Roadha Mihaaru
ހަސަންގެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަންގައިފި

ހަސަންގެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

27 ފެބުރުއަރީ 2019

ސާބިތު ދަރަނީގެ މައްސަލަ އޮތުމުން ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް، ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސާބިތު ދަރަނީގެ މައްސަލަ އޮތުމުން ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް، ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހަސަންގެ ފޯމު ބަލައިނުގަތީ، އޭނާގެ އާއިލާގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާ އެެއްގޮތަށް ފައިސާ ނުދައްކަވާތީ ކަމަށް ބުނެ އެވެ. ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަނުކުރެވޭ ޝަރުތުތަކުގެ ތެރޭގައި، ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުން ހިމެނެ އެވެ.

މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ފޯމު ހުށައެޅުއްވި ހަސަންގެ ޅިޔަނު އަދި ވިލިމާލެއަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކާލާތުކުރެއްވި މައްސަލާގައި، ސުޕްރީމް ކޯޓުން އިލެކްޝަންސަށް އެންގީ، އޭނާގެ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ "ފުރިހަމަނުވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް" ކަމަށެވެ.

އޭގެ އިތުރުން ހުކުމުގައި ބުނެފައި އޮތީ ހަސަން ހިމެނޭ ހުރިހާ މައްސަލައެއް ވެސް މަތީ ކޯޓުތަކުގައި އިސްތިއުނާފްކޮށްފައިވާ ކަމަށެވެ.