26 ޖެނުއަރީ 2019
ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު، އަލުން ޖަލަށް ގެންދިއުމާ ގުޅިގެން އޭނާގެ އާއިލާ އިން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަށް އަނެއްކާ ވެސް ފާޑުކިޔައިފި އެވެ.
ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު، އަލުން ޖަލަށް ގެންދިއުމާ ގުޅިގެން އޭނާގެ އާއިލާ އިން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަށް އަނެއްކާ ވެސް ފާޑުކިޔައިފި އެވެ.
އަދީބު މާފުށީ ޖަލުގައި ހުންނަވާ ގޮޅި ތެރެއަށް ވެއްޓި، ނޭފަތުން ލޭ އައުމުން އެމަޖެންސީގައި މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ރޭ ވަނީ އަލުން ޖަލަށް ގެންގޮސްފަ އެވެ. އާއިލާ އިން ބުނި ގޮތުގައި، އަދީބު ފާހަނާ އަށް ދިޔަ މަގުމަތީގައި ތަޅުންގަނޑު މައްޗަށް ވެއްޓުނީ ބޮލަށް އެނބުރުން އަރައިގެންނެވެ.
ޖަލުގައި ހުންނަވަނިކޮށް، އަދީބު ތަޅުންގަނޑު މައްޗަށް ވެއްޓި ބޮލުގެ ނިތްކުރި ދުޅަވެފައިވާ ކަމަށް އާއިލާ އިން ބުންޏެވެ. އަދި އަދީބު މާލެ ގެންނަން ޖެހުނީ ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބުމުން ކަމަށް އާއިލާ އިން ބުންޏެވެ. އެހެންވެ، އަދީބުގެ އާއިލާގެ ނުރުހުން އިމްރާނަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
އަދީބުގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ އަދީބު ވެއްޓިފައި އޮއްވައި އެހީތެރިކަން ބޭނުންވެގެން ޖަލުގައި ތިބި އޮފިސަރުންގެ ސަމާލު ކަމަށް ގެނައީ ގޮޅީގައި ހުރި ސީސީޓީވީ ކެމެރާ މެދުވެރިކޮށް ކަމަށެވެ. އަދި އައިޖީއެމްއެޗަށް ގެނައުމުގެ ކުރިން، މާފުށީގައި ހުރި އެއްވެސް ސިއްހީ ހިދުމަތްދޭ ތަނަކުން ފަރުވާދީފައި ނުވާ ކަމަށް ވެސް އަދީބުގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ޑޮކްޓަރުން އިއްތިފާގުވެފައިވާ ގޮތުގައި އަދީބުގެ ބޮލަށް އެނބުރުން އަރައި، ހޭނެތޭ ގޮތް ވަނީ ކިޑްނީ ސްޓޯން ޕާސްކުރުމަށްޓަކައި އަދީބަށް މީގެކުރިން ފަރުވާ ދެމުންދިޔަ ޑޮކްޓަރު ދެއްވި ބޭހުގެ ސަބަބުންނެވެ،" ކިޑްނީގައި ހިލަ އުފެދުމާ ގުޅިގެން ކުރިން ފަރުވާ ހޯއްދެވި އަދީބާ ގުޅޭ ގޮތުން އާއިލާ އިން ނެރުނު ބަޔާނުގައިވެ އެވެ.
އަދީބުގެ އާއިލާ އިން ތުހުމަތު ކުރި ގޮތުގައި، އަދީބުގެ ސިއްހީ ފަރުވާގެ ކަންތައްތައް ހިނގަމުން ދަނީ އިމްރާން ބޭނުންވާ ގޮތަށެވެ. އެގޮތުން، އަދީބަށް ސިއްހީ ހާލަތާ އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދިނުމުގެ ބަދަލުގައި އަދީބުގެ ކިޑްނީ ސްޓޯންގެ ފަރުވާގެ އެއްބައި ހުއްޓާލި ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
"އަދީބު ޖަލު ގޮޅީގެ ފާހަނާތެރޭގައި ވެއްޓި ހާނިއްކަވެފައި މިވަނީ އަދީބުގެ ފަރުވާ ނިމެންދެން އަދީބު ގެންގުޅެން ޖެހޭނީ އާއިލީ އެހީތެރިކަން ލިބޭނެ ސްޓްރެސް ފްރީ މާހައުލެއްގައި ކަމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވަނިކޮށެވެ،" އަދީބުގެ އާއިލާ އިން ނެރުނު ބަޔާނުގައިވެ އެވެ.
އަދީބުގެ ފުރާނަ އަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބެލުމެއް ނެތި، އިމްރާން ބޭނުންވާ ގޮތަށް ކުރިއަށް ގެންދާ ފަރުވާގެ ކަންކަން ހުއްޓާލައި، އަދީބަށް ބޭނުންވާ ފަރުވާ އެއްވެސް ނުފޫޒެއް ނެތި، ލިބޭނެ އިންތިޒާމުތައް ފަހިކޮށްދީ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދީބު އިތުރު ބަލިމަޑުކަމެއްގެ ތެރެއަށް ނުދާނެ ގޮތަށް އަމަލު ކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އާއިލާ އިން ވަނީ ގޮވާލައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުމާއި ފިސްތޯލައެއް ގެންގުޅުނު މައްސަލަ އާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ފަހަކަށް އައިސް، އަދީބަށް ފަރުވާ ދިނުމަށް އެކިފަހަރު މަތިން މާލެ ގެންނަން ޖެހެ އެވެ.
އަދީބު، ފަރުވާ އަށް ފަހު ޖަލަށް ގެންގޮސްފި
އެޑްމިޓްކޮށްފައި އޮތުމުން އަދީބުގެ ޝަރީއަތް ކެންސަލް
ޔާމީން މުޅިންހެން ދެއްކެވީ އަދީބުގެ ވާހަކަ: އިމްރާން
އަދީބު ފިލުމުން އިމްރާން އިސްތިއުފާ ދޭން ޖެހޭ: ޝިޔާމް
އަދީބު ގެންނާނެ ކަމަށް ވީ ވައުދު ފުއްދިއްޖެ: އިމްރާން
ބޭސްފަރުވާ އަށް ފަހު އަދީބު ރާއްޖެ ވަޑައިގެންފި
ފިލައިގެން ދިއުމަކީ އަޅުގަނޑުގެ އުސޫލެއް ނޫން: އަދީބު
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
އަދީބު ފުރާނީ އަންނަ ހުކުރު ދުވަހު، 26 ގައި އަންނާނެ
އަދީބު ބޭރަށް ފުރުވާލާތީ ކަމާގުޅޭ އިދާރާތައް ކޮމިޓީއަށް