12 އެޕްރީލް 2019
ސައިފް އަލީ ހާނާއި ފާތިމާ ސަނާ ޝެއިހް އަދި އަލީ ފަޒަލް އެކީގައި ފެނިގެންދާ ހޮރޯ ކޮމެޑީ "ބޫތު ޕޮލިސް" ގެ ޝޫޓިން އަންނަ އޮގަސްޓް މަހު ފަށާ ގޮތަށް ނިންމައިފި އެވެ.
ސައިފް އަލީ ހާނާއި ފާތިމާ ސަނާ ޝެއިހް އަދި އަލީ ފަޒަލް އެކީގައި ފެނިގެންދާ ހޮރޯ ކޮމެޑީ "ބޫތު ޕޮލިސް" ގެ ޝޫޓިން އަންނަ އޮގަސްޓް މަހު ފަށާ ގޮތަށް ނިންމައިފި އެވެ.
މިއީ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ޕްރޮޑިއުސްކޮށް، ޕަވަން ކިރްޕަލާނީ ޑައިރެކްޓް ކުރާ ފިލްމެކެވެ. "ބޫތު ޕޮލިސް" ގެ ޝޫޓިން އޮގަސްޓްގައި ފެށި ނަމަވެސް 3ޑީ ފޯމެޓްގައި ގެނެސް ދޭން ނިންމާފައިވާ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ސައިފް މި ވަގުތު އަޖޭ ދޭވްގަންއާ އެކު "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ ޕްރޮޑިއުސްކޮށް ބަތަލުގެ ރޯލް ކުޅޭ ފިލްމު "ޖަވާނީ ޖާނެމަން" ގެ ޝޫޓިން ޖޫން މަހު ލަންޑަނުގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ.
Saif Ali Khan, Fatima Sana Shaikh and Ali Fazal... #BhootPolice, a horror-comedy franchise in 3D... Directed by Pavan Kirpalani... Presented and produced by Fox Star Studios... Shoot starts Aug 2019. pic.twitter.com/e8eBX2h0Uk
— taran adarsh (@taran_adarsh) April 11, 2019
ފާތިމާ ދާދި ފަހުން އަނޫރާގް ބާސޫގެ އެންތޮލޮޖީ ފިލްމުގެ ޝޫޓިން ނިންމާލާފައިވާ އިރު، އަލީގެ ކުރިއަށް އޮތް ފިލްމަކީ "ޕްރަސްތާނަމް" އެވެ.
އަންނަ މަހު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ޕްރޮމޯޝަންތައް ފަށައިފި އެވެ.
He’s got the ‘eye of the tiger’ & he’s not stopping at anything but the finish line. #SOTY2TrailerTomorrow@iTIGERSHROFF #Tara #Ananya @punitdmalhotra @apoorvamehta18 @DharmaMovies @foxstarhindi @ZeeMusicCompany @SOTYOfficial pic.twitter.com/XWHY5rCUaJ
— Karan Johar (@karanjohar) April 11, 2019
ކަރަން ވަނީ ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ޓްވިޓާގައި ހިއްސާކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމާ ބެހޭ ގިނަ ކަންކަން ހިއްސާ ކުރަމުން ދާނެ ކަމަށް ބުނެފަ އެވެ. ފިލްމުގެ ޓްރެއިލާ ވެސް މިއަދު ދައްކައިލާނެ އެވެ.
"ސްޓޫޑަންޓް އޮފް ދި އިޔާ 2" އަކީ ކަރަން ޑައިރެކްޓްކޮށް 2012 ގައި ގެނެސް ދިން "ސްޓޫޑަންޓް އޮފް ދި އިޔާ" ސީރީޒްގެ ދެވަނަ ފިލްމެވެ. މި ފަހަރު މުޅިން ތަފާތު ކާސްޓަކާ އެކު ފިލްމު ޑައިރެކްޓްކޮށްފައި ވަނީ "އައި ހޭޓް ލަވް ސްޓޯރީޒް" ގެ ޑައިރެކްޓަރު ޕުނިތު މަލްއުތުރާ އެވެ. ފިލްމުގެ ތަރިންނަކީ ޓައިގާ ޝްރޮފާ އެކު އަލަށް ތައާރަފުވާ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ އެވެ.
ފިލްމު ރިލީޒް ކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 10 ގަ އެވެ.
އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީ އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމު އަންނަ އަހަރު ގެނެސް ދޭން ނިންމައިފި އެވެ.
