Roadha Mihaaru
"ކޮބާސާފު" ކެމްޕެއިން ވައިގައި ހިފައި މުޅި ރާއްޖެއަށް

"ކޮބާ ސާފު" ކެމްޕެއިން ވައިގައި ހިފައި މުޅި ރާއްޖެ އަށް

17 ފެބުރުއަރީ 2019

އެންމެ ފުރަތަމަ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ޕްލާސްޓިކް ފުޅި އާއި ދަޅާއި ސިމެންތި ކޮތަޅާއި ކަރަންޓު ނަރާއި ޕެކެޓާއި ސުޕާރި ޕެކެޓާއި ކުނިވާ ޒާތުގެ އެކިއެކި ކުނިބުނި ނަގައި ފަރުދީ ޒިންމާ އަދާކުރި އެވެ. "ކޮބާ ސާފު" މި ޝިއާރުގެ ދަށުން ހުޅުމާލޭގައި ފެށި އެ މަސައްކަތް ފުޅާވެ، އެ ހަރަކާތް މުޅި ރާއްޖެ އަށް މިހާރު ވަނީ ފެތުރިފަ އެވެ. ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން ރަށްތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު އަތުކުރި އޮޅާލައިގެން ނުކުމެ، އެ މީހެއްގެ ރަށް ސާފުތާހިރުކޮށް ބެހެއްޓުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނަތީޖާ އަކީ މިއީ އެވެ؛ ރާއްޖެ ސާފު ކުރުމުގެ ހަރަކާތަކީ ބޮޑު ޗެލެންޖަކަށްވެ، ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖެ ސާފު ކުރުމަށް އަމާޒު ހިފައި، އެކަން އެހެރަ ހަގީގަތަކަށް ހަދަނީ އެވެ. "އެއްގަމާއި މޫދު ޕްލާސްޓިކްގެ ޝިކާރައަކަށް ވެދިޔަ ނުދީ"، "އަޅުގަނޑުމެން ގައުމު ސާފުތާހިރު ކަން މަތީ އަބަދަށް" "ތިމާވެއްޓާ ރައްޓެހި ތަނަކަށް ރާއްޖެ ހަދަމާ" މިފަދަ ޝިއާރުތައް ކުރިއަށް ނެރެގެން ރައްޔިތުން ނުކުތީ އެވެ.

ރަށެއްގެ ފަޅު ތެރޭގައި ހުރި ކުނިތަކެއް ދެ މީހަކު ނަގަނީ.

ރަށެއްގެ ފަޅު ތެރޭގައި ހުރި ކުނިތަކެއް ދެ މީހަކު ނަގަނީ.

ބޮޑެތި ގޯނި ގޯންޏަށް ކުނިބުނި އަޅައިގެން، "މަވެސް ސާފުކޮށްފިން" އެ ޝަރަފް ހޯދި އެވެ.

ރާއްޖެ ސާފު ކުރުމުގެ ބޮޑު ހަރަކާތް ފެށީ ދިވެހި ޒުވާނުންގެ ޖަމިއްޔާ އިންނެވެ. އެ ޖަމިއްޔާގެ ރައީސް ހަސަން ޝަހީދު (ސަންޗޭޒް) އޭނާގެ ރައްޓެހިންނަށް ކުރި ޗެލެންޖް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނާ ހަމައަށް ގޮސް، އެމީހުން ވެސް މިކަމުގައި ބައިވެރިވެ، އެމީހަކު ހުރި ތަނެއް ސާފު ކުރުމުގެ މަސައްކަތް ފަށައި، ކާމިޔާބު ހަރަކާތަކަށް ހެދީ އެވެ.

ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މިއަދު ހުއްޓިފައި އެވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ސާފު ކުރުމުގެ ހަރަކާތަށެވެ. ހާއްސަކޮށް، މި ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވުމަކީ ޝަހީދަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ރާއްޖޭގެ ރަށެއްގައި ބަޔަކު ސާފު ކުރުމުގެ ހަރަކާތް ހިންގަނީ.

ރާއްޖޭގެ ރަށެއްގައި ބަޔަކު ސާފު ކުރުމުގެ ހަރަކާތް ހިންގަނީ.

