ޖިނާއީ މައްސަލަތަކުގެ އެކި މަރުހަލާތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރާ ނަމަ، ޕްރޮސެކިއުޓާ ޖެނެރަލާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައި ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރުން މިއަދު ވިދާޅުވެއްޖެ އެވެ.
30 އެޕްރީލް 2019
ޖިނާއީ މައްސަލަތަކުގެ އެކި މަރުހަލާތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރާ ނަމަ، ޕްރޮސެކިއުޓާ ޖެނެރަލާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައި ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރުން މިއަދު ވިދާޅުވެއްޖެ އެވެ.
ހައި ކޯޓުގައި ހިނގި މައްސަލައެއްގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އެގޮތަށް ވިދާޅުވީ ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވި ސިފައިންގެ ކުރީގެ މީހުންގެ ތެރެއިން އެކަކުގެ އިސްތިއުނާފް ޝަރީއަތުގަ އެވެ.
އެ މައްސަލާގެ ހުކުމް އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ވަނީ ބައެއް މައްސަލަތަކުގައި ދަށު ކޯޓުގެ ނިންމުން ދިފާއު ކުރުމަށް ފަހު، އިސްތިއުނާފް މަރުހަލާތަކުގައި ދަށު މަރުހަލާގެ ކޯޓުގެ ނިންމުން ގޯސް ކަމަށް ބުނެ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރަމުންދާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ވެސް ދައުލަތުގެ ސްޓޭންޑް ބަދަލު ކުރުމުގެ ވިސްނުމެއް އެބައޮތްތޯ ފަނޑިޔާރު ދައުލަތާ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެ މައްސަލާގައި ދައުލަތުން އަދިވެސް ފާހަގަ ކުރަނީ އެންމެ ފުރަތަމަ ވެސް ފާހަގަކުރި ނުކުތާތައް ކަމަށާއި އިތުރު ވަކި ސްޓޭންޑެއް ދައުލަތުގެ ނެތް ކަމަށެވެ.
ފަނޑިޔާރު ނިޔާޒް ވިދާޅުވީ ކޯޓުތަކުން މައްސަލަ ނިންމާނީ އަބަދުވެސް ދެ ފަރާތުން ދައްކާ ވާހަކަތަކާއި ހުށަހެޅޭ ހެކިތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އެހެންވީއިރު، އިސްތިއުނާފް މަރުހަލާތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރާ ނަމަ، އެކަމަކީ ޕްރޮސެކިއުޓާ ޖެނެރަލާ މެދު ތައުދީބީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
ފަނޑިޔާރު ނިޔާޒުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.
ދައުލަތުގެ ސްޓޭންޑް ބަދަލު ކުރާ ނަމަ، ފިޔަވަޅު އެޅިދާނެ ކަމަށް ހައި ކޯޓުން ބުނިއިރު، ދައުލަތުން ދާދިފަހުން ވަނީ ބައެއް މައްސަލަތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކޮށް، ދަށު މަރުހަލާގެ ނިންމުން ގޯސް ކަމަށް ބުނެފަ އެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އޭނާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކޮށް، ދައުލަތުން ވަނީ ހައި ކޯޓާއި ދަށު ކޯޓުގެ ނިންމުން ވެސް އެ މައްސަލާގައި ގޯސް ކަމަށް ބުނެފަ އެވެ.
"ގޯސް ކަންކަން ދިފާއު ކުރުމަކީ ނުބައި މެސެޖެއް"
އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ޝަކުވާ ލިބޭ: ޕީޖީ
މޫސަގެ މަރު: މީހާ ބަންދު ނުކުރާތީ ސުޕްރީމް ކޯޓަށް
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
ޖަލަށްލުމުން ގެޔަށް؛ ފަނޑިޔާރު އެއްސެވީ ޑްރާމާއެއްތޯ!
ޕީޖީން ކޯޓު ހުރުމަތް ކެނޑި މައްސަލަ ހައިކޯޓުން ނުބެލި
މައްސަލަ އަނބުރާ ގެންދަން އުޅުނީ ކުށް ސާބިތުވިފަހުން
އިހުމާލު ފޮރުވަން އުޅޭތީ ހައިކޯޓުގެ ފާޑުކިޔުން ޕީޖީއަށް
ނަދީމްގެ މަރު:އެންމެން ބަންދުކުރަން ހައިކޯޓުގައި އެދެފި