Roadha Mihaaru
ހައިކޯޓް ފަނޑިޔާރެއްގެ ކާރަށް ބަޔަކު ގެއްލުން ދީފި

ހައިކޯޓް ފަނޑިޔާރެއްގެ ކާރަށް ބަޔަކު ގެއްލުން ދީފި

16 މެއި 2019

ހައިކޯޓްގެ ފަނޑިޔާރު ހަސަން އަލީގެ ކާރުކޮޅުގެ ބިއްލޫރިތައް ތަޅާލައި މިއަދު ގެއްލުން ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހައިކޯޓްގެ ފަނޑިޔާރު ހަސަން އަލީގެ ކާރުކޮޅުގެ ބިއްލޫރިތައް ތަޅާލައި މިއަދު ގެއްލުން ދީފި އެވެ.

އެނގިފައިވާ ގޮތުގައި ހަސަން އަލީގެ ކާރުކޮޅަށް ގެއްލުން ދިނީ ހުޅުމާލޭ ފްލެޓެއްގެ ފުރަގަހުގައި ޕާކްކޮށްފައި އޮއްވަ އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފްލެޓެއްގެ ފުރަގަހުގައި ޕާކްކޮށްފައި އޮތް ކާރަކަށް ގެއްލުން ދިން ކަމުގެ ރިޕޯޓެއް އިރު އޮއްސި 6:15 ގައި ލިބިފައިވާ ކަމަށެވެ. ނަމަވެސް ގެއްލުން ދީފައި ވަނީ ކާކުގެ ކާރަކަށް ކަމެެއް ފުލުހުން ނުބުނެ އެވެ.

ކާރުގެ ބިއްލޫރިތައް ތަޅާލާފައި

ކާރުގެ ބިއްލޫރިތައް ތަޅާލާފައި

"ޕްރައިވެޓް ކާރެއް އެއީ. ދެން ވެރިފަރާތުގެ މައުލޫމާތު އަޅުގަނޑުމެންނަށް ހާމަ ކުރެވޭކަށް ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައި

ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައި

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ކުރި އާއި ފަހަތުގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި ކާރަށް ގެއްލުން ދިން މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.