19 މާޗް 2019
ލ. ފޮނަދޫން، އެ އަތޮޅު މާމެންދު އަށް ކުޑަ ޑިންގީއެއްގައި ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލައި އައިމިނަތު ޝިމާ، 19، ގެއްލުނު ހާދިސާގެ މިހާތަނަށް ތަހުގީގު ގޮސްފައިވާ ގޮތާ މެދު ފުލުހުން ވަކި އެއްޗެއް ނުބުނާތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ލ. ފޮނަދޫން، އެ އަތޮޅު މާމެންދު އަށް ކުޑަ ޑިންގީއެއްގައި ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލައި އައިމިނަތު ޝިމާ، 19، ގެއްލުނު ހާދިސާގެ މިހާތަނަށް ތަހުގީގު ގޮސްފައިވާ ގޮތާ މެދު ފުލުހުން ވަކި އެއްޗެއް ނުބުނާތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ލ. ގަމު، އިބްރާހިމް ފަޒީލް، 24، އާ އެކު ޑިންގީގައި ދަނިކޮށް އެ ބަންޑުން ޖަހާލައި ޝިމާ ގެއްލުނީ ކަމަށް ފަޒީލް ބުނެ އެވެ. އޭނާ ސަލާމަތްވީ ސިކްސް ސެންސަސް ރިސޯޓްގެ ފަރާ ހަމައަށް ދެވުމުންނެވެ.
މި ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިންނާއި ބައެއް މީހުން ފަޒީލަށް ތުހުމަތުތަކެއް ކުރެ އެވެ. އެކަމަކު އޭނާ ބުނެފައި ވަނީ ޝިމާ ސަލާމަތްކުރަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްކުރި ކަމަށެވެ.
ފަޒީލް މިހާރު ވަނީ ހައްޔަރުކޮށްްފަ އެވެ. އެކަމަކު އެއީ ޝިމާ ގެއްލުނު ހާދިސާއާ ގުޅިގެންނެއް ނޫނެވެ. ޝިމާގެ އަންހެން ކޮއްކޮއަކު ގޮވައިގެން ޑިންގީއެއްގައި މާމެންދޫން، އެހެން ދެ ފިރިހެނުންނާ އެކު ފަޒީލް ދަތުރުކުރަނިކޮށް ފެނިގެން ހުއްޓުވުމަށް ފަހު އެވެ.
އޭނާގެ ބަންދަށް ގަމު މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.
ފަޒީލަކީ ކުށުގެ ރެކޯޑްތަކެއް އޮތް މީހެކެވެ.
Shima ge kokko govaigen dhiumun Fazeel aa eku ithuru 2 meehaku hayyaru koffi
The most trusted news source in the Maldives
Mihaaru
ފަޒީލާއި އިތުރު ބަޔަކު ހައްޔަރު ކުރުން---
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ޝިމާގެ މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދޭން ފުލުހުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކަން މަޑުޖެހިފައި އޮތީ ތަހުގީގު މަރުހަލާ އޮތް ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންވެސްޓިގޭޝަން ސައިޑުން މައުލޫމާތު ލިބުމުން އަޅުގަނޑުމެން ޕްރެސް ކޮންފަރެންސްއެއް ބާއްވައި މީޑިއާތަކަށް މައުލޫމާތު ހާމަކުރާނަން،" އިޒްމިއާ ވިދާޅުވި އެވެ.
Shima hoadhun: mulhi L. atolhu balaifi, ehves ehcheh nufenunu!
The most trusted news source in the Maldives
Mihaaru
ޝިމާ ހޯދަން މުޅި އަތޮޅު ބެލުން--
ޝިމާ ގެއްލުނީ މިދިއަ މަހު 22 ވަނަ ދުވަހުގެ ރެ އެވެ. މޫސުން ގޯސްކޮށް އޮއްވައި ކުރަން ފެށި ދަތުރުގައި ޑިންގީ ބަންޑުން ޖަހާލީ، ފަޒީލް ބުނާ ގޮތުގައި، ތެޔޮ ހުސްވެގެން ތެޔޮ އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޖެހި ރާޅަކުންނެވެ.
ޝިމާއަކަށް ފަތާކަށް ނޭނގެ އެވެ. ފަޒީލް ބުނާ ގޮތުގައި ޝިމާ ސަލާމަތްކުރަން އޭނާ ވަރަށް މަސައްކަތްކުރި އެވެ. އެކަމަކު އޭނާގެ ވާހަކަތައް ޝިމާގެ އާއިލާއަކުން ގަބޫލެއް ނުކުރެ އެވެ. އެ އާއިލާއިން ބުނަނީ ފަޒީލް ވާހަކަ ދައްކަނީ ދެ ފަހަރު ދެ ގޮތަށް ކަމަށެވެ. އެކަމަކު އެ ތުހުމަތުތައް ފަޒީލް ދޮގުކުރެ އެވެ.
ޝިމާ ގެއްލުނު ހާދިސާ ދައްކައިދޭ އިންފޯ ގްރެފިކް: ޝިމާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން--
ފަޒީލް ބުނިފައިވާ ގޮތުގައި އޭނާގެ ޒަމާންވީ ރަހުމަތްތެރިޔާ ޝިމާ ކައްދޫ މަގުން ގަމަށް ދިއުމުން ޝިމާގެ ހުރިހާ ކަމެއް ބެލެހެއްޓީ އޭނާ އެވެ. ޝިމާ ގޮވައިގެން ޑިންގީގައި މާމެންދުއަށް ދާން ފުރީ ކޮންމެހެން ވެސް ރަށަށް ދާން ޝިމާ ބޭނުންވެފައި ހުރުމުން ކަމަށް ފަޒީލް ބުނެ އެވެ.
ހަމަ އެ ރެއިން ފެށިގެން ޝިމާ އާއި ޑިންގީ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންގެ އިތުރުން އާއްމު ރައްޔިތުން އަންނަނީ ކުރަމުންނެވެ. މުޅި ލ. އަތޮޅު ބަލައި ބޮޑު އޮޕަރޭޝަނެއް ވެސް ހިންގި އެވެ. ޑައިވިން ރޮބެޓާއި ވައިގެ މަގުން ޝިމާ ކުރި މަސައްކަތުގައި އޭނާގެ ވެސް އަދި ޑިންގީގެ ވެސް ނިޝާނެއް ނުފެނެ އެވެ.
ޝިމާ ހޯދުން: މުޅި އަތޮޅު ބަލައިގެން ވެސް ނުފެނުނު
"ކުރި މަސައްކަތް ހެއްދެވި ފަރާތަށް އެނގޭނެ"
ޝިމާ ހޯދަން ދެ ފަޅުރަށް ވެސް ބަލައިފި
ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު ޒުވާނާ އަދި ނުފެނޭ
ދަތުރުދިޔަ މީހާ ގެއްލުނީ މޫދަށް ކަމެއް ކަށަވަރެއްނޫން
ގެއްލުނު މީހާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
މަހަށް ނުކުމެ އުޅުނު މީހުން ހޯދަން ޑްރޯން ބޭނުންކުރަނީ
އައްޑޫގައި އިހި ނަގަން ފޭބި ކުއްޖަކު ގެއްލިގެން ހޯދަނީ
މަރުވެފައި އޮއްވައި ފެނުނީ މޫދަށް ފުންމާލި މީހެއް
ހަސަންފުޅު ގެއްލުނުތާ ހަފްތާއެއް؛ އަދިވެސް ހޯދުމުގައި