Roadha Mihaaru
ބިދޭސީއެއްގެ އަތުން ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

ބިދޭސީއެއްގެ އަތުން ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

18 އެޕްރީލް 2019

މާލޭގައި ބިދޭސީއެއްގެ އަތުން މިރޭ ފައިސާތަކެއް ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ބިދޭސީއެއްގެ އަތުން މިރޭ ފައިސާތަކެއް ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާފަންނު އޭސް ހާޑްވެއާ ކައިރިން ބިދޭސީއެއްގެ އަތުން ފޭރުނީ 2،000 ޑޮލަރާއި 5،000 ރުފިޔާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 42 އަހަރުގެ ފިރިހެނަކާއި 54 އަހަރުގެ ފިރިހެނެއް ކަމަަށް ފުލުހުން ބުންޏެވެ. އަދި ހައްޔަރުކުރި އެކަކު އަތުން، ފޭރުނު ކަމަށް ބެލެވޭ 1،300 ޑޮލަރު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، އެ ބިދޭސީ މީހާ އަތުން ފޭރުނީ ހޮޓަލެއްގެ ތެރޭގައި ހުއްޓަ އެވެ.

މާލޭގައި މިހާރަކަށް އައިސް ފޭރުމުގެ އަމަލުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ދާދިފަހުން މާލޭގައި ފޭރުމުގެ ބޮޑު ތިން މައްސަލައެއްގައި ފަސް މިލިއަން ރުފިޔާ ފޭރިގެންފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ހޯދުނީ ހަތް ލައްކަ ރުފިޔާ އެވެ. ފުލުހުން މިއަދު ބުނެފައިވާ ގޮތުގައި މާލޭގައި ފޭރުން އެންމެ އާންމުވެފައި ވަނީ ހެންވޭރުގަ އެވެ.