Roadha Mihaaru
ކީރިތި ނަބިއްޔާގެ ނަމޫނާ: ހަނގުރާމަތަކުގައި ޚުލްޤުފުޅު

ކީރިތި ނަބިއްޔާގެ ނަމޫނާ: ހަނގުރާމަތަކުގައި އެކަލޭގެފާނުގެ ޚުލްޤުފުޅު

26 މެއި 2019

މައްކާގެ މުޝްރިކުން ކަމަށް ވިއަސް ނުވަތަ މަދީނާގެ ޔަހޫދީންނާއި ނަސާރާއިން ކަމަށް ވިއަސް އޭގެ ތެރެއިން އަދާވާތްތެރިންގެ ފަރާތުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަށާއި އެކަލޭގެފާނަށް ތަބާވާ މުސްލިމުންނަށް އެކި ބާވަތުގެ ޖެއްސުންތަކާއި އަނިޔާތައް ކުރަމުން ގެންދިޔަ އެވެ. މިގޮތުން މުސްލިމުންނަށްޓަކައި ރައްކާތެރިކުރަން އިސްލާމްދީނުގައި ކަނޑައަޅާފައިވާ މައިގަނޑު މަގުސަދުތައް ރައްކާތެރިކުރަން މި ބައިމީހުން ހުރަސްއަޅަމުން ގެންދިޔަ އެވެ. މިކަން ދިފާއު ކުރުމަށްޓަކައި ވާހަކަދައްކައިގެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމުން ވެސް އެބައިމީހުން މިކަން ނުހުއްޓުމުން ހަނގުރާމަ ކުރަން މަޖުބޫރުވެގެން ދިޔަ އެވެ. އެހެންވެ ﷲގެ އަމުރާ އެކު ރަސޫލާ އާއި އަޞްހާބުން ހަނގުރާމަތައް ކުރެއްވި އެވެ.

ހަނގުރާމަ ޝަރުޢު ކުރެއްވުމުގެ ކުރިންނާއި އަމާންކަމުގެ ދުވަސްތަކުގައި ވެސް މިބައި މީހުންގެ ފަރާތުން އަންނަ ޖެއްސުންތަކަށް އެކަލޭގެފާނު މުޢާމަލާތު ކުރެއްވީ އެކަލޭގެފާނުގެ ރިވެތި ޚުލްޤުފުޅާ އެއްގޮތްވާ ގޮތަށެވެ. ހަމައެފަދައިން ހަނގުރާމައިގައި ވެސް މި ރިވެތި ޚުލްޤުފުޅު އެކަލޭގެފާނު ދެމެހެއްޓެވި އެވެ. މިގޮތުން އެންމެ ފުރަތަމަ ހަނގުރާމައިގެ މަގުސަދެއް ކަމަށް ﷲ ގެ މަގުގައި އެކަން ކުރުން ފިޔަވައި އެހެން މަންފާއެއް ހޯދުމުގެ މަގުސަދު އޮވެގެން ނުވާނެކަން އެކަލޭގެފާނު ބަޔާން ކުރެއްވި އެވެ. ﷲ ގެ މަގުގައި ހަނގުރާމަ ކުރުމަކީ ދިފާއުވުމަށްޓަކައި ހަނގުރާމަ ކުރުމެވެ. އެހެންކަމުން އަދުއްވުން އަމާން ދީފި ނަމަ ހަނގުރާމަ ހުއްޓާލަން އެކަލޭގެފާނު އިރުޝާދު ދެއްވަ އެވެ. ހަނގުރާމަ ކުރުމުގައި ހައްދުފަހަނަޅައި ނުދިއުމަށާއި އަނެއްކޮޅުން ހަނގުރާމާގައި ފިނޑިނުވުމަށް ހަނދާންކޮށް ދެއްވަ އެވެ. އަދި އަދުއްވުންނަށް ވިއަސް ޚިޔާނާތްތެރި ނުވުމަށް ނަސޭހަތް ދެއްވަ އެވެ.

އަޞްޙާބުންނަށް އެކަލޭގެފާނު ވަޞިއްޔަތް ކުރައްވަނީ ހަނގުރާމައިގެ ތެރޭގައި ގަހެއް ނުކެނޑުމަށާއި، ކުޑަކުއްޖަކު ނުވަތަ އަންހެނަކު ނުވަތަ މުސްކުޅިއަކު ނުވަތަ އަޅުކަން ކުރަން އިންނަ މީހަކު ނުވަތަ ހައިވާނަކު ވިއަސް ގަތުލު ނުކުރުމަށެވެ. އެކަލޭގެފާނު މިގޮތަށް ވަޞިއްޔަތް ކުރެއްވުމުގެ އިތުރުން ޢަމަލީ ގޮތުން މިކަން ތަންފީޒު ކުރެއްވި އެވެ. މިއަދުގެ ހަނގުރާމަތަކުގައި މިކަން ފެނިގެންދަނީ ކިހިނަކުންތޯ އެވެ؟

އަޞްޙާބުންގެ ކިބައިގައި ވަފާތެރިވުމުގެ ސިފަ އަށަގެންނެވުމަށް އެކަލޭގެފާނު މަސައްކަތް ކުރެއްވި އެވެ. އެހެންވެ ހަނގުރާމަ އަށް ފިލާ މީހުން އެއީ މުނާފިގުން ނޫންކަމަށް ވިއަސް އެފަދަ މީހުންނާ އެކަލޭގެފާނު ގުޅުން ކަނޑުއްވާލައްވަ އެވެ. ހަނގުރާމާގައި ކިރިޔާ ވެސް ވާން އޮތް ނަމަ ލޭއޮހުރުވުމަކަށް ނުގޮސް ވޭތޯ ބައްލަވަ އެވެ. ހަނގުރާމައިގެ ތެރޭގައި އެއްވެސް މީހަކަށް އިސްލާމް ދީނަށް ވަންނަން މަޖްބޫރެއް ނުކުރައްވަ އެވެ. ހަނގުރާމައަށް ފަހުގައި މާފުކުރުމުގެ ސިފަ އަށް އިސްކަން ދެއްވަ އެވެ.

މި ކަންކަމުން އަޅުގަނޑުމެން ނަމޫނާ ލިބިގަންނަން ޖެހެ އެވެ. މިގޮތުން ދަސްކުރަން ޖެހޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ޖިހާދުގެ މަފްހޫމް މި ނަމޫނާ އަށް ބަލައިގެން ދަސްކުރުމެވެ.