ޝަހީދު "މިހާރު" އަށް ބުނީ ސާފު ކުރުމުގެ ހަރަކާތުގެ ދަށުން އެންމެ ފުރަތަމަ ޗެލެންޖް ކުރީ ފަސް ރައްޓެހިންނަށް ކަމަށެވެ. އެގޮތުން، އެ ފަސް ރައްޓެހިންނަށް ކުރި ޗެލެންޖު ކާމިޔާބުކަމާ އެކު ކުރިއަށް ގޮސް، އިތުރު މީހުންނަށް ޗެލެންޖް ކުރުމުން ރާއްޖެ އަށް އެކަން ފެތުރުނު ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ ރަށެއް ސާފު ކުރުމަށް ފަހު ބަޔަކު ފޮޓޯއަކަށް ހުއްޓިގެން.

ރާއްޖޭގެ ރަށެއް ސާފު ކުރުމަށް ފަހު ބަޔަކު ފޮޓޯއަކަށް ހުއްޓިގެން.

"ބެލެވޭ ގޮތުގައި މިހާތަނަށް 50 އަށް ވުރެ ގިނަ ރަށުގައި ދިރިއުޅޭ މީހުން ނުކުމެ، 10 ޓަނަށްވުރެ ގިނަ ޕްލާސްޓިކް ނަގާފައި ވަނީ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެހެން ބައެއް ރަށްތަކުން ސާފު ކުރާ ގޮތަށް ހަމަޖެހިފައި އޮތީ. މިއީ ހަގީގަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ރާއްޖެ އަށް ލިބޭ،" ޝަހީދު ބުންޏެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ހުޅުމާލެ ދާއިރާ އަށް ވާދަކުރާ ޝަހީދު ބުނި ގޮތުގައި، އޭނާގެ އަމާޒަކީ ދިވެހިންގެ ސަގާފަތް ގެއްލުނަ ނުދީ ހިފެހެއްޓެމެވެ. އަދި ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމަކީ އަމާޒެއް ކަމަށް ވެސް ޝަހީދު ބުންޏެވެ.

ހުޅުމާލޭގައި މީހަކު ކުނިތަކެއްގެ ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން.

ހުޅުމާލޭގައި މީހަކު ކުނިތަކެއްގެ ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން.

"އަޅުގަނޑު ދެކޭ ގޮތުގައި އެ ރަށެއްގެ ބަޔަކު ނުކުމެ އެ ރަށެއް ސާފު ކުރަން ވާނީ. މުސްތަގުބަލް އުޖާލާ ކުރަން މަސައްކަތް ކުރަން ވާނީ ހަމަ ދިވެހިން. މީގެ ކުރިން ފެނުނު ލާމަސީލު ގޮތްތައް އަލުން ގެނައުން ބޭނުމަކީ. އެބައެއް ދިރިއުޅޭ ތަނެއް އެބަޔަކު ރީއްޗަށް ބާއްވަން މަސައްކަތް ކުރަން ވާނީ،" ޝަހީދު ބުންޏެވެ.

މީގެއިތުރުން އަމިއްލަ ފަރުދީ ޒިންމާ އަދާކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެއްގެ ގޮތުގައި ރާއްޖެ ހަދަން އަބަދުވެސް ބޭނުންވާ ކަމަށް ވެސް ޝަހީދު ބުންޏެވެ.

"އަޅުގަނޑުގެ ހުވަފެނެއް ޕްލާސްޓިކް ބޭނުން ނުކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ ހެދުމަކީ،" ޝަހީދު ބުންޏެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި އުޅޭ ކުދި ބޮޑު އެންމެން ޝަހީދު ބުނި ގޮތަށް ފަރުދީ ޒިންމާ އަދާކުރުމުގެ މަސައްކަތް ފަށައިފި އެވެ. "މަވެސް ސާފުކޮށްފިން" ކަމަށް ބުނެ، އެ ލަގަބު ލިބިގަތެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރަށް ހަޑިވެއްޖެނަމަ، އެތަން ސާފު ކުރުމުގެ މަތިވެރި ނިޔަތުގަ އެވެ.