14 ފެބުރުއަރީ 2019
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން ފައިސާ ޖަމާކުރީ ޑޮލަރު ގަތުމުގެ މުއާމަލާތްތަކާ ގުޅިގެން ކަމަށް ފައިސާ ޖަމާވި ބައެއް ކުންފުނިތަކުން މިއަދު ބުނެފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން ފައިސާ ޖަމާކުރީ ޑޮލަރު ގަތުމުގެ މުއާމަލާތްތަކާ ގުޅިގެން ކަމަށް ފައިސާ ޖަމާވި ބައެއް ކުންފުނިތަކުން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުގެ ރިޕޯޓް މިއަދު އާންމު ކުރިއިރު، އެ ރިޕޯޓްގައިވާ ގޮތުން ބައެއް އަމިއްލަ ކުންފުނިތަކާއި ބައެއް ވަކިވަކި މީހުންގެ އެކައުންޓްތަކަށް ވެސް އެސްއޯއެފުން ފައިސާ ޖަމާ ކޮށްފައި ވެ އެވެ.
ފައިސާ ޖަމާވި ކަމަށް އެ ރިޕޯޓުން ހާމަވި އެއް ކުންފުނި ކަމަށްވާ ވިލާ ޓްރެވަލްސް އިން ނެރުނު ބަޔާނެއްގައި ވަނީ އެ ކުންފުނީގެ އެކައުންޓަށް އެސްއޯއެފުން 700،000 ޑޮލަރު ޖަމާކުރީ ވިލާގެ ބޭނުމަށް ޑޮލަރު ގަތުމުގެ މުއާމަލާތަކާ ގުޅިގެން ކަމަށެވެ. އަދި ވިލާ އިން ކުރާ ވިޔަފާރީގެ ގޮތުން އެ ކުންފުންޏަށް ބޭރު ފައިސާ ބޭނުންވާތީ ޑޮލަރު ގަތުމަކީ އަބަދުވެސް ކުރާ ކަމެއް ކަމަށް ވިލާ އިން ބުނެ އެވެ.
އެސްއޯއެފުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ވިލާ ޓްރެވަލްސް އަށް 700،000 ޑޮލަރު ދިނުމުން އެ ޑޮލަރަށް ވާ ދިވެހި ރުފިޔާ އެސްއޯއެފް އަށް ބަރާބަރަށް ދީފައިވާނެ ކަމަށް ވެސް ވިލާގެ ބަޔާނުގައި ވެ އެވެ. އަދި އެ މުއާމަލާތާ ގުޅިގެން މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެ ކުންފުންޏާ ސުވާލު ނުކުރާ ކަމަށް ވެސް ވިލާ ޓްރެވަލްސް އިން ބުންޏެވެ.
ފައިސާ ޖަމާވި ކަން ހާމަވި އެހެން ކުންފުންޏެއް ކަމަށްވާ މެގަ ޗިޕުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ އެކައުންޓަށް 9،000 ޑޮލަރު އެސްއޯއެފުން ޖަމާކުރީ ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެއްގެ ތެރެއިން ކަމަށެވެ. އަދި އެ 9،000 ޑޮލަރަކީ މެގަ ޗިޕުގެ ބޭނުމަށް ޑޮލަރު ހޯދަން އަމިއްލަ ފަރާތަކަށް ދިވެހި ރުފިޔާ ދިނުމުން ޓްރާންސްފާ ކުރި ޑޮލަރު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ބައެއް ކުންފުނިތަކުގެ އިތުރުން ފައިސާ ޖަމާވި މީހުންގެ ތެރޭގައި ސިޔާސީ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެގޮތުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފާއި ޕްލޭނިިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވެސް އެސްއޯއެފް އިން ފައިސާ ޖަމާވެފައިވާތީ އެ ދެ ބޭފުޅުން ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ވަނީ އަންގަވައިފަ އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
ހިޔާނާތުގެ 5މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަނީ
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި
ހިޔާނާތުން ގެއްލުވާލާ ފައިސާ އާއި މުދާ ހޯދާނެ ނިޒާމެއް
ހިޔާނާތުގެ ފައިސާ ސިންގަޕޫރުގައި ހުރިތޯ އޭސީސީން ބަލާނެ
އެމްއެމްޕީއާރުސީ ތަހުގީގު: އަމާޒަކީ ނަތީޖާ އަވަސްކުރުން
ހިޔާނާތުގެ ތަހުގީގު އެއްބަސްވުންތައް ހާމަކުރަން އެދިއްޖެ
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