ލަންޑަން (އޭޕްރިލް 23) – ރެއާލް މެޑްރިޑް ބަދަލުވާނެ ކަމަށް ބެލެވޭ ޕްލޭމޭކަރު އެޑެން ހަޒާޑް ނެތްތަން ފޫބައްދަން ޗެލްސީން ބާސެލޯނާގެ ފިލިއްޕެ ކުޓީނިއޯ ގެންނަން ވިސްނާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
23 އެޕްރީލް 2019
ލަންޑަން (އޭޕްރިލް 23) – ރެއާލް މެޑްރިޑް ބަދަލުވާނެ ކަމަށް ބެލެވޭ ޕްލޭމޭކަރު އެޑެން ހަޒާޑް ނެތްތަން ފޫބައްދަން ޗެލްސީން ބާސެލޯނާގެ ފިލިއްޕެ ކުޓީނިއޯ ގެންނަން ވިސްނާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަންނަ ސީޒަނަށް ރެއާލް މެޑްރިޑް ވަރުގަދަކުރަން ކުރާ މަސައްކަތުގައި ހަޒާޑާކީ އެ ޓީމުގެ އެންމެ މުހިއްމު ޓާގެޓެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މެޑްރިޑަށް ބަދަލުވުމާ ގުޅޭ މަޝްވަރާތައް ނިމި ދެން އޮތީ ހަމައެކަނި އެއްބަސްވުންތަކުގައި ސޮއިކޮށްލުމެވެ.
އެއާ އެކު ޗެލްސީ އަށް ވަނީ ބަދަލުގައި ކުޅުންތެރިޔަކު ހޯދަން މަޖުބޫރުވެފަ އެވެ. އެގޮތުން އެ ޓީމުގެ ލޯ އެންމެ ބޮޑަށް އަމާޒުވެފައިވަނީ ކުޓީނިއޯ އަށް ކަމަށްވެ އެވެ. ކުރިން ލިވަޕޫލަށް ކުޅުނު ކުޓީނިއޯ އަކީ އިނގިރޭސި ލީގުގެ ތަޖުރިބާ ހުރި ކުޅުންތެރިޔެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބާސެލޯނާ އަށް ބަދަލުވި ކުޓީނިއޯ އަށް އެ ޓީމުން އެކަށީގެންވާ ފުރުސަތު ނުލިބޭތީ އޭނާ ވެސް ހުރީ ކްލަބް ބަދަލުކުރަން ބޭނުންވެފައި ކަމަށްވެ އެވެ. އޭނާ އަލުން ގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން ލިވަޕޫލުން ވެސް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ އަށް ޝައުގުވެރިވާ އެހެން ކްލަބްތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ އެވެ.
އެކަމަކު ޗެލްސީ އަށް މިކަން ކުރެވެން އޮތީ ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ދީފައިވާ އަދަބުން ސަލާމަތްވެއްޖެ ނަމަ އެވެ. އެ މައްސަލަ ދެ ވަނަ ފަހަރަށް އިސްތިއުނާފްކޮށްފައިވާއިރު، ލުޔެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ކުޓީނިއޯ ހޯދުމުގެ ރޭހަށް ޗެލްސީ ވަންނަނީ
އޮބާމެޔަންގް ޗެލްސީ އަށް، އޮލޮންސޯ ބާސެލޯނާ އަށް
ރެއާލް، ބާސާއިން ޗެލްސީގެ ދިފާއީ ތަނބުތައް އުފުރާލަނީ
"ކްރިސްޓެންސެން ބާސާއަށް ބަދަލުވިކަން ޔަގީނެއް ނޫން"
ލޯނު އުސޫލުން ކުޓީނިއޯ ޖެރާޑުގެ އެސްޓަން ވިލާ އަށް
ހާލަތުގެ ފައިދާ ނަގައި ވިލާ އިން ކުޓީނިއޯއަށް ފާރަލަނީ
ސައުލް ޗެލްސީ އަށް، ގްރީޒްމަން އެތުލެޓިކޯ އަށް
ޗެލްސީ، ސެވިއްޔާ، ބާސާ އަދި ޔުވެންޓަސް އަނެއް ބުރަށް
2014 ވަނަ އަހަރު މެސީ އާއި ޗެލްސީގެ ޑީލެއް
ބާސެލޯނާ އާއި ބަޔާން މިއުނިކް ކުއާޓާ އަށް