06 މާޗް 2019
އަންނަ މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި ކެންޑިޑަސީ ފޯމެއް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.
އަންނަ މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި ކެންޑިޑަސީ ފޯމެއް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުން މިިދިޔަ ހޯމަދުވަހު ހުކުމްކުރީ މައްޗަށްގޮޅީ މެދު ދާއިރާއަށް ކުރިމަތިލައްވަން ހުށަހެޅުއްވި އިބްރާހިމް ޒަމީލް، މއ. ސީނުމާގެ ކެންޑިޑަސީއާ ގުޅޭ ގޮތުންނެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ހުށަހެޅި ފޯމު އީސީން ބަލައިނުގަތީ އޭނާގެ ސާބިތު ދަރަންޏެއް އޮވެފައި ހުކުމާ އެއްގޮތަށް ދަރަނި ދައްކަވާފައި ނުވާތީ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަނުކުރެވޭ ޝަރުތުތަކުގެ ތެރޭގައި، ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުން ހިމެނެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ ޒަމީލުގެ 256،000ރ. ގެ ދަރަންޏެއް އޮތް ކަމަށް ސިވިލް ކޯޓުން 2007 ގައި ކުރި ހުކުމުގެ އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނިމިފައިވާ ކަމަށެވެ.
"...އިބްރާހިމް ޒަމީލަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، އިބްރާހިމް ޒަމީލުގެ ކެންޑިޑަސީ ގަބޫލުނުކުރާކަން އިބްރާހިމް ޒަމީލަށް އަންގާފައިވާ އެންގުމަކީ ސައްހަ އެންގުމެއް ކަމަށް ކަނޑައަޅައި، މި ގަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފީމެވެ،" އެންމެ މަތީ ކޯޓުގެ ފުލް ބެންޗުން ނިންމި މައްސަލައިގެ ހުކުމުގައިވެ އެވެ.
މެދު ހެންވޭރު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ކެންޑިޑަސީ ފޯމު ވެސް، ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން، ބަލައިނުގަންނަން އީސީން ނިންމި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ހުކުމްކުރީ އެ ކެންޑިޑެންސީ ބަލައިގަތުމަށެވެ. އެގޮތަށް ހުކުމްކުރި ސަބަބުތަކުގެ ތެރޭގައި ހަސަން ހިމެނޭ މައްސަލަތައް މަތީ ކޯޓުތަކުގައި އިސްތިއުނާފުކޮށްފައި ވާތީ، އެންމެ ފަހުގެ މަރުހަލާތަައް ނިމިފައި ނުވުމެވެ.
އާންމު އިންތިޚާބުގައި ވާދަކުރުމަށް 405 މީހަކު ފޯމު ހުށަހެޅިއިރު އެކި ސަބަބުތަކާ ހުރެ އަށް މީހެއްގެ ކެންޑިޑަސީ ފޯމު ބަލައިގެންފައެއް ނުވެ އެވެ.
ޕްރައިމަރީން ބަލިވިޔަސް ވާދަކުރެވޭނެ އަމުރަކަށް އެދެފި
އައްޑޫގެ މަޖިލިސް ދާއިރާތަކުގެ މައްސަލަ ބޭރުކޮށްލައިފި
ބަޔާން ހުށަނޭޅި މައްސަލާގައި ތަހުގީގު ފުރިހަމަކުރަނީ
ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ މައްސަލަ ޕީޖީ އަށް
އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށަނީ
ވޯޓުލާން ފަސޭހަވާނެ ގިނަ ބަދަލުތައް ގެންނާނަން: ޝަރީފް
އިންތިޚާބީ ޝަކުވާގެ މައްސަލަތަކުގެ ހުކުމް މާދަމާ
އިންތިޚާބީ ޝަކުވާ ހޮނިހިރު ދުވަހު ކޯޓަށް ހުށަހެޅޭނެ
މި އިންތިޚާބުގައި ސަލާމަތީކަންކަން ވަރުގަދަވާނެ: ޕޮލިސް
ބައްދަލުވުންތަކުގައި ޕީޕީއެމް/އެމްޓީޑީ ބައިވެރިއެއް ނުވޭ