖެ
ނުހައިކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި
އާދައިގެ ރޯގާއަކުން ގޮސް އެންމެ ފަހުން މަރާ ހަނގުރާމަ
ބަތަލާ ކިރަން ލޭގެ ކެންސަރަށް ފަރުވާ ހޯދަނީ
ޗެރިޓީއަކަށް އެހީވާން ޓެންޓެއްގައި ނިދާ ކުއްޖެއް
ސަންޖޭ ކެންސަރުން ރަނގަޅުވެއްޖެ
ބަނޑު ފުއްޕުން ވީ ކެންސަރަށް، މަރުވީ ދޮޅު އަހަރުގައި