04 މާޗް 2019
ވެންކޫވާ (މާޗް 4) - އެމެރިކާގެ އަމުރަކަށް ކެނެޑާ އިން ހައްޔަރުކުރި ޗައިނާގެ ވާވޭ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މެންގް ވަންޒޫ ކެނެޑާއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
ވެންކޫވާ (މާޗް 4) - އެމެރިކާގެ އަމުރަކަށް ކެނެޑާ އިން ހައްޔަރުކުރި ޗައިނާގެ ވާވޭ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މެންގް ވަންޒޫ ކެނެޑާއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
ކެނެޑާގެ ވެންކޫވާގެ އެއާޕޯޓުން މެންގް ވަނީ ޑިސެމްބަރު މަހު ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އީރާނާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް އޮޅުވާލުންތަކެއް ހިންގާފައިވާތީ ކަމަށް ބުނެ އެވެ.
ކެނެޑާގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ބްރިޓިޝް ކޮލަމްބިއާގެ ސުޕްރީމް ކޯޓަށް، ކެނެޑާ ސަރުކާރާއި ބޯޑާ އެޖެންސީއާ ދެކޮޅަށް މެންގް މައްސަލަ ވެއްދީ އޭނާގެ މަދަނީ ހައްގުތަކަށް އަރައިގެންފައިވާތީ އެވެ. އެ މައްސަލަ ކޯޓަށް ވެއްދި ދުވަހު ކެނެޑާ ސަރުކާރުން ވަނީ މެންގް އެމެރިކާއާ ހަވާލު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
މެންގް އެމެރިކާއާ ހަވާލު ކުރަން އުޅޭތީ ޗައިނާ އިން ވަނީ ކެނެޑާ އަށް ފާޑުކިޔައިފަ އެވެ. އަދި އެއީ ސިޔާސީ ގޮތުން ކުރަން އުޅޭ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.
ވާވޭ ކުންފުނީގެ ވެރިޔާގެ ދަރިފުޅު މެންގް، 47، ހައްޔަރު ކުރީ ޑިސެމްބަރު މަހު 1 ވަނަ ދުވަހު އެވެ. އޭނާ މިހާރު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.
ޗައިނާގައި އައިފޯން ވިއްކުން މަނާކޮށްފި
ކަފާލާތުގެ ދަށުން ވާވޭގެ ވެރިޔާ ދޫކޮށްލައިފި
ވާވޭގެ ވެރިޔާ ހައްޔަރު ކުރުމުގައި ސިޔާސީ ކަމެއް ނެތް
ޗައިނާ އާއި ކެނެޑާ އިން ޑިޕްލޮމެޓުން ބޭރުކޮށްލަނީ
ޗައިނާގެ މުވާސަލާތީ ސާމާނު ގަތުން އެމެރިކާ ހުއްޓާލަނީ
ކްރިޕްޓޯ ވިޔަފާވެރިޔަކު އެންމެ މުއްސަނދި މީހުންގެ ލިސްޓަށް
ވާވޭގެ ފަތްޖެހޭ ފޯނު ޗައިނާގެ މާކެޓަށް ނެރެފި
ޗައިނާގެ ފޯނުތައް ބޭނުން ނުކުރަން ލިތުއޭނިއާއިން އެދެފި
ވިޔަފާރިން ގެއްލުނު މަގާމު އަލުން ހޯދާނަން: ވާވޭ
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން