Roadha Mihaaru
ބާރުވެރިންނަކީ ރައްޔިތުން، ރައީސެއް ނޫން: ޖަމީލް

ބާރުވެރިންނަކީ ރައްޔިތުން، ރައީސް ޔާމީނެއް ނޫން: ޖަމީލް

26 އޯގަސްޓް 2016

ބާރު އަބަދުވެސް އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަތްޕުޅުގައި ބާރެއް ނެތް ކަމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބާރު އަބަދުވެސް އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަތްޕުޅުގައި ބާރެއް ނެތް ކަމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަން ވައްޓާލަން އުޅޭ ކަމަށް ތުހުމަތުކުރެވުމާ ގުޅިގެން ރައްޔިތުންނަށް ދެއްވަން ބޭނުންވާ މެސެޖަކީ ކޮބައިތޯ "މިހާރު"ން ދެންނެވުމުން ޖަމީލް ވިދާޅުވީ ރައީސަކު އިންތިހާބު ކުރަނީ ވައްކަން ނުކޮށް، ފަސާދަ އާ އެއްކިބާވެ ހުންނަވައި ވެރިކަން ކުރައްވަން ކަމަށެވެ.

އެ މަގުން ކައްސާލައިފިނަމަ، ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތްމަތީގައި ކަން ރައްޔިތުން ހަނދާން ކުރަން ވާނެ ކަމަށް، ރައީސް ޔާމީންގެ ނައިބު ރައީސްކަން ކުރެއްވި ޖަމީލް ވިދާޅުވި އެވެ.

"ކޮންމެ ރައީސަކީ ރައްޔިތުންގެ ހާދިމެއް، ރައްޔިތުންގެ ވޯޓު ހޯދަނީ ވަކި ވައުދެއްވެ، ރައްޔިތުންގެ މުސާރަ ނަގައި، ރައްޔިތުން ދީފައި ހުންނަ ގެއެއްގައި އިނާޔަތާއެކު ތެދުވެރިކޮށް ވައްކަން ނުކޮށް، ހިޔާނާތްތެރިނުވެ ފަސާދަ އާއި ކޮރަޕްޝަނުން އެއްކިބާވެ ވެރިކަން ކުރަން،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިއަދު ސަލާމަތް ބުއްދީގެ އެއްވެސް މީހަކަށް ހައްގު ބަސް ބުނުމަށް ފަހު ރައީސް ޔާމީނާ އެކު މަސައްކަތް ކުރެވުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

އިއްތިހާދުވިޔަސް، އަދި އެ ނޫން ގޮތަކަށް ވިޔަސް ހިދުމަތްތެރި ސަރުކާރެއް ކާމިޔާބުކަމާއެކު ހިންގޭނީ ރައްޔިތުންނަށް އިހްލާސްތެރި ވެރިޔަކު އައިސްގެން ކަމަށް ޖަމީލް ވިދާޅުވި އެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ބުނެފަ އެވެ. ބީބީސީގައި އިއްޔެ ޝާއިއުކުރި ރިޕޯޓެއްގައި އިތުބާރު ހުރި ފަރާތްތަކާ ހަވާލާ ދީ ބުނެފައި ވަނީ ރައީސް ޔާމީން ވެރިކަމުން ދުރުކުރުމުގެ "ފިޔަވަޅުތައް" ވަރަށް އަވަހަށް އަޅަން ރާވާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ބުނި އިރު، އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އިދިކޮޅު ލީޑަރުން ވަނީ އެއްގަލަކަށް އަރުއްވައި އިދިކޮޅު އިއްތިހާދެއް އުފައްދަވައިފަ އެވެ.

ސަރުކާރު ވައްޓާލައި އިންތިގާލީ ވެރިކަމެއް ގާއިމްކުރަން އުފެއްދި އެ އިއްތިހާދުގެ ބައެއް ލީޑަރުން ވަނީ އަވަށްޓެރި ސްރީ ލަންކާ އަށް ވަޑައިގެންފަ އެވެ.