07 މާޗް 2019
ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ، ހަ މަސް ދުވަށް މިއަދުން ފެށިގެން ސަރުކާރުން އިތުރުކޮށްދީފި އެވެ.
ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ، ހަ މަސް ދުވަށް މިއަދުން ފެށިގެން ސަރުކާރުން އިތުރުކޮށްދީފި އެވެ.
އެކަން އިއުލާން ކޮށްދެއްވީ، މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ވިދާޅުވީ ވިހެއުމުން އަންހެނުންނަށް މުސާރައާ އެކު ހަ މަސް ދުވަހުގެ ޗުއްޓީ މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ.
ވިހެއުމާ ގުޅިގެން މިހާރު ލިބެނީ ތިން މަހުގެ މެޓާނިޓީ ލީވެކެވެ. ފިރިންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ލިބެނީ އެންމެ ތިން ދުވަސް ކަމަށް ވީ ނަމަވެސް މިއަދުން ފެށިގެން އެ މުއްދަތު ވެސް ވަނީ އެއް މަހަށް އިތުރުކޮށްދީފަ އެވެ.
ސިވިލް ސަރވިސްގަ ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން މުސާރައާއެކު 6 މަސްދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައިންނަށް މުސާރައާއެކު 1 މަސްދުވަހުގެ ޕެޓާނިޓީ ލީވް ލިބޭ ގޮތަށް އަޅުގަނޑު މިއަދު ހަމަޖައްސައިފިން.
— Ibrahim Mohamed Solih (@ibusolih) March 7, 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޓުވީޓު
މެޓާނިޓީ ލީވްގެ މުއްދަތުގެ އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހަމަޖައްސާފައިވާ ކަމެކެވެ.
ސިވިލް ސާވިސްގައި މިހާރު 13،000 އަށް ވުރެ ގިނަ އަންހެނުން މަސައްކަތް ކުރެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި ހައްގު މަގާމަށް އެ މީހުން ގެންގޮސް ދިނުމަކީ އެންމެންގެ ވާޖިބެއް ކަމަށެވެ. އަދި އަންހެނުންގެ ހާލަތު، އެ އަށް ވުރެ މަތީ މަރުހަލާ އަކަށް ގެންދެވޭނީ އަންހެނުން ބާރުވެރިކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އާދިއްތައިން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވަނީ
ކުރިއަށް އޮތް ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދު
ސަރުކާރުގެ އޮފީސްތައް އާދީއްތަ ދުވަހު ހުޅުވާނެ
މާދަމާ އާއި ބުރާސްފަތީގައި އޮފީސްތައް ނުހުޅުވާނެ
މާދަމާ ސަރުކާރުގެ އޮފީސްތައް ހުޅުވާނެ: ރައީސް
ކަރަންޓީނުގަައި ހުރި މީހަކު އައިޖީއެމްއެޗުގައި މަރުވެއްޖެ
ކޮވިޑް-19: ހަތަރު ވަނަ ހަފުތާއަކަށް ސަރުކާރު ބަންދު
ކައުންސިލަރުންގެ މުސާރަ ބޮޑުކުރާތީ ޝަކުވާ ބޮޑުވެއްޖެ!
މި ވައުދުތަކަށް ރައީސް ދެއްވީ 100 ޕަސެންޓް!
މާބަނޑުމީހާ ބަލިވެއްޖެ ނަމަ އެއް މަހުގެ ޗުއްޓީއެއް!