Roadha Mihaaru
ވިލާ ކޮލެޖުގެ ވިޒިޓިން ލެކްޗަރާ ސަލާމަތްވީ ކިރިޔާ

ބޮމުގެ ހަމަލާގައި ވިލާ ކޮލެޖުގެ ވިޒިޓިން ލެކްޗަރާ ސަލާމަތްވީ ކިރިޔާ

22 އެޕްރީލް 2019

ފޮޓޯ އިން އެ ފެންނަނީ ވިލާ ކޮލެޖުގެ ވިޒިޓިން ލެކްޗަރާ ޑރ. ޝާން ޖަޔަސެކްރާ (ވ-2)ގެ އާއިލާއާ އެކު އުފަލުގައި މިދިޔަ އާދިއްތަ ދުވަހު ކޮލަމްބޯގެ ޝަންގްރިއްލާ ހޮޓަލުގައި ހެނދުނުގެ ސައިބޯން އިން މަންޒަރެވެ. އަންހެނުން އަދި ޓީވީ ޕްރެޒެންޓަރު ނިސަންގާ މަޔަޑޫނާއި މައިދައިތަ އަދި ސްރީލަންކާގެ މަޝްހޫރު ޝެފް، ޝަންތާ މަޔަޑޫނާ އެކު އާއިލާގެ އެހެން މީހުން ވެސް ޝަންގްރިއްލާ ހޮޓަލުގައި ތިއްބެވެ. އީސްޓާ ބްރޭކްފާސްޓް ޖަހައި ނިސަންގާގެ ފޭސްބުކަށް ފޮޓޯ އަޕްލޯޑުކުރީ 8:47 ގަ އެވެ. އެކަމަކު އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ޑރ. ޝާން ޖަޔަސެކްރާގެ މުޅި އާއިލާ އަށް ލިބުނީ ބޮޑު ސިހުމެކެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިލާ ކޮލެޖަށް އޭސީސީއޭ އަދި ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑް (ޔޫވީ)ގެ އެކައުންޓިން އެންޑް ފައިނޭންސްގެ މާސްޓާސް ޕްރޮގްރާމަށް ކިޔަވައިދޭ ޝާންގެ އަންހެނުން ނިސަންގާ އަދި ޝަންތާ މަރުވީ، ޝަންގްރިއްލާ ހޮޓަލުގެ ދެ ވަނަ ބުރީގައި ހުންނަ ރެސްޓޯރެންޓުގައި ދިން ޖާނުންފިދާވުމުގެ ހަމަލާގަ އެވެ. ކޮންމެ މަހަކު އެއް ފަހަރު ރާއްޖެ އައިސް ވިލާ ކޮލެޖަށް ކިޔަވައިދޭ ޝާންގެ ކޮނޑަށް އަނިޔާ ލިބުން ފިޔަވައި ބޮޑު ޒަހަމެއް ނުލިބި އޭނާ ވަނީ އެ ނުރައްކާ ހަމަލާ އިން ސަލާމަތްވެފަ އެވެ. ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ލެކްޗަރާ އަދިވެސް އަނަނަނީ ފަރުވާ ހޯދަމުންނެވެ.

ނިސަންގާ އަދި އޭނާގެ މަންމަ ޝަންތާ (ކ).--

ނިސަންގާ އަދި އޭނާގެ މަންމަ ޝަންތާ (ކ).--

ލަންކާގައި ވެސް އަމިއްލަ އިންސްޓިޓިއުޓެއް ހިންގާ ޝާން ވިލާ ކޮލެޖުގައި ކިޔަވައިދޭތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. ނިސަންގާއާ ދެ މީހުންގެ ކައިވެންޏަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ދެ މީހުންގެ އެއް އަހަރުނުވާ އަންހެން ކުއްޖަކު ވެސް ހުރެ އެވެ. ނަމަވެސް ހަމަލާގައި އެ ކުއްޖާ އަށް އެއްވެސް އަނިޔާއެއް ލިބުނު ކަމެއް ސާފެއް ނުވެ އެވެ.

ޑރ. ޝާނާއި އޭނާގެ އަންހެނުން ނިސަންގާ: ދެ މީހުންގެ އެއް އަހަރުނުވާ ކުއްޖެއް ވެސް ހުރޭ

ޑރ. ޝާނާއި އޭނާގެ އަންހެނުން ނިސަންގާ: ދެ މީހުންގެ އެއް އަހަރުނުވާ ކުއްޖެއް ވެސް ހުރޭ

އިއްޔެގެ ހަމަލާއަށް ފަހު ޝަންގްރިއްލާ ހޮޓެލް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފަ އެވެ.

ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާއިރު ހަމަލާގައި ޒަހަމްވި މީހުން 450 އަށް ވުރެ ގިނަ އެވެ. މަރުވި މީހުންގެ ތެރޭގައި 36 ބިދޭސީއަކު ހިމެނެ އެވެ. އަދި ފުލުހުންގެ ތިން މީހަކު ވެސް ވަނީ މަރުވެފަ އެވެ.

ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތަށް މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ލަންކާ ފުލުހުން ބުނެ އެވެ.