22 ޖެނުއަރީ 2019
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް މި ސަރުކާރުން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން، ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް މި ސަރުކާރުން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން، ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި އެވެ.
އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު "މިހާރު" އަށް މިރޭ ވިދާޅުވީ، އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ބައެއް ވީޑިއޯތައް ކޮމިޝަނަށް ވަޑައިގެން އުގެއިލް ބައްލަވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އުގެއިލްގެ އެދިވަޑައިގަތުމަށް، އޭގެ ތެރެއިން ބައެއް ވީޑިއޯތައް އިނގިރޭސި ވިލާތަށް ފޮނުވައިލުމުގެ ކަންކަން ވެސް ކުރިއަށް އެބަދެ އެވެ. އަދި ކޮމިޝަނާ އެކު، ދެ ހަފުތާ އަށް މަސައްކަތް ކުރުމަށް އެ ގައުމުން ތަޖުރިބާކާރަކު ފޮނުވައިދޭނެ ކަމަށް އުގެއިލް ވިދާޅުވި ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އުއްމީދީ މަސައްކަތްތަކެއް ކުރެވެމުން މި އަންނަނީ،" ގާނޫނީ ވަކީލް ސުއޫދު ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގައި ދިިރިއުޅުއްވާ އުގައިލް އީޖާދުކުރި "ފޭސް ރިކޮގްނިޝަން ސިސްޓަމް" ގެ އެހީގައި އޭނާ ގެންދަވަނީ މީހުން ދެނެގަތުމުގެ ބޮޑެތި ތަހުގީގުތަކަށް އެހީތެރިވަމުންނެވެ. އެގޮތުން، ތުރުކީ ވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައޫދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި މަރައިލި ސައޫދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ގާތިލުން ދެނެގަތުމަށް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ނޫސް ކަމުގައިވާ ނިއު ޔޯކް ޓައިމްސް އިން ކުރި މަސައްކަތުގައި އޭނާގެ އެހީ ހޯދާފައި ވެ އެވެ. އަދި، ރަޝިޔާގެ ޖާސޫސް، ސާގީ ސްކްރިޕަލް އާއި އޭނާގެ 33 އަހަރުގެ އަންހެން ދަރިފުޅު، ޔޫލިއާ ސްކްރިޕަލް މަރައިލަން، ޒަހަރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ އަސްލު، އުގެއިލްގެ ސޮފްޓްވެއާގެ އެހީގައި ވަނީ ހޯދައިފަ އެވެ.
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމްގެ އިތުރުން ޔާމީން އަދި ވަގަށް ނަގާފައިވާ ރިލްވާންގެ މައްސަލަ ތަހުގީގުކޮށް، އެކަން ކުރި ބައެއް ހޯދުމުގައި އެހީތެރިވެދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް އުގައިލް ކުރިން ވަނީ ވިދާޅުވެފަ އެވެ. އެކި ގައުމުތަކުގެ ފުލުހުންނާއި ތަހުގީގީ ދާއިރާގެ އަމިއްލަ ކުންފުނިތަކާ އެކު ގިނަ މަސައްކަތްތަކެއް ކުރައްވާ އުގެއިލް ވިދާޅުވީ، އެ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ވެސް ހިލޭ ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށެވެ.
އުގެއިލްގެ އިތުރުން، އެ މައްސަލަތަކުގެ ތަހުގީގަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދަން ވެސް، ނޮވެމްބަރު 17، 2018 ގައި އުފެއްދި ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ޑރ. އަފްރާޝީމް، 2012 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އިރު އެ މައްސަލައިގެ ހަގީގަތް އަދިވެސް ފުލުހުންނަކަށް ނުހޯދެ އެވެ. މައްސަލައިގެ ތުހުމަތަށް ހުސައިން ހުމާމް ހައްޔަރުކޮށް މަރަން ހުކުމް ކުރި ނަމަވެސް، އޭނާ އެކަން ކުރީ ކޮން ބަޔަކު ބުނެގެން ކޮން މަގުސަދެއްގައި ކަމެއް އަދިވެސް ނުހޯދެ އެވެ. މީގެ ހަތަރު އަހަރު ކުރިން ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުކުމްކޮށްފަ އެވެ.
އޭޕްރީލް، 23، 2017 ވަނަ އަހަރު މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ވެސް އެއްކޮށް ފުރިހަމަ ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ. އެ މައްސަލައިގައި އެހީތެރިވުމަށް އުގެއިލް ކުރިން ހުށަހެޅުމުން ފުލުހުން ވަނީ އެކަން ގަބޫލު ނުކުރަން ނިންމައިފަ އެވެ.
ބޮޑު 3 މަރުގެ ފަހަތުގައި ތިބި މީހުން ހޯދިއްޖެ:ސުއޫދު
"އިންސާފަށް ވާސިލްވާން، ތަހުގީގުން ނަތީޖާ ނެރެދޭނަން"
މަރުތަކުގެ އެންމެ ފުނަށް ދެވޭނެކަން ޔަގީން: ސުއޫދު
މަރުތައް ތަހުގީގު ކުރަން ކޮމިޝަނެއް އުފައްދަވައިފި
ނަތީޖާ ނުނެރެވި މަރު ކޮމިޝަން މަރުވެއްޖެ؟!
މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލައިފި: ނަޝީދު
ރިލްވާންގެ ރިޕޯޓް މަޖިލިހަށް ދޭން އަންގާފައެއް ނުވާނެ
ކޮމިޝަނަށް އަންނަ ފާޑުކިޔުންތަކަށް ޖަވާބެއް ނެތް!
ރިޔާސީ ކޮމިޝަން މާދަމާ 241 ކޮޮމިޓީ އަށް
ސުއޫދުގެ ޖެހިލުމެއް ނެތް! އާންމުންގެ ލޯ ހުޅުވާލަދީފި