21 ފެބުރުއަރީ 2019
އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ފާތިމަތު އާޝާން މިފްކޯ އަށް ބަދަލުކޮށް، އެހެން ދެ ބޭފުޅަކު ވަޒީފާ އިން ވަކިކޮށްފި އެވެ.
އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ފާތިމަތު އާޝާން މިފްކޯ އަށް ބަދަލުކޮށް، އެހެން ދެ ބޭފުޅަކު ވަޒީފާ އިން ވަކިކޮށްފި އެވެ.
އާޝާން ބަދަލުކުރީ، އެސްޓީއޯގެ ދަށުން ހިންގާ، ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށެވެ.
އެސްޓީއޯ އިން ވަކިކުރީ، ޕްރޮކިއުމެންްޓް ޑިޕާޓްމެންޓުގެ އިސްވެރިއަކަށް ހުންނެވި ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު އާއި އެނާޖީ އަދި ސްޓޭޕަލް ފުޑްސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ރަމްޒީ އަބޫބަކުރެވެ.
އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބައެއް މަގާމުތަކަށް ބަދަލު ގެނައީ އެސްޓީއޯގެ ހިންގުން ހަރުދަނާކުރަން އޮނިގަނޑަށް ގެނައި އިސްލާހުތަކަކާ ގުޅިގެން ކަމަށެވެ. އެ ކުންފުނި ވަރުގަދަކުރަން، ބަދަލުތައް ގެންނަވާނެކަން އާ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އިއުލާން ކުރެއްވި ކަން ވެސް އޮފިޝަލް ފާހަގަކުރެއްވި އެވެ.
"ބައެއް ޑިޕާޓްމެންޓުތަކާ އެކު އޮނިގަނޑަށް ބަދަލު ގެނައީ ކުންފުނި ހިންގުން ހަރުދަނާ ކުރަން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ 82 ޕަސެންޓް ހިއްސާ އޮންނަ އެސްޓީއޯ އަށް ލިބޭ ފައިދާ އެއް އަހަރުން އަނެއް އަހަރަށް ދަނީ ދަށަށެވެ. އެއާ އެކު، ކުރީގެ ސަރުކާރުގައި، ސިޔާސީ ކަންކަމުގައި އެސްޓީއޯގެ ދައުރު ބޮޑުކޮށް، ކުންފުންޏަށް ގެއްލުންވަމުންދާ ގޮތަށް އަމަލުކުރި ކަމުގެ ޝަކުވާ ވެސް ބޮޑުވި އެވެ.
އެކަންކަމުން އަރައިގަނެ، އެސްޓީއޯ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފައިދާވާ ކުންފުންޏަށް ހެދުމުގެ ޕްލޭނެއް ގެންގުޅުއްވާ ކަމަށް އަމްރު ވަނީ ވިދާޅުވެފަ އެވެ. ކުންފުނީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، އަމިއްލަ ވިޔަފާރިތަކަށް ގޮންޖެހުމަކަށް ނުވާނެ ފަދަ ގޮތަކަށް އެސްޓީއޯގެ ވިޔަފާރިތައް ބައްޓަން ކުރައްވާނެ ކަމަށް ވެސް އަމްރު ވިދާޅުވެފައި ވެ އެވެ.
އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކޮށްފި
ރޯދަމަހު ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް
މިފްކޯ އަނެއްކާވެސް ވަކި ކުންފުންޏަކަށް ހަދައިފި
އައިޓީއެފްސީގެ ބޮޑު އެހީއެއް އެސްޓީއޯ އާއި މިފްކޯ އަށް
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިފްކޯގެ ރެކެއް
އެފްއެންޑްބީ ޝޯ ސެންޓްރަލް ޕާކުގައި ފަށައިފި
އެސްޓީއޯ އަށް ފައިދާ ނުވީ މިފްކޯއާ ހެދި: އަމްރު
މިފްކޯ މި މަހު އެސްޓީއޯއާ ވަކިން ހިންގަން ފަށަނީ
މިފްކޯ މިއަހަރު އަމިއްލަ ފައިމައްޗަށް ތެދުވާނެ: ރައީސް
މަސް ބޯޓުގެ އަގު ދޮޅު އަހަރުން ހޯދޭނެ: އަމްރު