މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ތަހުގީގުކޮށް މިހާރު ނިމިފައިވާ ކަމަށް، އެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
19 މާޗް 2019
މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ތަހުގީގުކޮށް މިހާރު ނިމިފައިވާ ކަމަށް، އެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމިޝަން އުފެއްދެވީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ 24 މައްސަލައެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއެކު އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ 24 މައްސަލައިގެ ތެރެއިން ބައެއް މައްސަލަތައް ބަލައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އަދި އެ މައްސަލަތަކުގެ އަދަދާއި ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދެއްވަ އެވެ.
އޭނާ ވިދާޅުވީ މައްސަލަތައް ބަލައި ނިމުނުކަމުގައި ވިޔަސް ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ނުލިބުމުގެ ސަބަބުން ދަތިތަކާ ދިމާވާ ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޯޓަށް ހުށަހެޅޭނީ އެ މައްސަލަ ބަލާ އިދާރާއަކަށް ދިން ބަޔާން އެކަނި ކަމަށްވާތީ އެވެ. ނަމަވެސް ބަލައި ނިމިފައި ހުރި މައްސަލަތަކުގައި ކުރިއަށްދާނެ ވަކި ގޮތެއް އަދި ނުނިންމަ އެވެ.
މައްސަލަތައް ބެލުމަށް ފަހު އެކަމުގެ މައުލޫމާތު މަރުވި މީހުންގެ އާއިލާތަކަށް ހިއްސާކުރާނެ އެވެ. އެއަށްފަހު ރައީސް ސޯލިހަށް ރިޕޯޓު ހުށަހެޅުއްވުމަށް ފަހު އެކަންތައް އާއްމުކުރާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުން މިިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބުނެފައިވަނީ، އެ ކޮމިޝަންގެ އަމާޒަކީ ތިން މަހުގެ ތެރޭގައި މައްސަލަތައް ބަލައި ނިންމުން ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި މައްސަލަތައް ބެލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ވެސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެ މައްސަލަތަކުގައި ގުޅުން އެބަހުރި ކަމަށް ވިދާޅުވިއަސް އެ ތިން މައްސަލައިގެ ތަހުގީގު އޮތް ހިސާބެއް ނުބުނެ އެވެ.
މަޒީދާއި ސާމިތުގެ މައްސަލަ ޕީޖީން އަނބުރާ ފޮނުވައިފި
ރިޔާސީ ކޮމިޝަން މާދަމާ 241 ކޮޮމިޓީ އަށް
މަރު ކޮމިޝަންގެ މައްޗަށް ތަހުގީގު ހިންގަންޖެހޭ: ޝަހީމް
ޝަހީމްގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހަށް
މަރު ކޮމިޝަންގެ މަސައްކަތް ކުރިއަށް އެބަދޭ: ހޫދު
ރިޕޯޓާ ގުޅިގެން އެހީތެރިކަމަށް އަދި ނޭދޭ: ޕޮލިސް
ރިޕޯޓް އާއްމުވި މައްސަލަގައިގައި ޝުމްބާއާ ސުވާލުކޮށްފި
ހުސެއިން ވަހީދަށް ފުލުހުންގެ މައްސަލައެއް ނުފެނޭ!
ފުލުހުންގެ އޮޕަރޭޝަން ކަނޑުމަތީގައި ވެސް ފަށައިފި
ރިލްވާންގެ ރިޕޯޓް މަޖިލިހަށް ދޭން އަންގާފައެއް ނުވާނެ