18 ޖެނުއަރީ 2019
އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އެ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ޓިކެޓު ކަށަވަރު ކުރައްވައިފި އެވެ.
އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އެ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ޓިކެޓު ކަށަވަރު ކުރައްވައިފި އެވެ.
އެމްޑީޕީން މިހާތަނަށް އިއުލާން ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވަނީ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ. އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންގެ ތެރެއިން ނާކާމިޔާބީއާ ކުރިމަތިލެއްވި، ހަމައެކަނި ބޭފުޅަކީ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އަހުމަދު އަބްދުﷲ އަށް ވަނީ ޕްރައިމަރީ އަކާ ނުލައި ބާރަށު ދާއިރާގެ ޓިކެޓު ލިބިވަޑައިގެންފަ އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން، ނަޝީދަށް ލިބިވަޑައިގެންނެވީ މައްޗަންގޯޅި މެދު ދާއިރާގެ ޓިކެޓެވެ. ހަސަން ލަތީފަށް ލިބިވަޑައިގަތީ މުޅިން އަލަށް އުފެއްދި ހެންވޭރު ހުޅަނގު ދާއިރާގެ ޓިކެޓެވެ. އަދި އަލީ ނިޔާޒް ވެސް ކަށަވަރު ކުރެއްވީ މުޅިން އަލަށް އުފެއްދި ހުޅުމާލެ ދާއިރާގެ ޓިކެޓެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް: އޭނާ ބަލިކޮށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ ޓިކެޓު ހޯއްދެވީ އެ ދާއިރާގެ ގޮނޑި ކުރިން ވެސް ފުރުއްވި އިބްރާހިމް ރަޝީދު.---ފޮޓޯ: މިހާރު
އަނަސްއާ ވާދަ ކުރައްވައި، މާފަންނު މެދު ދާއިރާގެ ގޮނޑި ކަށަވަރު ކުރެއްވީ ކުރިން އެ ދާއިރާގެ ގޮނޑި ފުރުއްވި އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ.
ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މައްޗަންގޯޅީ މެދު ދާއިރާގެ ޓިކެޓު ނަޝީދު ކަށަވަރު ކުރެއްވީ 267 ވޯޓުންނެވެ. އެމަނިކުފާނާ ވާދަކުރެއްވި އައިޝަތު އަލައިކާ އަދުނާނަށް ލިބުނީ 52 ވޯޓެވެ.
ހަސަން ލަތީފަށް ހެންވޭރު ހުޅަނގު ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ 201 ވޯޓުންނެވެ. އޭނާ އާ ވާދަކުރެއްވި މުހައްމަދު ޝަރީފަށް ލިބުނީ 67 ވޯޓެވެ.
މީގެ އިތުރުން، ހުޅުމާލެ ދާއިރާގެ ޓިކެޓު، ނިޔާޒް ކަށަވަރު ކުރެއްވީ 179 ވޯޓުންނެވެ. ނިޔާޒާއި ވާދަކުރެއްވި އަބްދުލް ހަލީމް އަބްދުﷲ އަށް ލިބުނީ 77 ވޯޓެވެ.
މާލޭގެ އެހެން ދާއިރާތަކަށް ބަލާއިރު، މައްޗަންގޯޅި އުތުރު ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ މާލެ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ރަޝީދެވެ. އަދި މައްޗަންގޯޅީ ދެކުނު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ އަހުމަދު ހައިތަމް އެވެ. ވިލިމާލެ ދާއިރާގެ ޓިކެޓު ހޯއްދެވީ އަލީ ޔާމީން އެވެ.
މާލޭގެ ދާއިރާތަކުގެ ތެރެއިން ޕްރައިމަރީ އަކަށް ނުގޮސް ޓިކެޓު ކަށަވަރު ކުރައްވާފައި ވަނީ މިހާރު ވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވަމުން ގެންދަވާ ތިން ބޭފުޅުން ކަމަށްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މާފަންނު ހުޅަނގު ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ މިހާރު ވެސް އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ މުހައްމަދު ފަލާހެވެ.
އަމިއްލަ ގޮތުން ވާދަކުރާނަމަ، ފިޔަވަޅު އަޅާނަން: އެމްޑީޕީ
ޕްރައިމަރީއަށް ލީޑާޝިޕުން ނުފޫޒު ފޯރުވި: ނިޒާރު
އިންތިޚާބުގައި އެމްޑީޕީން ބޮޑު ބައެއް ހޯދަން ޖެހޭ: ރައީސް
އެމްޑީޕީ ޕްރައިމަރީ؛ ނަޝީދު ވޯޓު ކާމިޔާބު ކުރައްވައިފި
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް
ހޮވޭ ޕާޓީން ވަކި ނުވެވޭ ގޮތް ހަދަން ޖެހޭ: ނަޝީދު
އެމްޑީޕީން 86 ދާއިރާ އަށް ވާދަކުރަން ހުށަހަޅައިފި
ސަރުކާރު އުފެދުނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކުރަން
ޕްރައިމަރީގައި އެމްޑީޕީ ހަމައިން ނެއްޓިފައި؟
ޖާބިރާއި ދިޔާނާ އަށް ވެސް ނާކާމިޔާބު