ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މަނީ ލޯންޑްރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހެކިތަކެއް ހުރި ލިޔުންތަކެއް ރިޔާސީ ކޮމިޝަނަށާއި ފުލުހުންނަށް ހުށަހަޅައިފި ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
27 ޖެނުއަރީ 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މަނީ ލޯންޑްރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހެކިތަކެއް ހުރި ލިޔުންތަކެއް ރިޔާސީ ކޮމިޝަނަށާއި ފުލުހުންނަށް ހުށަހަޅައިފި ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންނާއި ރިޔާސީ ކޮމިޝަނަށް ހުށަހެޅީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ފޮނުވި ލިޔުންތަކެއް ކަމަށެވެ.
އެ ލިޔުންތައް ދިރާސާ ކުރިއިރު، އޭގައި ބަޔާން ކޮށްފައިވާ ފަރާތްތައް މަނީ ލޯންޑްރިންގެ އިތުރުން ކޮރަޕްޝަނާއި ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ ހެކި ހުރި ކަމަށް އޭޖީ އޮފީހުން ބުންޏެވެ. ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތަށް ލިބެން ޖެހޭ ފައިސާ އަނބުރާ ހޯދަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނާ އެ ލިޔުންތައް ހަވާލުކުރީ މި މަހުގެ 15 ގަ އެވެ. ނަމަވެސް، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކޮން އިރަކު ކަމެއް އޭޖީ އޮފީހަކުން އަދިއެއް ނުބުނެ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހަށް އެމްޑީޕީން ހުށަހެޅި ލިޔުންތަކަކީ ޔާމީނާއި އަދީބުގެ މޯބައިލް ފޯނުތަކެއްގައިވާ ޑޭޓާ އެނަލައިޒް ކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށާއި އެއީ އިނގިރޭސި ވިލާތުގެ ހޯމް އޮފީހުން ހުއްދަ ދީފައިވާ ޑޭޓާ ރިކަވަރީ އެންޑް އިންޓެލިޖެންސް ކުންފުންޏަކުން ފޮރެންސިކް އިމޭޖިން ހަދާފައިވާ ޑާޓާ ތަކެެއް ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.
ޔާމީނަށް ތުހުމަތުވާ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން މިހާރު ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަަލައިގައި އެމަނިކުފާނު ވަނީ އެކި ފަހަރު މަތިން ފުލުހަށް ހާޒިރު ވެސް ކޮށްފަ އެވެ.
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި
ޔާމީން، ފުލުހުންގެ ތަހުގީގަށް މާލެ ގެނެސްފި
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
އަދީބު ގޭގައި، ސިޔާސީ މަސައްކަތުގައި!
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
ރައީސް ދިރިއުޅުއްވާ ތަންތަން ތަހުގީގުކުރަން ހުށަހަޅައިފި
ރައީސް ޔާމީން އެ ހުންނެވީ އަޒުލްވެފައި: ޖަމީލް
ރައީސްގެ ވާހަކަފުޅުގެ މާނަ ދަނީ އޮޅުވާލަމުން: ޕީޕީއެމް
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން"
އޭސީސީގެ އެންގުމަށް ތަބާނުވާތީ ކަންބޮޑުވެއްޖެ!