09 މެއި 2019
ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކުން ކާރެއްގައި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.
ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކުން ކާރެއްގައި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.
މިއަދު މެންދުރު ހިނގި އެ އެކްސިޑެންޓުގައި، ހުޅުމާލޭގައި ދުއްވާ އެމްޓީސީސީގެ ބަހުން ކާރުގައި ޖެހުމުގެ ސަބަބުން ކާރުގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުނު ލިބިފައިވާއިރު، ބަހުގެ ކުރީކޮޅުގެ ބައެއް ވެސް ވަނީ ހަލާކުވެފަ އެވެ.
އެމްޓީސީސީގެ ބަހަކުން ޓެކްސީއެއްގައި ޖެހި، އެކްސިޑެންޓެއް ހިނގިއިރު މިދިޔަ ހޯމަ ދުވަހު އެ ކުންފުނީގެ ބަހެއްގެ ދަށުވެ، ޔޫކްރެއިންގެ އަންހެނަކު ވެސް ހުޅުމާލޭގައި ވަނީ މަރުވެފަ އެވެ. އެ ހާދިސާ ހިނގީ ބަސް ދުއްވަން އިން ޑްރައިވަރު ނިދި ޖެހިފައި އިނދެ ދުއްވަނިކޮށް ކަމަށް ވެ އެވެ.
އެ މައްސަލައިގައި އެ ޑްރައިވަރު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި، އެ ދިވެހި ޑްރައިވަރުގެ ތަހުގީގަށް ބަންދުގައި އިތުރު ހަތް ދުވަހު ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ. އެގޮތަށް ނިންމީ އެ ޑްރައިވަރު ބަންދުގައި ބަހައްޓަން ކުރިން ކަނޑައެޅި ތިން ދުވަހުގެ މުއްދަތު ހަމަވުމުން ކޯޓަށް ގެންދިއުމުންނެވެ.
ބަސް ޑްރައިވަރާ މެދު އަޅާނެ ފިޔަވަޅެއް ބަލަނީ
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް
އެކްސިޑެންޓްވިކަން ބަހުގެ ފަސިންޖަރުންނަކަށް ވެސް ނޭނގޭ
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު މަރު
އޮޅުންބޮޅުން: ބަސް ޑްރައިވަރުންނަށް ކޮފީ ދެމާ!
އެމްޓީސީސީގެ ބަސް ދުއްވާ ނިޒާމު ވަރުގަދަކުރަނީ
މިއަދު ވެސް އެކްސިޑެންޓްވީ ޑްރައިވަރު ނިދި ޖެހިގެން
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި
މަރުވި މީހާގެ އާއިލާއަށް އެމްޓީސީސީން އެހީތެރިވަނީ
ޑްރައިވަރު ސިހިފައި ސްޕީޑަށް، ދެން ކޮންޓްރޯލެއް ނުވި!