17 މާޗް 2019
މާލޭގައި މިހާރު މީހުން ވަޅުލަން އޮންނަ ހަމައެކަނި ތަން، އާ ސަހަރާ ފުރިގެން އަނެއްކާވެސް އެތަނަށް ފަސް އަޅަން ނިންމައިފި އެވެ.
މާލޭގައި މިހާރު މީހުން ވަޅުލަން އޮންނަ ހަމައެކަނި ތަން، އާ ސަހަރާ ފުރިގެން އަނެއްކާވެސް އެތަނަށް ފަސް އަޅަން ނިންމައިފި އެވެ.
އާ ސަހަރާ ފުރިގެން މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ފަސް އަޅާފައިވާއިރު އެކަމަށް ދާއިމީ ހައްލެއް ގެންނަން، 2017 ގައި އޭރުގެ ސަރުކާރުން ވަނީ، މީހުން ވަޅުލުން ހުޅުމާލެއަށް ވެސް ބަދަލުކޮށްފަ އެވެ.
އެކަމަކު އޭރު ކަނޑު ހުރަސްކޮށް މައްޔިތާ އުފުލަން ޖެހުމާއި ދަތުރުފަތުރުގެ އުނދަގޫތައް ހުރުމުން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމާ އެކު މާ ގިނަ ދުވަހެއް ނުވެ އެކަން ހުއްޓާލީ އެވެ. ފަހުން ނިންމީ ސިނަމާލެ ބްރިޖް ބޭނުންކުރަން ފެށުމުން އެކަން އަލުން ކުރިއަށް ގެންދާށެވެ.
މާލޭ ސިޓީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އާ ސަހަރާގެ ޖާގަ މިހާރު އަނެއްކާވެސް ފުރިފައި ވުމުން އެތަނަށް ފަސް އަޅަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ސަހަރާގެ އިރުމަތީ ފަރާތަށް ފަސް އެޅުމަށް، އެތަނުގައި ހުރި މަހާނަތަކުގެ ގާތައް މި މަސް ނިމުމުގެ ކުރިން ނަގަން އާއިލާތަކަށް، އެ އިއުލާނުގައި ވަނީ އަންގައިފަ އެވެ.
"އެ މުއްދަތުގެ ފަހުން [އާއިލާއިން] ނުނަގާ ހުރި ގާތައް ނަގައި، އެތަނަށް ވެލި އެޅޭނެ ވާހަކަ ދެންނެވީމެވެ،" ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެ އެވެ.
އާ ސަހަރާގައި މިހާރު ވަޅުލަމުން އަންނަނީ މާލެ އާއި ވިލިމާލޭގައި މަރުވާ މީހުންނެވެ.
އާ ސަހަރާގައި ވަޅުލެވޭނީ ހައެއްކަ މަސް ވަންދެން:ރައީސް
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި
އާ ސަހަރާގެ އުސްކޮށް ހުރި ވަށައިފާރު ބާވުމުން ތަޅާލަނީ
ސަހަރާ ނިންމަން އެހީވި މީހުންނަށް ރައީސްގެ ޝުކުރު
އާސަހަރާގެ މިސްކިތުގެ އެއް ބައި ހުޅުވައިފި
އާސަހަރާ ރޯދައަށް ނިންމަން މަސައްކަތްކުރަނީ
ސަހަރާގައި ފެންބޮޑުވުން ހައްލުކުރަން ޑްރެއިން ސިސްޓަމެއް
އާސަހަރާ މަރާމާތުކުރަން އެހެން ކުންފުންޏަކާ ހަވާލުކޮށްފި
އާ ސަހަރާ މަޝްރޫއުގެ އެގްރީމެންޓު ބާތިލްކޮށްފި
އާސަހަރާ ބަންދުކޮށްފި، މީހުން ވަޅުލާނީ ހުޅުމާލޭގައި