Producer Anand Pandit announces film with Amitabh Bachchan and Emraan Hashmi. To be directed by Rumi Jaffrey, the untitled mystery thriller will release on 21st February, 2020. Shooting begins in May this year. @srbachchan @emraanhashmi @anandpandit63 @apmpictures #APMP pic.twitter.com/E7F8BmwkKt
— Komal Nahta (@KomalNahta) April 11, 2019
ކޮމެޑީ އެތައް ފިލްމެއްގެ ސްކްރީންޕްލޭ ލިޔެ، ބައެއް ފިލްމުތައް ޑައިރެކްޓް ވެސް ކޮށްފައިވާ ރޫމީ ޖެފްރީ ޑައިރެކްޓް ކުރާ މި ފިލްމުގެ ނަން އަދި އިއުލާން ނުކުރި ނަމަވެސް ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ ފެބްރުއަރީ، 21، 2020 އެވެ.
މި މިސްޓްރީ ތުރިލާގެ ޝޫޓިން އަންނަ މަހު ފަށަން ވަނީ ނިންމައިފަ އެވެ. އަމީތާބް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒް ކުރާ "ބަދުލާ" އިންނެވެ. އަދި އިމްރާންގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީ މަހު ރިލީޒް ކުރި "ވާއި ޗީޓް އިންޑިއާ؟ އެވެ.
ރޫމީ ވަނީ 2008 ގައި އަމީތާބާއި ސަލްމާން ހާނާއި ޕްރިޔަންކާ ޗޯޕްޅާއާ އެކު "ގޯޑް ތުސީ ގްރޭޓް ހޯ" ކިޔާ ފިލްމެއް ވެސް ގެނެސް ދީފަ އެވެ.
އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރި ހާދިސާ އަށް ބިނާކޮށް ކަބީރު ހާން ޑައިރެކްޓް ކުރާ ފިލްމު "83" ރިލީޒް ކުރާ ތާރީހަކަށް އަންނަ އަހަރުގެ އެޕްރީލް މަހުގެ 10 ހަމަޖައްސައިފި އެވެ.
Release date finalized: 10 April 2020... Ranveer Singh is #KapilDev in #83TheFilm... Directed by Kabir Khan... Presented by Reliance Entertainment... Produced by Madhu Mantena, Vishnu Induri, Kabir Khan. #Relive83 pic.twitter.com/GPePs8fLmK
— taran adarsh (@taran_adarsh) April 10, 2019
މި ފިލްމުގެ ޝޫޓިން އަންނަ މަހު އިނގިރޭސިވިލާތުގައި ފަށަން ނިންމާފައިވާ އިރު، ފިލްމުގެ މައިގަނޑު ކާސްޓް ވެސް މިހާރު އެއްކޮށް ފައިނަލްކޮށްފަ އެވެ. ރަންވީރު ސިންގް "83" ގައި ފެނިގެން ދާނީ 83 ގެ މުބާރާތް ކާމިޔާބު ކުރި އިރު ޓީމްގެ ކެޕްޓަނެއްގެ ގޮތުގައި ހުރި ކަޕިލް ދޭވްގެ ރޯލުންނެވެ.
އޭނާއާ އެކު މި ފިލްމުން ގިނަ އެކްޓަރުންތަކެއް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ސާގިބް ސަލީމް، ތާހިރު ރާޖް ބާސިން، އައްމީ ވާކް، ޗިރާގް ޕަޓިލް، ޖީވާ، އަދިނާތު ކޮތާރޭ، އާރް ބަދުރީ، ޑިންކަރު ޝަރުމާ، ހާޑީ ސަންދޫ، ވިޖޭ ވަރުމާ، ދައިރިއާ ކަރްވާ އަދި ޖަތިން ސަރްނާ ހިމެނެ އެވެ. މިއިން ކޮންމެ އެކްޓަރަކު ފެންނާނީ ޓީމްގެ ކުޅުންތެރިއެއްގެ ރޯލުންނެވެ.
އަދި ޕަންކަޖް ތުރިޕަތީ ފެނިގެން ދާނީ ޓީމްގެ ކޯޗްގެ ރޯލުންނެވެ. "83" ގެ ފަސްޓްލުކް ވެސް މިހާރު ވަނީ ފުލް ޓީމާ އެކު ދައްކާލައިފަ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އާޗީގެ ރޯލު އަމީތާބްގެ ކާފަދަރި އަގަސްޓިއާ އަށް؟
ޖަޔާގެ ފުރަތަމަ ނެގަޓިވް ރޯލު ކަރަންގެ ފިލްމުގައި
ކަރަންގެ ފިލްމުގެ ސެޓުން އިބްރާހީމްގެ ފޮޓޯތަކެއް
ކަރަންއާ އެކު އިބްރާހީމް މަސައްކަތްކުރާތީ ސައިފް އުފަލުން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާންގެ އަންތިމް އާއި އަޖޭގެ މައިދާން ޑިޖިޓަލްކޮށް؟