Roadha Mihaaru
ފެނަކައާއި ޕީއެސްއެމްގެ ބޮޑެތި މައްސަލަތަކެއް ބަލަނީ

ފެނަކަ އާއި ޕީއެސްއެމްގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އޭސީސީން ބަލަނީ

11 މާޗް 2019

ފެނަކަ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފެނަކަ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ ފެނަކައިގެ އިތުރުން ދައުލަތުގެ މީޑިއާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ވަކި ހާއްސަ ދެ ޓީމެއް ކަނޑައަޅާފައިވާ ކަމަށެވެ. އެ ޓީމުތައް މައްސަލަތައް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭސީސީ އަށް މިިދިޔަ އަހަރު ހުށަހެޅި މައްސަަލަތަކުގެ ތެރެއިން ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނާއި ހިޔާނާތުގެ 238 މައްސަލައެއް ހުށަހަޅާފައި ވެ އެވެ. އޭގެ ތެރޭގައި ފެނަކައިގެ 52 މައްސަލައަކާއި ޕީއެސްއެމްގެ 23 މައްސަލައެއް ހިމެނެ އެވެ. އެކަމަކު އެއީ ކޮން މައްސަލަތަކެއް ކަމެއް މުއައްވިޒް ވިދާޅެއް ނުވެ އެވެ.

"ދެ އިދާރާގައި ވެސް ތަހުގީގު ޓީމުތަކުން އަންނަނީ ހަރަކާތްތެރިވަމުން،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ސްޓޭޓް މީޑިއާ، ޕީއެސްއެމަކީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އިންތިޚާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ޕީޕީއެމްގެ ޕްރޮޕެގަންޑާ ފެތުރުމާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭން ކެމްޕެއިންކުރި މީޑިއާއެކެވެ. އިދިކޮޅު ފަރާތްތަކުގެ އަޑު ރައްޔިތުންނަށް އިއްވަން ފުރުސަތު ނުދީ، ހުރިހާ ވަގުތެއް ޔާމީންގެ ކެމްޕޭނަށް ހުސްކުރިއިރު، ޕީއެސްއެމްގެ ބޯޑުގެ ބައެއް މެމްބަރުން ޔާމީންގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ވެސް ބައިވެރިވެވަޑައިގަތެވެ.

ފެނަކަ ފާހަގަވެފައި ވަނީ ކޮރަޕްޝަންގެ މައްސަލަތައް ބޮޑު ކުންފުންޏެއްގެ ގޮތުގަ އެވެ.