Roadha Mihaaru
ހުޅުމާލޭގައި ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

21 ޖެނުއަރީ 2019

ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައިސްގެ އޮފީހުން އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލާގައި އިއްޔެ މީހަކު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައިސްގެ އޮފީހުން އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލާގައި އިއްޔެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސެންޓްރޯ މޯލުގައި ހުންނަ އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ހިފައިގެން ދިޔަ މީހާގެ މޫނަށް "މޫވް ސްޕްރޭ" ޖެހުމަށްފަހު ފޭރުނުކަމުގެ ތުހުމަތުގައި 35 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު 15 ދުވަސް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ފައިސާތައް ފޭރުނީ، ފުލުހުން އިއްޔެ ބުނިގޮތުގައި، ދެ މީހަކު ބައިވެރިވެގެންނެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސްގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ، ފޭރިގަތީ މިދިޔަ ހަފުތާގެ ބަންދުގައި ޕެޓްރޯލް ވިއްކައިގެން ލިބުނު ފައިސާ ކަމަށެވެ. ގާތްގަނޑަކަށް 250،000ރ. ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިިދިޔަ އަހަރު ވެސް، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓްކުރާ އެންސިސް ކުންފުނިން، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ވެހިކަލަށް އަރުވަނިކޮށް ވަނީ ފޭރިގެންފަ އެވެ.