21 ޖެނުއަރީ 2019
ރާއްޖޭގެ މިއުޒިކީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން މިރޭ ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފި އެވެ
ރާއްޖޭގެ މިއުޒިކީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން މިރޭ ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފި އެވެ
ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމް އޮންނާނީ ޔޫތު ސެންޓަރުގައި، މިރޭ 8:45 ގަ އެވެ.
އެންސީއޭ އިން ބުނި ގޮތުގައި މި ފޯރަމަކީ މިއުޒިކީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ދާއިރާގެ ފަންނުވެރިިންގެ ހިޔާލު ހޯދަން ބާއްވާ ފޯރަމެކެވެ. ފޯރަމްގައި މިއުޒިކީ ފަންނާނުންނާއި ސަގާފީ އަދި ޒަމާނީ މިއުޒިކް ގްރޫޕްތަކާއި ސަގާފީ އަދި ޒަމާނީ ނަށާ ގްރޫޕްތަކާއި ސްޓޫޑިއޯ ފަންނާނުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
މިއީ ރާއްޖޭގެ މިއުޒިކީ ފަންނާނުންގެ ހިޔާލު ހޯދަން މިގޮތަށް ބާއްވާ ފުރަތަމަ ފޯރަމެވެ.
އެންސީއޭ އިން ބުނި ގޮތުގައި ފޯރަމްގައި ހޯދާ ހިޔާލުތަކުގެ އަލީގައި ކުރިއަށް އޮތް ތަނުގައި މި ދާއިރާގެ ކުރުއެރުމާއި ތަރައްގީ އަށް ޕްރޮގްރާމަތަކެއް ހިންގާނެ އެވެ.
އެންސީއޭ މިފަހުން އަންނަނީ ރާއްޖޭން ބޭރުގެ އެކިއެކި މިއުޒިކް ފެސްޓިވަލްތަކުން ވެސް ދިވެހި ފަންނާނުންނަށް ފުރުސަތުތައް ހޯދައި ދެމުންނެވެ.
ސްކޫލު ކުދިންގެ ލަވަ މުބާރާތަށް ހަތް ފަނޑިޔާރުން
ފަންނާނުންނަށް ހުރި ދަތިތައް ހައްލުކޮށް ދޭނަން: ޔުމްނާ
އެންމެ މޮޅު ޑްރާމާއަކަށް "ދަތުރު"
އެންސީއޭ އިން މިއުޒިކް ފެސްޓިވަލެއް ބާއްވަނީ
އެންސީއޭގެ ކޯޑިނޭޓަރުކަމުން މުއާޒް އިސްތިއުފާ ދެއްވައިފި
ފިލްމް އެވޯޑްސްއަށް 17 ފީޗާ ފިލްމާއި 7 ކުރު ފިލްމު
ފިލްމް އެވޯޑްސް އަންނަ މަހުގެ 21 ގައި ބާއްވަނީ
މުއާޒަށް އަލުން ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަން ދީފި
ޒީރޯ ޑިގްރީ ނާޝިދަށް ޓްރިބިއުޓް ޝޯއެއް ބާއްވަނީ
"އޮލިމްފިއަންސް"ގެ ޝޯ އަލުން އޮލިމްޕަހަށް