Roadha Mihaaru
މަހިބަދޫ ދާއިރާގެ އޭޕީ ކެންޑިޑޭޓަށް ރައީސްގެ ތާއީދު

މަހިބަދޫ ދާއިރާގެ އޭޕީ ކެންޑިޑޭޓަށް ރައީސްގެ ތާއީދު

05 އެޕްރީލް 2019

މަހިބަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ އާޒިމަށް ތާއީދުކޮށްދެއްވުމަށް އެ ދާއިރާގެ ރައްޔިތުންގެ ކިބައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަހިބަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ އާޒިމަށް ތާއީދުކޮށްދެއްވުމަށް އެ ދާއިރާގެ ރައްޔިތުންގެ ކިބައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު އެގޮތަށް އެދިވަޑައިގަތީ އާޒިމްގެ ކެމްޕެއިނަށް މަހިބަދޫއަށް ވަަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަހިބަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އާޒިމަށް ތާއީދު ހޯއްދެއްވުމަށް އެ ރަށަށް ވަޑައިގެން ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: އަދާލަތު ޕާޓީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަހިބަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އާޒިމަށް ތާއީދު ހޯއްދެއްވުމަށް އެ ރަށަށް ވަޑައިގެން ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: އަދާލަތު ޕާޓީ

އާޒިމަށް ތާއިދުކޮށްދޭން އެދިވަޑައިގެން ރައީސް ވާހަކަފުޅު ދައްކަވަމުން އިސްލާހީ ހަރަކާތުގައި އަދާލަތު ޕާޓީގެ ދައުރު ފާހަގަކުރެއްވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ވެސް އެ ދާއިރާ އަށް ވާދަކުރަން ނިންމައި ކެންޑިޑޭޓަކު ނެރުނެވެ. އެކަމަކު، އެ ޕާޓީގެ ކެންޑިޑޭޓުގެ ނަން ނަގައި، ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި އާޒިމަށް ތާއީދުކުރަން ނިންމީ އެވެ.

މަހިބަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އާޒިމް، އެ ރަށުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަނީ.-- ފޮޓޯ: އަދާލަތު ޕާޓީ

މަހިބަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އާޒިމް، އެ ރަށުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަނީ.-- ފޮޓޯ: އަދާލަތު ޕާޓީ

އިނގިރޭސިވިލާތުގެ ކިންގްސްޓަން ޔުނިވާސިޓީން ބިސްނަސް ލޯ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ އާޒިމް ވަނީ ސަރުކާރުގެ ގިނަ ވަޒީފާތަކެއް އަދާކުރައްވައިފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އެޓާނީ ޖެނެރަލް އޮފީހުގައި ވެސް އުޅުއްވި އެވެ.