Roadha Mihaaru
ޗައިނާގައި 6ޖީ ޓެކްނޮލޮޖީ އަށް މަސައްކަތް ފަށައިފި

ޗައިނާގައި 6ޖީ ޓެކްނޮލޮޖީ އުފެއްދުމުގެ މަސައްކަތް ފަށައިފި

02 ޖޫން 2019

"ޗައިނާ މޮބައިލް" އަދި "ޗިންވާ ޔުނިވާސިޓީ" ގުޅިގެން 6ޖީ ޓެކްނޮލޮޖީ އުފައްދަން އެއްބަސްވެއްޖެ އެވެ. އެ މީހުން ވި އެއްބަސްވުމުގައި، ފުރަތަމަ ފިޔަވަހީގައި ކުރަން ކަނޑައަޅާފައި ވަނީ، 6ޖީ ޓެކްނޮލޮޖީ އުފެއްދުމުގައި، ނެޓްވޯކް "ސްޕީޑް" ކަނޑައެޅުމެވެ. މާނަ އަކީ 5ޖީ އަށް ވުރެ، 6ޖީ ނެޓްވޯކްގެ ސްޕީޑް މަތިކުރުމަށް ހާޑްވެއާ ކުންފުނިތަކަށް ފެންނަ ނިސްބަތާ މެދު މަޝްވަރާކުރުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ދުނިޔެ އަށް މި އަހަރު 5ޖީ އާންމުވާނެ އެވެ. އެ އަށް ފަހު ދެން ފެށޭނީ 6ޖީއާ މެދު ވިސްނައި، ޓެކްނޮލޮޖީ އުފެއްދުމެވެ. ނެޓްވޯކަށް ބޭނުންވާނެ ހާޑްވެއާ އަދި 6ޖީ ނެޓްވޯކް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބަޖެޓް ކަނޑައެޅުން ވެސް ހިނގަމުން ދާނެ އެވެ.

ޗިންވާ ޔުނިވާސިޓީން ބުނި ގޮތުގައި، 6ޖީ ޓެކްނޮލޮޖީ އުަފައްދަން ފަށައިގަތުން އަވަހެއް ނޫނެވެ. އެއީ މިހާރު ވެސް ބައެއް ގައުމުތަކުގައި 6ޖީ ޓެކްނޮލޮޖީ އުފެއްދުމަށްޓަކައި މަސައްކަތްކުރަމުން ދާތީ އެވެ. ސައުތު ކޮރެެއާ ގައި ވެސް 6ޖީ ޓެކްނޮލިޖީ އުފައްދަން ވަނީ މަސައްކަތް ފަށާފަ އެވެ. މި މައްސައްކަތްތަކުގައި އެލްޖީ ކުންފުނިން ވަނީ އަމާޒު ވެސް ކަނޑާއަޅާފަ އެވެ.

ޗައިނާ އަކީ ޓެކްނޮލޮޖީ ނާރެހަކަށް ހަދަން އެ ގައުމުން ކުރާ މަސައްކަތްތަކުގައި ޗައިނާ މޮބައިލްގެ ދައުރު ވަރަށް ފުޅާވާނެ ކަމަށް ބެލެވެ އެވެ. އެ މީހުން ރާވަނީ މަސައްތައް ހުއްޓާނުލައި، ކުރި އަށް ގެންދިއުމަށެވެ.

އެމެރިކާއިން ޗައިނާ އަށް ދަތިކުރަން ކުރާ މަސައްކަތްތަކުން އަރައިގަތުމަށް ޗައިނާ ވިސްނަނީ، ޓެކްނޮލޮޖީ ގޮތުން ބާރުގަދަ ގައުމަކަށް ވުމަށެވެ. އެ ގޮތުގައި، ޗައިނާ އަށް ބާރު އޮންނަ ގޮތަށް ވަކި އިންޓަނެޓެއް އުފައްދަން މަސައްކަތްކުރާ ކަމަށް ބުނާ ރިޕޯޓްތަކެއް ވެސް ވަނީ އާންމުވެފަ އެވެ. މިއީ އިގްތިސޯދީ ގޮތުން ދުނިޔެ ބައިވެ، އެމެރިކާ އަދި ޗައިނާ އިންފާރެއް ރާނާނެ ފިކުރެކެވެ. އަސްކަރީ ގޮތުން ރަޝިޔާ އަދި އެމެރި އަށް ވެފައި ތިބިހެން، ޓެކްނޮލޮޖީ ގޮތުން އެހެން ހުރިހައި ގައުމަކަށް ވުރެ ކުރިއަރައި ދިއުމަކީ ޗައިނާއިން ހިފާ އަމާޒެކެވެ.