29 އޯގަސްޓް 2016
ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ލިބޭ އެލައިޑުގެ "ހަލް އިންޝުއަރެންސް" ފޯރުކޮށްދޭން ޓްރާސްޕޯޓް އޮތޯރިޓީއާ އެކު އެލައިޑުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ލިބޭ އެލައިޑުގެ "ހަލް އިންޝުއަރެންސް" ފޯރުކޮށްދޭން ޓްރާސްޕޯޓް އޮތޯރިޓީއާ އެކު އެލައިޑުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި، ކަނޑުމަތީގެ ހާދިސާތަކުގެ ސަބަބުން ދިމާވާ ގެއްލުން ކުޑަކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ފަށާފައިވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން ހެދި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗެއާމަން އަބްދުލް ރަޝީދު ނާފިޒާއި ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަބްދުލް ނާސިރު މުހައްމަދެވެ. އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލާއި ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒް އެވެ.
ރާއްޖޭގައި ފަހަކަށް އައިސް ކަނޑުމަތީގެ ހާދިސާތައް އިތުރުވެފައިވާތީ އެކަމުގެ ސަބަބުން ދިމާވާ ގެއްލުން ކުޑަކުރަން ޓްރާންސްޕޯޓުން ފަށާފައިވާ މަސައްކަތަކީ ރައްޔިތުންގެ ރައްކާތެރިކަމާއި ލާބަ އަށް ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަށް އިތުރުވި ބޮޅެއް ކަމަށް ނާފިޒު ވިދާޅުވި އެވެ.
އެލައިޑުގެ "ހަލް އިންޝުއަރެންސް" ފޯރުކޮށްދިނުމަށް ޓްރާސްޕޯޓް އޮތޯރިޓީއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އޮތޯރިޓީގެ ޗެއާމަން އަބްދުލް ރަޝީދު ނާފިޒް ވާހަކަ ދައްކަވަނީ.-- ފޮޓޯ؛ ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވީ މި އެއްބަސްވުމާ ގުޅިގެން އެލައިޑުން ފޯރުކޮށްދޭ "މެރިން ހަލް ޓޯޓަލް ލޮސް އިންޝުއަރެންސް"ގެ ދަށުން ހާދިސާއެއްގައި އުޅަނދެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ ނަމަ ވެރިފަރާތަށް ލިބޭ މާލީ ނިކަމެތިކަމުގެ ބަދަލު ލިބޭނެ ކަމަށެވެ.
"އަންނަ އަހަރުން ފެށިގެން ހުރިހާ އުޅަނދެއް އިންޝުއަކުރުން ލާޒިމް ކުރާނެ،" ނާފިޒް ވިދާޅުވި އެވެ.
އަމީލް ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން ހަލް އިންޝުއަރެންސް ލާޒިމް ކުރުމާ އެކު ރާއްޖޭގެ ހުރިިހާ ހިސާބަކުން ވެސް މި ސްކީމް ނެގޭނެ ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން އެކަމަށް ހާއްސަ އޮންލައިން ސިސްޓަމެއް ތައާރަފް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީލް (ކ) އާއި ނާފިޒް ވާހަކަ ދައްކަވަނީ
"މިކަމަށް ބޭނުންވާ ހުރިހާ މަސައްކަތްތަކެއް އަންނަ ޑިސެމްބަރު މަހު ނިންމައި މި ހިދުމަތް ޖެނުއަރީ އެއް ވަނަ ދުވަހު ފެށުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" އަމީލް ވިދާޅުވި އެވެ.
ހަލް އިންޝުއަރެންސްގެ ދަށުން އޮޑިދޯނިފަހަރާއި އޮޑިވެރިޔާ އަށް ކަނޑުމަތީގައި ދިމާވާ ގެއްލުންތަކުން ރައްކާތެރިކަން ޔަގީން ކޮށްދެ އެވެ. އެގޮތުން، އުޅަނދާއި އޭގެ އާލާތްތައް އަދި ފަޅުވެރިންނާއި ފަސިންޖަރުންނަށް ދިމާވާ ގުދުރަތީ ހާދިސާތަކާއި އެކްސިޑެންޓްތަކާއި މުދާ އަރުވައި ބޭލުމުގައި ލިބޭ ގެއްލުންތަކަށް ބަދަލު ލިބެ އެވެ.
ހަލް އިންޝުއަރެންސް އެހެން ކުންފުނިތަކަށް ވެސް ދެވިދާނެ
މަހުދީ ޓްރާންސްޕޯޓަށް، ނާފިޒު އިކޮނޮމިކް މިނިސްޓްރީއަށް
ރަށްރަށުގައި ވެސް ސައިކަލު ޓެކްސީގެ ޚިދުމަތް ފަށަނީ
މޮޓޯ އިންޝުއަރެންސް ސްޓިކާ އިލެކްޓްރޯނިކް ކުރަނީ
ޓްރެކް ދަނޑުގެ މަގެއް ދެކޮޅަށް ދުއްވޭ ގޮތަށް ހަދައިފި
ދަތުރުމަތީ މީހުން ނަގާ ޓެކްސީތަކުގެ ހުއްދަ ބާތިލްކުރަނީ
ފުވައްމުލަކު ފަރަށް ލިބުނު ގެއްލުން 633 މިލިއަނަށް
ހުޅުމާލޭގައި ފުލުހުންގެ ދައުރު ބޮޑުކުރަންވެއްޖެ: ނާފިޒް
ލާމު ލިންކުގައި ސްޕީޑް ލިމިޓެއް އަދި ކަނޑައެއް ނާޅާ
ޑްރައިވިން ޓެސްޓް ހެދުމަށް ތައްޔާރުކުރި ތަން ހުޅުވައިފި