އިމިގްރޭޝަން ބައެއް މުވައްޒަފުން ތުނބުޅި އާއި ބޯ ދިގުކޮށް، ޔުނިފޯމް މިންގަނޑާ ހިލާފުވާތީ އެކަން ރަނގަޅު ކުރަން އަންގައި، މޯލްޑިވްސް އިމިގްރޭޝަނުން މުހުލަތެއް ދީފި އެވެ.
25 އޯގަސްޓް 2016
އިމިގްރޭޝަން ބައެއް މުވައްޒަފުން ތުނބުޅި އާއި ބޯ ދިގުކޮށް، ޔުނިފޯމް މިންގަނޑާ ހިލާފުވާތީ އެކަން ރަނގަޅު ކުރަން އަންގައި، މޯލްޑިވްސް އިމިގްރޭޝަނުން މުހުލަތެއް ދީފި އެވެ.
އިމިގްރޭޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ އެތަނުގެ ބައެއް މުވައްޒަފުންގެ ތެރެއިން މަދު މުވައްޒަފުންތަކެއް ޔުނިފޯމްގެ މިންގަނޑާ ހިލާފަށް އުޅެމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ ޔުނިފޯމް އެޅުމުގެ ގަވާއިދު ބުނާ ގޮތުން ފިރިހެން މުވައްޒަފެއްގެ ތުނބުޅި ބަހައްޓަން ޖެހޭނީ ދެ ސެންޓިމީޓަރަށް ވުރެ ދިގުނުވާ ވަރަށެވެ.
އިމިގްރޭޝަނުން ނިންމީ އަންނަ މަހުން ފެށިގެން އިސްތަށިގަނޑާއި ތުނބުޅި އާއި މަތިމަސް އަދި ފަޓުލޫނުގެ ފައިކުރި ޔުނިފޯމްގެ މިންގަނޑަށް ނުހުންނަ މުވައްޒަފުން ފާހަގަކޮށް، މިންގަނޑާ އެއްގޮތަށް ޔުނިފޯމް އަޅަން މުހުލަތެއް ދޭށެވެ.
އިމިގްރޭޝަން މުވައްޒަފުންނަކީ ކޯޑު އޮފް ކޮންޑަކްޓަށް ތަބާވާ ބައެއްގެ ގޮތުގައި ހެދުމުގެ މުހިއްމުކަމާ މެދު އެތަނުގެ އިސް ވެރިން ވަނީ މަޝްވަރާކޮށްފަ އެވެ.
އިމިގްރޭޝަނުން ބުނީ ޔުނިފޯމް އެޅުމުގެ މިންގަނޑާ ހިލާފުވާ މުވައްޒަފުން އެކަން ރަނގަޅުކުރުމަށް ފަހު ފުރަތަމަ ހާޒިރުވާން ޖެހޭނީ އިމިގްރޭޝަންގެ ހެޑް އޮފީހަށް ކަމަށެވެ.
އިމިގްރޭޝަންގެ ރަސްމީ ގަޑި ހެނދުނު 8 އިން 2 އަށް
އިމިގްރޭޝަންގެ އިސް ދެ އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި
ބޯޑާ މައިލްސްއަށް މިލިއަނެއް،އަހަރުގެ އަމާޒަށް ދެވިއްޖެ
ބިޒްނަސް ވިސާ ދޫކުރެވޭ މުއްދަތު ހަ މަހަށް އިތުރުކޮށްފި
ބިޒްނަސް ވިސާ ނަހަމަ ގޮތުގައި ބޭނުން ކުރޭ:ކޮންޓްރޯލާ
ދިވެހި ޕާސްޕޯޓް: މި އަހަރު ވެސް ސަރަހައްދުން އެކެއް
ލައިސަންސްގެ ބަދަލުގައި ޕާސްޕޯޓް ކާޑު ގަބޫލެއް ނުކުރާނެ
ފްލައިޓެއް ކްލިއަކުރަން މިހާރު ނަގާނީ 15 މިނިޓް
ބިދޭސީން އެތެރެކުރި މީހުންގެ މައްސަލަ ހަނދާން އެބަހުރި
އިމިގްރޭޝަނަށް 93 ޕަސެންޓުގެ ކުރިއެރުމެއް