12 މެއި 2019
ގ. ވޭރު، އަބްދުލް މުހީތު (ބޮބީ) މަރާލީ އެއްވެސް ކުށެއް އޮވެގެނެއް ނޫނެވެ؛ ގްރޫޕެއްގެ ރަހުމްކުޑަ ހަމަލާއެއްގެ ޝިކާރައަކަށް އޭނާ ވީ، ފުލުހުން ބުނެފައިވާ ގޮތުގައި، އޮޅުމަކުންނެވެ. ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ހުއްޓައި، މުހީތަށް އަމާޒުވީ އެހެން މީހަކަށް ދޭން އުޅުނު ހަމަލާއެކެވެ.
ގ. ވޭރު، އަބްދުލް މުހީތު (ބޮބީ) މަރާލީ އެއްވެސް ކުށެއް އޮވެގެނެއް ނޫނެވެ؛ ގްރޫޕެއްގެ ރަހުމްކުޑަ ހަމަލާއެއްގެ ޝިކާރައަކަށް އޭނާ ވީ، ފުލުހުން ބުނެފައިވާ ގޮތުގައި، އޮޅުމަކުންނެވެ. ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ހުއްޓައި، މުހީތަށް އަމާޒުވީ އެހެން މީހަކަށް ދޭން އުޅުނު ހަމަލާއެކެވެ.
މި ހިތްދަތިކަން އެ އާއިލާ އިން ތަހައްމަލް ކުރާތާ ހަތް އަހަރު ވެއްޖެ އެވެ.
މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ދަައުލަތުން ކްރިމިނަލް ކޯޓުގައި ތިން މީހަކަށް ދައުވާކުރި އެވެ. އެއީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއުގެ މައްޗަށެވެ.
މައިމޫނާއި މުހުޖަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް، އަދި މުޝައްފައުގެ އަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން، މި މައްސަލައިގައި ދައުވާކުރި ކުޑަ ތިން ކުއްޖެއްގެ ތެރެއިން ދެ ކުއްޖަކަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ. ޖުވެނައިލް ކޯޓުން 2013 ގައި ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ދައުވާ އުފުލި އިރު އެއީ ކުޑަކުދިންނަށް ވިޔަސް މިހާރު އެ ދެ މީހުންނަށް ވެސް ވަނީ 18 ފުރިފަ އެވެ.
"ވަރަށް ކެތްތެރިކަމާ އެކު އިންސާފުގެ އިންތިޒާރުގައި މިތިބީ"--އާއިލާ
ބޮބީގެ މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ މީހަކު މިިދިޔަ ހަފުތާގައި ދޫވުމަކީ، އާއިލާ އަށް ލިބުނު ހިތްދަތި ކަމެކެވެ.
އާއިލާގެ ފަރާތުން "މިހާރު"އާ ވާހަކަ ދެއްކި ބޮބީގެ ދައްތައަކު ބުނީ އިންސާފަށް އެދި އާއިލާ އިން ހަތް އަހަރު ހޭދަކުރީ ވަރަށް ކެތްތެރިކަމާ އެކު ކަމަށެވެ. އާއިލާ އިން އަދިވެސް ތިބީ ކުށެއް ނެތް، ބޮބީ މަރާލުމުގެ ހިތްދަތި ކަމުގައި ކަމަށް އޭނާ ބުންޏެވެ.
"އިންސާނަކު ގެއްލިގެން އެ ދިޔައީ، އެ ހިތްދަތި ކަމުން އަދިވެސް އާއިލާ އަށް އަރައެއް ނުގަނެވޭ. ވަރަށް ކެތްތެރިކަމާ އެކު އިންސާފުގެ އިންތިޒާރުގައި މިތިބީ،" ދައްތަ ބުންޏެވެ.
ބޮބީ އަށް އިންސާފު ހޯދަން އެ އާއިލާ އިން ވަނީ އަޑުއުފުލުންތަކާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ޝަރީއަތުގެ މަރުހަލާގެ ކަންކަން ވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އާއިލާ އިން ބުންޏެވެ.
ކޯޓުތަކުގެ މަރުހަލާތައް ކުރިއަށް ގެންދާ ގޮތާ މެދު އާއިލާ އިން ޝައްކެއް ނުކުރެ އެވެ. އެ މައްސަލައިގައި އާއިލާ އިން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް މުއައްސަސާތަކުން ވެސް އެއްބާރުލުން ދެ އެވެ. އެކަމަކު ކަންބޮޑުވުމަކީ އިންސާފު ދިގުލައިގެން ދިއުމެވެ.
"ހަތް އަހަރަކީ ތަހައްމަލް ކުރަން އުނދަގޫ، ދިގު މުއްދަތެއް،" އޭނާ ބުންޏެވެ.
އާއިލާގެ އުއްމީދަކީ، އިންސާފުވެރިކަމާ އެކު ޝަރީއަތް ނިންމައި، ބޮބީ މަރާލި މީހުންނަށް ވީހާ ވެސް އަވަހަކަށް ހައްގު އަދަބު ލިބުމެވެ. އާއިލާ އަށް ހިތްހަމަޖެހުން ލިބެން އޮތީ އިންސާފު ގާއިމްވުމުން ކަމަށް ބޮބީގެ ދައްތަ ބުންޏެވެ.
މުހީތަށް ދިން ހަމަލާގައި، ހަށިގަނޑުގެ ނުވަ ތަނަކަށް ވަޅި ހެރި އެވެ. އެ މަރުގެ ޝަރީއަތުން އާއްމުވެފައިވާ ގޮތުގައި ފުރަތަމަ ހަމަލާ އަމާޒުވީ، ބޮލުގެ ފުށްކިބަ އަށެވެ. އެއާއެކު، ބޮލުގެ ތަންތަންކޮޅު ބުރިވެގެން ބިންމައްޗަށް ފޭބި ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެ އެވެ.
މުހީތުގެ މަރާ ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، މުހީތަކީ ކުށުގެ ރެކޯޑު ނެތް، ޒިންމާދާރު ވަޒީފާއެއްގައި އުޅެމުން އައި މީހެއް ކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ.
ބޮބީގެ މަރު:ދެ މީހަކު ކުށްވެރި، އެކަކަށް ސާބިތެއްނުވި
ލޭއޮހޮރުވުން ބާރު ސްޕީޑްގައި، ޝަރީއަތް ލަސް ދުވެލީގައި
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
ޝެފަކު މަރާލި މައްސަލާގައި މުހިންމު ހެކިން ނުހޯދުނު
ކުއްޖަކު އެއްލާލި މައްސަލަ ކުރިއަށް ގެންދަން ނިންމައިފި
ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި
ނައީމާ މަރާލުމުގެ ދެ މީހުން ދައުވާއަށް އިންކާރު
ރެސްޓޯރެންޓެއްގައި މީހަކު މަރާލި މައްސަލަ ނިމުމަކާގާތަށް
ޔާމީންގެ މަރު: ދެ އަހަރު ފަހުން އިސްތިއުނާފް ފަށައިފި