03 ސެޕްޓެމްބަރ 2016
އިހުގެ ގޮތަކަށް ޒަމާނީ ބަދަލަކާ އެކު ކޮށްލެވޭނެ ރީތި މޭކަޕް ސްޓައިލެއް، މޭކަޕް އާޓިސްޓް ރިޒްނާ މި ވީޑިއޯގައި ދައްކާލާނެ އެވެ.
އިހުގެ ގޮތަކަށް ޒަމާނީ ބަދަލަކާ އެކު ކޮށްލެވޭނެ ރީތި މޭކަޕް ސްޓައިލެއް، މޭކަޕް އާޓިސްޓް ރިޒްނާ މި ވީޑިއޯގައި ދައްކާލާނެ އެވެ.
ގަދަ ރަތް ކުލައިގެ ލިޕްސްޓިކް އަކީ ފަހަކަށްއައިސް އެންމެ މަގުބޫލު ކުލަ އެވެ. މި ކުލައިގެ ލިޕްސްޓިކާ އެކު ކަޅު ސްމޯކީ ލޮލުގެ މޭކަޕެއް އަދި ރެޓްރޯ ނުވަތަ އިހުގެ ގޮތަކަށް އިސްތަށިގަނޑު ސްޓައިލް ކޮށްލެވިދާނެ އެވެ.
ލޮލާއި ތުންފަތުގައި ކުލަ ޖެެއްސުމުގެ ކުރިން މޫނުގައި ފައުންޑޭޝަން ހާކާލާށެވެ.
"ފައުންޑޭޝަނެއްގެ ގޮތުގައި ބޭނުންކުރީ މެކް ބްރޭންޑުގެ ސްޓޫޑިއޯ ފިކްސް ފްލުއިޑް ފައުންޑޭޝަން. އަދި ޖޯޑާނާގެ ކޮމްޕްލީޓް ކޮންސީލާ ބޭނުންކޮށްގެން ކޮންސީލު ކޮށްލުމަށް ފަހު މެކްގެ ސްޓޫޑިއޯ ފިކްސް ޕައުޑާއިން ސެޓު ކޮށްލީ،" ރިޒްނާ ކިޔައިދިނެވެ.
ލޮލުގައި ކުލަ ޖައްސަން ބޭނުންކުރީ އާބަން ޑިކޭގެ ވައިސް އައިޝެޑޯ ޕެލެޓެވެ.
ރެޓްރޯ ގްލެމް މޭކަޕް
ލޯ މަރާލުމަށްފަހު ލޮލުގެ ކްރީޒްގައި ކޫލް ބްރައުން އާއި ވޯމް ދަނބު ކުލައެއް އެއްކޮށްލައިގެން ޖައްސާލާށެވެ. މި ކުލަތައް ލޮލުގެ ތިރީ ލޭޝްލައިންގައި ވެސް ޖައްސާށެވެ. ލޮލުގެ މަތީގައި ފަނޑުކޮށް ކަޅު އައިޝެޑޯ ޖައްސާލާށެވެ. އެއީ އާޓް ޑެކޯގެ ބްރައުން އައިޝެޑޯ ޕެލެޓްގެ ކަޅު ކުލަ އެވެ.
"މި މޭކަޕްގައި ލޮލުގެ އެތެރެ ކަނުގައި ރިޒްނާ ބޭނުންކުރީ ޑާޓީ ޕިންކް ޝިމާ އައިޝެޑޯ. އަދި ބްރޯ ބޯންގައި ބެއިޖް ޝޭޑެއް ބޭނުންކޮށްލިން،" ރިޒްނާ ބުންޏެވެ.
ރެޓްރޯ ގްލެމް މޭކަޕް - ފޮޓޯ: ޝަމްއޫން
ބުމަ ނެޗުރަލްކޮށް ބަހައްޓަން ޕީޗް ޝޭޑެއްގެ ބްލަޝްއެއް ކޮލުގައި ޖައްސާފައި ނޭފަތް މަތީގަ އާއި ތުންފަތުގެ ކިޔުޕިޑްސް ބޯގަ އަދި ކޯ މަތީގަ ހައިލައިޓާ ޕައުޑާއެއް ހާކާލާށެވެ. ރިޒްނާ ބުނީ ތުންފަތުގައި ޑީޕް ޕްލަމް ޝޭޑެއް ޖައްސައި ސެމީ މެޓް ފިނިޝެއްގެ ލިޕްސްޓިކެއް ރަނގަޅުވާނެ ކަމަށެވެ.
ރެޓްރޯ ގްލެމް މޭކަޕް - ފޮޓޯ: ޝަމްއޫން
ގަދަ ކުލަތަކުގެ ލިޕްސްޓިކް އަކީ ފެޝަން ޝޯތަކުންނާއި ރެޑް ކާޕެޓް ހަފުލާތަކުން ވަރަށް ގިނައިން ފެނިފައިވާ ލުކް އެކެވެ. މި ރެޓްރޯ މޭކަޕަށް ރަތުގެ އެކި ގަދަ ޝޭޑުތައް ބޭނުންކޮށްލެވިދާނެ އެވެ. އަދި މި ވީޑިއޯގައި ދައްކާލި ލުކް އަކީ ޕާޓީއަކަށް ނުވަތަ އެފަދަ ހާއްސަ މުނާސަބަތަކަށް އެކަށީގެންވާ ސްޓައިލެކެވެ.
ގްލިޓާ ސްމޯކީ އައި މޭކަޕް
މޭކަޕާ ބެހޭގޮތުން އަންހެނުން ބުނަނީ ކީކޭ؟
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ލުއީ ވިޓޯނުން ސެނިޓައިޒާ އުފައްދަނީ
"ރެއާ ބިއުޓީ" ގެ ނަމުގައި ސެލީނާގެ މޭކަޕް ލައިނެއް
ވިކްޓޯރިއާ ބެކަމްގެ ބިއުޓީ ކަލެކްޝަނެއް
ލޭޑީ ގާގާގެ ބިއުޓީ ކަލެކްޝަން ޕްރި-އޯޑަރަށް
ރީތިވާން 300 ޕްލާސްޓިކް ސާޖަރީ ހެދި މީހެއް
ކާލް ލެގަފެލްޑްގެ ހަނދާނުގައި މޭކަޕް ކަލެކްޝަނެއް
"ބީބާ ބިއުޓީ" ގެ ނަމުގައި ކޮސްމެޓިކް ލައިނެއް