Roadha Mihaaru
ނިދާފައިއިނދެ ދުއްވި ބަހެއްގެ ދަށުވެ މީހަކު މަރުވެެއްޖެ

ނިދާފައި އިނދެ ދުއްވި ބަހެއްގެ ދަށުވެ ހުޅުމާލޭގައި ޓޫރިސްޓަކު މަރުވެއްޖެ

06 މެއި 2019

ހުޅުމާލޭގައި މިއަދު ހެނދުނު ޑްރައިވަރު ނިދާފައި އިނދެ ދުއްވާފައި ދިޔަ ބަހެއްގެ ދަށުވެ ޔުކްރެއިނުގެ އަންހެން ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ހުޅުމާލޭގައި މިއަދު ހެނދުނު ޑްރައިވަރު ނިދާފައި އިނދެ ދުއްވާފައި ދިޔަ ބަހެއްގެ ދަށުވެ ޔުކްރެއިނުގެ އަންހެން ޓޫރިސްޓަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ފިތުރޯނު މަގުން އެފްއެސްއެމްގެ ޕެޓްރޯލް ޝެޑު ކައިރިން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގެ ދަށުވެ މަރުވީ އުމުރުން 31 އަހަރުގެ ޓޫރިސްޓެއް ކަމަށެވެ. އެކްސިޑެންޓު ހިނގިއިރު ބަހުގައި ބަޔަކު ތިބި ނަމަވެސް އެ މީހުންނަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.

"މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަސް ޑްރައިވަރު ނިދިގެން ކަމަށް،" މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި މިއަދު ހެނދުނު ބަސް އެކްސިޑެންޓުވި ސަރަހައްދު ފުލުހުން ބަންދުކޮށްފައި: ޑްރައިވަރު ނިދާފައި ހުރެގެން ދުއްވުމުން ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ބަހުގެ ދަށުވެ މަރުވީ ޔުކްރެއިނުގެ އަންހެން ޓޫރިސްޓެއް.---ފޮޓޯ: މިހާރު

މި އެކްސިޑެންޓުވީ، ޔުކްރެއިނުގެ މީހާ ރާއްޖެ އައީ އޭނާގެ ފިރިހެން ރަހުމަތްތެރިޔަކާ އެކު ކަމަށް ވެއެވެ. އެކަމަކު އެކްސިޑެންޓް ހިނގިއިރު އޭނާ ކައިރީގައި ނެތެވެ.

މަރުވި އަންހެން މީހާ ކައިރީގައި އެވަގުތު ދިވެހި އަންހެނަކު ވެސް ހުރި ކަމަށް ވެ އެވެ. ބަސް ކޮންޓްރޯލް ނުވެ، އެ ދެ މީހުންނާ ދިމާއަށް ދާން ފެށުމުން ދުއްވައިގަތް ވަގުތު މަގުގެ އެއް ފަޅީގައި ގަސް އިންދަން ހަދާފައި އޮތް ހުސް ފަސްގަނޑަށް އެރި އޭނާ ވެއްޓި ބަހުގެ ދަށުވީ އެވެ. ބަސް ދިޔައީ އޭނާގެ ގައި މަތިންނެވެ.

މި މައްސަލައިގައި، ބަސް ދުއްވަން އިން ދިވެހި ޑްރައިވަރު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ އަތުގައި ލައިސަންސް އޮވެ އެވެ.

އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ހެނދުނު 6:37 ހާއިރު އެވެ.