30 މެއި 2019
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރަކަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިރޭ އިންތިޚާބުކޮށްފި އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރަކަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިރޭ އިންތިޚާބުކޮށްފި އެވެ.
ޖޭޕީން ބުނީ، އެ ޕާޓީގެ ޕީޖީ ލީޑަރުގެ ނައިބަކަށް އިންތިޚާބުކުރީ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ކަމަށެވެ.
ނާޒިމަކީ، ހަޔާތުގެ ބޮޑުބައި މިލިޓަރީ ދާއިރާގައި ހަރަކާތްތެރިވުމަށް ފަހު، މިދިޔަ މަހު ބޭއްވި އާންމު އިންތިޚާބުގައި ރައްޔިތުންގެ މަޖިިލިހަށް އަލަށް ހޮވިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން، ނާޒިމް ވަނީ ޑިފެންސް މިނިސްޓަރުކަމުގެ އިތުރުން ހެލްތު މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ގިނަ މެމްބަރުންތަކެއް މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ނަމަވެސް އެންމެ ފަހުގެ އާންމު އިންތިޚާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން އެ ޕާޓީ އަށް ނެގުނީ އެންމެ ފަސް ގޮނޑި އެވެ. އެއީ މާމިގިއްޔާއި ދަނގެތި ދާއިރާގެ އިތުރުން ކެންދޫ ދާއިރާ (އަލީ ހުސައިން) އާއި ތިމަރަފުށި ދާއިރާ (އަބްދުﷲ ރިޔާޒް) އަދި އިސްދޫ ދާއިރާ (އަލީ ހަމީދު) އެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނަކީ ވެސް ޖުމްހޫރީ ޕާޓީގެ ދެ މެމްބަރުންނެވެ. އެކަމަކު، މި ފަހަރުގެ އާންމު އިންތިޚާބުގައި އެ ދެ މެމްބަރުން ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ އާ ޕީޖީގެ ބައްދަލުވުންތަކުގައި ހުސައިން މުހައްމަދު ލަތީފާއި ސައުދު ވެސް ބައިވެރިވެވަޑައިގެން ވޯޓު ދެއްވަ އެވެ. އެކަމަކު، މަޖިލިހުގައި އެ ދެބޭފުޅުން ތިއްބަވަނީ އަމިއްލަ މެމްބަރުންގެ ގޮތުގަ އެވެ.
މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި 65 ގޮނޑިއާ އެކު ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށެވެ. އަދި އެ މަޖިލިހުގެ ރައީސަކަށް އިންތިޚާބު ކޮށްފައި ވަނީ ވެސް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ނައިބަކީ އެމަނިކުފާނާ ދެބެއިންގެ ދެ ދަރި ކޮއްކޯފުޅު ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އެވެ.
ނާޒިމް، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަނީ
އަލީ އާރިފަށް ނާޒިމްގެ އަނބިކަނބަލުންގެ ރައްދެއް
ނާޒިމް ދުރަށް ދިޔައީ ޓިކެޓް ނުލިބިދާނެތީ: ޖޭޕީ
ގާސިމަށް ލަފާ ދެއްވުން ނާޒިމް ހުއްޓާލައްވައިފި
އަނިޔާގެ ހިތްދަތިކަމުން ނާޒިމަށް އައި ވިސްނުން!
އަނެއްކާވެސް ނަޝީދަށް ގާސިމްގެ ހަމަލާތަކެއް
އެކުލަވައިލާނީ ޚަރަދު ކުޑަ ސަރުކާރެއް: ގާސިމް
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ޖޭޕީއަށް ސޮއިކުރައްވައިފި
ބަސްބުނަން ކެރޭ ގައުމެއްކަން ސާބިތުކޮށްދީފި: ގާސިމް
ރުހުން ދިން ޖަލްސާއަށް ގާސިމް ވަޑައިނުގަންނަވާ!