13 ސެޕްޓެމްބަރ 2018
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި އިތުރު ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ. އޭގެ ތެރޭގައި 25 އަހަރުގެ އަންހެނަކު ވެސް ހިމެނެ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި އިތުރު ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ. އޭގެ ތެރޭގައި 25 އަހަރުގެ އަންހެނަކު ވެސް ހިމެނެ އެވެ.
ފުލުސް އޮފީހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރު ކުރީ ހުޅުމާލޭން ކަމަށެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރު ކޮށްފަ އެވެ.
އެންސިސްގެ ފައިސާތައް ފޭރިގަތް މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ 22 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާގެ އަތުން ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ފުލުހުން ވަނީ ހޯދައިފަ އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި އެންސިސްގެ ފައިސާތައް މަގުމަތިން ފޭރިގަތީ، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފުން ވެހިކަލަކަށް އަަރަން އުޅެނިކޮށް ސައިކަލެއްގައި ދިޔަ ބައެކެވެ.
ފައިސާތައް ފޭރުނު މައްސަލައިގައި މީގެ ކުރިން އަށް މީހަކު ހައްޔަރު ކުރި ނަމަވެސް، ފުލުހުން ބުނި ގޮތުގައި މިހާރު ބަންދުގައި ތިބީ އޭގެ ތެރޭން ހަތަރު މީހެކެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެންސިސްގެ ދެ މުވައްޒަފަކު ވެސް ހިމެނެ އެވެ.
ފައިސާތައް ފޭރުނު މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި
ފޭރުނު މައްސަލައިގައި އެންސިސްގެ ދެ މުވައްޒަފަކު ވެސް!
އެންސިސްގެ ފައިސާ ފޭރިގަނެގެން ހަ މީހަކު ހައްޔަރުކޮށްފި
އެންސިސްގެ ދެ މިލިއަން ރުފިޔާ ހުޅުމާލެ އިން ފޭރިގެންފި
އޮޅުވާލައިގެން މިލިއަނެއްހާ ރުފިޔާގެ މުދާ ނަގައިފި
ހުޅުމާލޭގައި ފޭރުނު މީހުންނާއި ފައިސާ ވެސް ނުހޯދޭ
ހުޅުމާލޭގައި ބޮޑު ފޭރުމެއް
ހުޅުމާލެއިން އަނެއްކާވެސް ފައިސާތަކެއް ފޭރިގެންފި
ހުޅުމާލޭގައި ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި
މޯލްޑިވްގޭސްގެ ފައިސާތަކެއް ހުޅުމާލޭން ފޭރިގެންފި