02 ފެބުރުއަރީ 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިންތިހާބުވެވަޑައިގެންފައި ވަނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ކާނިވަލުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ވެރިކަން އުފެދިގެން އައީ ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި އެކަނި ކަމަށެވެ. އަދި ވެރިކަން އުފެދިގެން އައީ އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ވައުދުތައް ފުއްދަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ނަޝީދު ރޭ ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތަކަކީ އަކުރުން އަކުރަށް، ރަނުން ރަނަށް، ފުއްދާނެ ވައުދުތަކެއް،" ރައީސް އާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
ސަރުކާރު އުފެދުނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރަން ކަމަށް ނަޝީދު ވިދާޅުވި އިރު، މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން ނެރުނީ ކޯލިޝަން މެނިފެސްޓޯއެކެވެ. އެކަމަކު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރުމަށް އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯއެއް ނެރެފައިވެ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުން ވަނީ ރީތި، ނަޒާހަތްތެރި، ގަދަރުވެރި ދިރިއުޅުމެއް އުޅޭށެވެ. އަދި ރައްޔިތުން އުންމީދު ކުރަނީ މާތްވެގެންވާ އިސްލާމް ދީނުގެ އުސޫލުތަކާ އެކު އެހެން ގައުމިއްޔަތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ބޯހިޔާވަހިކަމާއި ތަކެތީގެ އަގު ބޮޑު ނުވުމަށާއި ވަޒީފާ ފަދަ ބޮޑެތި ކަންކަމަށް ރައްޔިތުން މިހާރު ވެސް ބޭނުންވެފައި ތިބި ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިިގެންނެވި ބައެއް ވަޒީރުން.--ފޮޓޯ: ނިޝާން އަލީ/ މިހާރު
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރުން އެ ތިއްބެވީ، ރައީސްއާ އެކުގައި، ޕާޓީއާ އެކުގައި ރާއްޖޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ދިނުމަށް. އަޅުގަނޑުމެންގެ ވަޒީރުންނަކީ ތަޖުރިބާ ގިނަ ބޭފުޅުން. އަޅުގަނޑުމެންގެ ޕާޓީ އަށް ލިބިފައިވާ ތަޖުރިބާގެ ތެރެއިން އެބޭފުޅުން މަސައްކަތްތައް ބިނާ ކުރައްވާނެ ކަމީ ހަމަ ކަށަވަރުން އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާ އަށް ވާދަކުރައްވާ ނަޝީދު ވިދާޅުވީ ދައުލަތުގެ އާމްދަނީ އެތައް ގުނައަކުން އިތުރުވެފައިވާ ކަމަށެވެ. އެކަމަކު، 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު އުފެދުނު އިރު، އާމްދަނީ ހުރީ ހަތް ބިލިއަން ރުފިޔާގައި ކަމަށް ވިދާޅުވި އެވެ.
"ފެނާއި ކަރަންޓާއި މަރާމާތާއި ކުއްޔަށް ކެނޑީމަ ކުރާނެ ހަރަދެއް ނޯންނާނެ. ހެދޭނެ، ބަނދަރެއް ހެދޭނެ ނަރުދަމާގެ ނިޒާމެއް އޭރު ނޯންނާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް، މިދިޔަ ނޮވެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސް ކުރި 30 ބިލިއަން ރުފިޔާގެ ބަޖެޓުން ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކޮށް، އިޖުތިމާއީ ރައްކާތެރިކަމާއި ރައްޔިތުންގެ ކަންކަން ބަލަހައްޓަމުން ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި ނިލަންދޫ ދާއިރާ ފިޔަވައި އެމްޑީޕީން 86 ދާއިރާއަކަށް ކެންޑިޑޭޓުން ނެރޭއިރު، 77 ދާއިރާއަކަށް ކެންޑިޑޭޓުން ކަނޑައެޅީ ފޯރިގަދަ ޕްރައިމަރީއަކަށް ފަހު އެވެ.
ހޮވޭ ޕާޓީން ވަކި ނުވެވޭ ގޮތް ހަދަން ޖެހޭ: ނަޝީދު
އެމްޑީޕީން 86 ދާއިރާ އަށް ވާދަކުރަން ހުށަހަޅައިފި
ޕްރައިމަރީއަށް ލީޑާޝިޕުން ނުފޫޒު ފޯރުވި: ނިޒާރު
އިންތިޚާބުގައި އެމްޑީޕީން ބޮޑު ބައެއް ހޯދަން ޖެހޭ: ރައީސް
އަނަސް ފިޔަވައި އެހެން ބޭފުޅުންނަށް ބޮޑު ކާމިޔާބެއް
އެމްޑީޕީ ޕްރައިމަރީ؛ ނަޝީދު ވޯޓު ކާމިޔާބު ކުރައްވައިފި
ލަތީފްގެ އިސްލާހަށް ރައީސް ދެކޮޅު ހައްދަވައިފި
"ބޯހިޔާވަހިކަން ހޯދައިނުދެވިއްޖެ ނަމަ ރާއްޖެ ބީވާނެ"
އެމްޑީޕީން ވާދަކުރާނެ ދާއިރާތައް އިއުލާން ކުރަނީ
އެމްޑީޕީން 87 ގޮނޑިއަށް ވާދަކުރަން ވިސްނަނީ