25 މާޗް 2019
އަމީނީ މަގުގައި ހުންނަ ސަލާހުއްދީން ބިލްޑިންގާ އިންވެގެން އޮންނަ ހުސް ބިމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން އައުޓްޑޯ ޖިމެއް މިއަދު ހުޅުވައިފި އެވެ.
އަމީނީ މަގުގައި ހުންނަ ސަލާހުއްދީން ބިލްޑިންގާ އިންވެގެން އޮންނަ ހުސް ބިމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން އައުޓްޑޯ ޖިމެއް މިއަދު ހުޅުވައިފި އެވެ.
'އަމީނީ ސަންދަރެސް' ގެ ނަން ދީފައިވާ މި ޖިމް، އޮޑެގައްލާ ރެސްޓޯރަންޓު ކައިރީގައި ހުޅުއްވައި ދެއްވީ ޔޫތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދެވެ.
ސަންދަރެސްގެ މާނަ އަކީ ދުޅަހެޔޮކަމަށްޓަކައި އެއްވުމެވެ. މިއަދު ހުޅުވި އައުޓްޑޯ ޖިމަށް 'އަމީނީ ސަންދަރެސް' ކިޔަނީ އެ ތަން އަމީނީ މަގުގައި ހުންނާތީ އެވެ.
ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓް ކުރާ ފަދަ ތަންތަން ހުސް ބިންތަކުގައި ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި އަލީ ވަހީދު ވިދާޅުވީ، މާލޭގެ އިތުރު ހަތަރު ސަރަހައްދެއްގައި މިފަދަ ޖިމްތަކެއް ހުޅުވާނެ ކަމަށެވެ. އެއީ ސިނަމާލެ ބްރިޖް ސަރަހައްދުގަ އާއި ވެސްޓް ޕާކް ރެސްޓޯރަންޓު ހިންގި ބިމުގަ އާއި މަޖީދީ މަގުން ބޮނޑިބަތް ޕާކުގަ އާއި ސިޓީ ޕާކު ސަރަހައްދެވެ. އެ ތަންތަން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
އަމީނީ ބިލްޑިންގްގެ ކުރިމަތީގައި ހެދި އައުޓްޑޯ ޖިމްގައި ވަނީ ކަސްރަތު ކުރަން ބޭނުންކުރާ މެޝިންތައް ބަހައްޓައިފަ އެވެ. އަދި ކޮންމެ މީހަކަށް ވެސް އެ މެޝިންތައް ބޭނުންކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އަމީނީ މަގު އައުޓް ޑޯ ޖިމް ހަދައިދިން ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. އެއީ މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން ޖިމް ގާއިމްކޮށްދިން މެކްސްޓާ ކުންފުނި އަދި ޖިމްގެ ސާމާނު ހަދިޔާކުރި ސިނަފް އަށެވެ
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޔޫތު މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނިމޭނެ ކަމެވެ.
މާލޭގެ މޭޔަރު ޝިފާ ވިދާޅުވީ، ދިވެހިންނަކީ ކަސްރަތު ކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބެން ލޯބިކުރާ ބަޔަކަށް ވުމުން ހިލޭ ކަސްރަތު ކުރެވޭނެ ނިޒާމުތައް މާލޭގެ ރައްޔިތުންނަށް ހޯދައި ދެވޭތީ އުފާ ކުރައްވާ ކަމަށެވެ.
މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު (މ) އަމީނީ މަގުގެ އައުޓްޑޯ ޖިމްގައި ހުރި ކަސްރަތު މެޝިްންތައް ބައްލަވާލައްވަނީ -- ފޮޓޯ: ޔޫތް މިނިސްޓްރީ
"އަޅުގަނޑު އުފާކުރަނީ ސިޓީ ކައުންސިލްގެ ނަން ދިރުވިގެން ރައްޔިތުންނަށް ހިދުމަތް ކުރާ ތަނަކަށް ވެގެން އަންނާތީވެ،" އަމީނީ މަގުގައި ހެދި އައުޓް ޑޯ ޖިމް ހަގީގަތަކަށް ހެދުމުގަިއ މާލޭ ސިޓީ ކައުންސިލްގެ ދައުރު ހިމެނިފައިވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވި އެވެ.
އަކްރަމް ބަލިކޮށް މާލޭގެ އެމްޑީޕީގެ ރައީސްކަން ޝިފާއަށް
އާ ކައުންސިލަރުންނަށް ސިޓީ ކައުންސިލްގެ ތައާރަފެއް
މާލޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހި ފަށަނީ
ފުލުހުން ބިޒްނަސް ޕާމިޓް ދޫކުރަން ފެށުން މައްސަލައަކަށް
ގަވާއިދާ ހިލާފު ބިދޭސީންނަށް ދެން މަސައްކަތް ނުކުރެވޭނެ
ޑެލިވަރީގެ މައްސަލަތައް މިރޭ ހައްލުވާނެ: ޝިފާ
ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެނީ
ކައުންސިލަރުން ދެބަސްވެ ބައްދަލުވުން ހުއްޓާލައިފި
ބޭނުންވަނީ ސަރުކާރުތަކަށް ބަދަލުނުކުރެވޭ ޕްލޭނެއް: ޝިފާ
ކަންކަން ނުފެންނަ ކަމަށް ހެދި ނަމަ ރަނގަޅުވީސް: ޝިފާ