28 ފެބުރުއަރީ 2019
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި، ކަކުލު ހުޅު ބަދަލުކުރުމުގެ ތިން އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފި އެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި، ކަކުލު ހުޅު ބަދަލުކުރުމުގެ ތިން އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފި އެވެ.
މި ހަފުތާ ތެރޭގައި، 60 އަހަރުން މަތީގެ ތިން ފިރިހެނެއްގެ އޮޕަރޭޝަން ކުރީ އައިޖީއެމްއެޗާއި ކުޅުދުއްފުށީ ހޮސްޕިޓަލް ގުޅިގެންނެވެ. އެކަމުގައި އިސްކޮށް އުޅުއްވީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ކަށީގެ ހާއްސަ ޑޮކްޓަރު އަދި ކަށީގެ ޑިޕާޓްމަންޓުގެ ހެޑް، ޑރ. އަލީ މުޒުނީ އެވެ.
ސ. މީދޫ އަދި ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ވެސް މީގެ ކުރިން ވަނީ މީގެ އޮޕަރޭޝަންތަކެއް ކޮށްފަ އެވެ.
މުޒުނީ ވިދާޅުވީ އެ އޮޕަރޭޝަން ކުރި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެއްވެސް ކަމެއް ގޯސްނުވާ ނަމަ އެ މީހުންނަށް މަހެއްހާ ދުވަހުގެ ތެރޭގައި އާންމުކޮށް ހިނގާ އުޅެވޭނެ ކަމަށް މުޒުނީ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރަކީ ވަރަށް ފަހުން ހުޅުވި ތަނެކެވެ. އެތަނުގައި މީގެ ކުރިން ވެސް އޮޕަރޭޝަންތައް ކޮށްފައި ހުރުމުން މާ ބޮޑު ދައްޗެއް ކުރިމަތި ނުވާ ކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން އޮޕަރޭޝަނަަށް ބޭނުންވާ ހުރިހާ އެއްޗެއް ހިފައިގެން ދަނީ. މިކަންތައް ފަސޭހައިން ކުރެވެނީ އެ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި އަޅުގަނޑުމެންނާ ވެސް ކަނެކްޝަން އޮންނަ ވަރަކުން،" މުޒުނީ ވިދާޅުވި އެވެ.
ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަނީ، ހުޅުގެ މަޑުކަށި ގޭނެމުން ގޮސް ބޭހަކުން ވެސް އަދި އެނޫން ގޮތަކުން ވެސް ހައްލުނުވާ ހިސާބަށް ދިއުމުންނެވެ. އެ އޮޕަރޭޝަން ކުރުމުން ވޭން ކެނޑިގެންދާނެ އެވެ.
އައްޑޫގައި ހުޅުބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން މާދަމާ
ޑރ. ނާޒަށް ޑރ. މުޒުނީ ދެއްވި ފުރިހަމަ ފަރުވާ
ކަރުގައި ތާށިވި ރުފިޔާ ނަގަން އުފުލަން ޖެހުނު ތަކުލީފު
ކަރުގައި ތާށިވި ރުފިޔާ އައިޖީއެމްއެޗުން ނަގައިދީފި
ކަރުގައި ރުފިޔާއެއް ތާށިވެގެން ކުއްޖަކު މާލެ ގެނެސްފި
ފަރުވާއަށް 10،000 އަށްވުރެ ގިނަ މީހުން ކިއުގައި
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
އައިޖީއެމްއެޗްގައި އަހަރަކު 2 މިލިއަން ލެބް ޓެސްޓް
އައިޖީއެމްއެޗް ކިއު ކުޑަކުރަން ޖީޕީ ކްލިނިކްތައް ހަދަނީ