މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބަހަލައްޓާ ޖަލުތަކުގައި ތިބި ގައިދީންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުން މާދަމާއިން ފެށިގެން ޖަލަށް ޒިޔާރަތްކުރަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
04 ފެބުރުއަރީ 2019
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބަހަލައްޓާ ޖަލުތަކުގައި ތިބި ގައިދީންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުން މާދަމާއިން ފެށިގެން ޖަލަށް ޒިޔާރަތްކުރަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުލިބޭ މައްސަލަ ހައްލު ކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.
ކަރެކްޝަނަލް ސާވިސް އާއި އައިޖީއެމްއެޗާ ދެމެދު ވަނީ ގައިދީންނަށް ފަރުވާ ދިނުމާ ބެހޭ އެއްބަސްވުމެއް ހަދައިފަ އެވެ. އެގޮތުން ގައިދީން ދެއްކުމަށް ކޮންމެ ދުވަހަކު ވެސް ވަކި އަދަދަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ނަމްބަރު ދޫކުރުމާއި ޖަލަށް ޑޮކްޓަރުން ގޮސް ބަލި މީހުން ބެލުން ހިމެނެ އެވެ.
މާފުށީ ޖަލު: އެޖަލުގައި ތިބި ގައިދީންނަށް ފަރުވާ ދިނުމަށް މާދަމާއިން ފެށިގެން ޑޮކްޓަރުން ޖަލަށް ދިއުމަށް ވަނީ ނިންމާފައި-- ފޮޓޯ: މިހާރު
މާފުށީ ޖަލުގައި މާދަމާ ފަރުވާ ދޭން ނިންމާފައިވަނީ ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެކެވެ. އެ ޖަލުގެ ޑޮކްޓަރަކަށް ހުންނަނީ އާއްމު ބަލީގެ ޑޮކްޓަރެކެވެ.
"ކޮންމެ ހަފުތާއަކު ދެ ފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ނަމަވެސް ޑޮކްޓަރުން ޖަލަށް ގޮސް ފަރުވާ ދޭނެ. ބައެއް ފަހަރު ހަމުގެ ހާއްސަ. އަނެއްބައި ފަހަރު ދަތުގެ ހާއްސަ ޑޮކްޓަރުން. އެގޮތަށް އެކި ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ދާނެ،" ކަރެކްޝަނަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހުރިހާ ޖަލެއްގައި ޑޮކްޓަރުން ތިބުން ގަވައިދުން ލާޒިމް ކުރާއިރު ޑޮކްޓަރުން ހޯދުމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ އިއުލާން ކޮށްފަ އެވެ.
މާފުށީ ޖަލުގައި ހާހަކަށް ވުރެ ގިނަ ގައިދީން ތިބިއިރު އެންމެ ގިނަ ގައިދީން ފަރުވާ ހޯދަން އެދެނީ ހަމުގެ ބަލިތަކާއި ދަތުގެ މައްސަލަތަކަށެވެ. ކަރެކްޝަންސް އިން ބުނެފައިވާ ގޮތުގައި، ދުވާލެއްގެ މައްޗަށް މިހާރު ތިރީހަކަށް ގައިދީން ޑޮކްޓަރަށް ދައްކަ އެވެ. މިހާރުވެސް ތިން ގައިދީއަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު 12 ގައިދީއަކު އޮޕަރޭޝަންތައް ކުރުމަށް ނަން ނޯޓްކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
Gaidheen faseyhain doctor ah dhekkey goiy hadhaifi
The most trusted news source in the Maldives
Mihaaru
ގައިދީން ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެއްސުން--
- ޑޮކްޓަރަށް ދައްކަން ގެންނަ ގައިދީން އައިޖީއެމްއެޗްގައި އާއްމުންނާ ވަކިން އެޑްމިޓްކޮށްގެން ގެންގުޅެވެ ގޮތް ހަމަޖެއްސުން. - ޖަލުތަކަށް ސްޕެޝަލިސްޓުން ޒިޔާރަތްކުރުން. ގައިދީން އެޑްމިޓްކުރަން ދެ ކޮޓަރި ހާއްސަކޮށްފައި ބެހެއްޓުން. ޑޮކްޓަރުންނަށް ދައްކަން ގައިދީންނަށް ވަކި އަދަދެއްގެ ނަމްބަރު ކޮންމެ ދުވަހަކުވެސް ހާއްސަކުރުން.
މިފަހަކުން ގިނަ އަދަދެއްގެ ގައިދީން މަރުވެފައިވާއިރު އެ މީހުންނަށް އެކަށީގެންވާ ބޭސް ފަރުވާގެ ފުރުސަތު ނުލިބިވި ކަމަށް އާއިލާތަކުން ބުނެ އެވެ.
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
ޖަލުން ކުރާ ހުރިހާ ފޯން ކޯލެއް މިހާރު މޮނިޓަކުރެވޭނެ
ޖަލަށް ފޯނެއް ވެއްދުމުގެ ފެށޭ އަގު: 10،000ރ.
ގައިދީންނަށް އޮންލައިންކޮށް ފައިސާ ފޮނުވޭ ގޮތް ހަދައިފި
ޓީބީ ކްލިނިކް ތެރެއިން ގައިދީއަކު ފިލައިފި
ޖަލުގައި ހިނގި ކަންކަން ހަމައަކަށް އެޅިއްޖެ: މުނާޒް
ޖަލުތަކުގެ އިސްލާހު "ވާނުވާގައި"، ހިތްހަމަނުޖެހުން!
ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރެއަށް ދޫކޮށްލާފައި!
ރާވައިލެވޭ ޖަލެއް ގެނަޔަސް ބޭނުމެއް ނުކުރޭ: އުމަރު
ގައިދީންނާ ހަވާލުވާން ފަށައިފިން: ކަރެކްޝަންސް