24 ފެބުރުއަރީ 2019
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީބާއި ހަމަ އެ އޮފީހުގެ އިސް މަގާމެއްގައި ހުންނެވި އޭނާގެ އަނބިކަނބަލުން އުމްނިޔާ މުސްތަފާ، އެޑިއުކޭޝަން މިނިސްޓްރީގެ އެހެން ދެ އިދާރާއަކަށް ބަދަލުކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީބާއި ހަމަ އެ އޮފީހުގެ އިސް މަގާމެއްގައި ހުންނެވި އޭނާގެ އަނބިކަނބަލުން އުމްނިޔާ މުސްތަފާ، އެޑިއުކޭޝަން މިނިސްޓްރީގެ އެހެން ދެ އިދާރާއަކަށް ބަދަލުކޮށްފި އެވެ.
ޑީޕީއީގެ ވެރިއަކަށް ޝަކީބު ހުންނަވާތާ 11 އަހަރު ފަހުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އޭނާ ބަދަލުކޮށްފައި ވަނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށެވެ. އޭނާގެ އަނބިކަނބަލުން އުމްނިޔާ ބަދަލުކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޑިޕާޓްމަންޓަށެވެ.
ޑީޕީއީގައި އުޅުއްވަމުން ކައިވެނި ކުރެއްވި އެ ދެ ބޭފުޅުންނާ ގުޅޭ ގިނަ ޝަކުވާތަކެއް އެތަނުގެ މުވައްޒަފުން ވަނީ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިފަ އެވެ. އޭސީސީން ވަނީ އެ ޝަކުވާތައް ބެލުމަށް ސިވިލް ސާވިސް ކޮމިޝަނަށް ވެސް އަންގައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ސަރުކާރުން އެ މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން އެކި ޑިޕާޓްމަންޓުތަކުގައި ތިއްބެވި މުވައްޒަފުން ބަދަލު ކުރަމުން އަންނަ ކަމަށެވެ. އެއީ ވަކި ބޭފުޅަކާ ދޭތެރޭ އަޅާ ފިޔަވަޅެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
Shakeebge massalathah balan ACC in CSC ah fonuvaifi
The most trusted news source in the Maldives
Mihaaru
ޝަކީބުގެ މައްސަލަ ބަލަން އެންގުން--
މިދިޔަ މަހު ކުރީކޮޅު ޑީޕީއީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭސީސީގެ އިތުރުން އެޗްއާރުސީއެމާއި ވަޒީފާއާ ބެހޭ ޓްރެބިއުނަލަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ޝަކީބުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެގޮތުން އެ އޮފީހުގެ އިސް މަގާމެއްގައި ހުންނެވި ޝަކީބްގެ އަނބިކަނބަލުން އުމްނިޔާ މުސްތަފާއާ އެހެން މުވައްޒަފުން ތަފާތުކުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ކަމާ ބެހޭ ފަރާތްތަކަށް ހުށައެޅި މައްސަލަތަކުގައި ޑީޕީއީގެ މުވައްޒަފުން އެދިފައި ވަނީ އެކަންކަން ބަލައި، ވީހާ ވެސް އަވަހަކަށް އޭނާ މަގާމުން ދުރުކޮށްދިނުމަށެވެ.
އިމްތިހާނުތަކާ ގުޅޭ ކަންކަން ބަލަހައްޓާ ޑީޕީއީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން މިހާރު ހުންނެވީ އެތަނުގެ ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު އާޒިމް އަބްދުލްހާދީ (އާޒިމްބެ) އެވެ.
އެސްއެސްސީ އިސްލާމް ޕޭޕަރު ލީކެއް ނުވޭ: އެޑިއުކޭޝަން
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
އޭލެވެލް ސިލަބަސް ބަދަލުކުރަން ނިންމި ނިންމުން ބާތިލް
ޕްރިންސިޕަލުން އެދެނީ އޭ ލެވެލް އިމްތިހާނު ފަސްކުރަން
އޭ ލެވެލްގެ ކެމިސްޓްރީ ކަރުދާސް ވެސް ލީކުވެއްޖެ
އޮކްޓޯބަރުގައި އޭ ލެވެލް އިމްތިހާނު ހެދުމުގެ ފުރުސަތު
އޯލެވެލް ސެޓްފިކެޓްތައް ސެންޓަރުތަކަށް ފޮނުވަން ފަށައިފި
"ބޯޑަރުތައް ބަންދުކޮށްފައިވާތީ ސެޓްފިކެޓު އަދި ނުލިބޭ"
އޯލެވެލް ހަދާ ދަރިވަރުންނަށް ހައްލުހޯދަން މަޝްވަރާކުރަނީ
އޭލެވެލް އިމްތިހާނު ފަސްކޮށްފި