16 ނޮވެމްބަރ 2017
އަންނަ މަހު ބާއްވާ 8 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ފިލްމްތައް ބައިވެރި ކުރަން ހުޅުވާލި މުއްދަތު އިއްޔެ ހަމަވި އިރު، 17 ފީޗާ ފިލްމާއި ހަތް ކުރު ފިލްމް ހުށަހަޅައިފި އެވެ.
އަންނަ މަހު ބާއްވާ 8 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ފިލްމްތައް ބައިވެރި ކުރަން ހުޅުވާލި މުއްދަތު އިއްޔެ ހަމަވި އިރު، 17 ފީޗާ ފިލްމާއި ހަތް ކުރު ފިލްމް ހުށަހަޅައިފި އެވެ.
އެވޯޑަށް މި ފަހަރު ވާދަ ކުރާ ފީޗާ ފިލްމްތަކަކީ 2014-2016 އަށް ރިލީޒް ކުރި ފިލްމްތަކެވެ. ކުރު ފިލްމް ކެޓަގަރީ އަށް ވާދަ ކުރަނީ 2011-2013 އަށް ރިލީޒް ކުރި ފިލްމްތަކެވެ.
މިދިޔަ އަހަރު ބޭއްވި ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި ވެސް ކުރު ފިލްމް ކެޓަގަރީން އެވޯޑް ދޭން ނިންމި ނަމަވެސް، ފަހުން ވަނީ ބައެއް ސަބަބުތަކާ ހެދި އެވޯޑް ނުދޭން ނިންމައި، މި އަހަރު ބާއްވާ އެވޯޑްގައި އެ ފިލްމްތަކަށް ފުރުސަތު ދޭ ގޮތަށް ނިންމައިފަ އެވެ.
އަންނަ މަހުގެ 19 ވަނަ ދުވަހުގެ ރޭ ބާއްވާ އަށް ވަނަ ދިވެހި ފިލްމް އެވޯޑްސް އަށް ވާދަ ކުރާ ފީޗާ ފިލްމްތަކަކީ 2014 ގައި ރިލީޒް ކުރި ހުޅުދާން، 24 ގަޑި އިރު، އާދޭސް، އިންސާނާ، އަނިޔާ އަދި ރާނީގެ އިތުރުން ދެހާސް ފަނަރާގައި ރިލީޒްވި ރަންދަރި، މިކޮއެ ބައްޕަ ބައޭބައޭ، އެންމެ ފަހު ވިންދާ ޖެހެންދެން އަދި އަހްޝަމް އެވެ.
Award hafulaage kurin: 3 aharuge film thah
The most trusted news source in the Maldives
Mihaaru
ފީޗާ ފިލްމަށް 17 ފިލްމް ވާދަ ކުރާނެ.
އަދި މިދިޔަ އަހަރު ރިިލީޒްވި ފިލްމްތަކުގެ ތެރެއިން އެވޯޑަށް ވާދަ ކުރާ ފިލްމްތަކަކީ އެ ރެއަށް ފަހު، ނޭނގި ޔާރު ވަކިވީ، ވާށޭ މަށާއެކީ، ވަފާތެރި ކެހިވެރިޔާ، ހާދަރު، 4426، ވީ ބޭވަފާ، އަދި ބައިވެރިޔާ އެވެ. މިދިޔަ އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން އެމްއެންޑީއެފުން ގެނެސް ދިން "ހާދަރު" އެވޯޑަކަށް ހުށަހައެއް ނާޅަ އެވެ.
އަށް ވަނަ ދިވެހި ފިލްމް އެވޯޑްސް އަށް ވާދަކުރާ ކުރު ފިލްމްތަކަކީ ވޫޑޫ، ކަޝްފް، ފަރިހިބެ 3، ފަރިހިބެ 4، ސިޔާސީ ކޯޅުން، ސިޔާސީ ވެކްސިން، 13 އަށް ވިސްނާ 2000 އެވެ.
ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ގެ މީޑިއާ ހެޑް އިބްރާހީމް ސައީދު (އިއްބެ) މިއަދު ވިދާޅުވީ އެވޯޑަށް ހުށަހެޅި ފިލްމްތައް ޖަޖް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި ނޮމިނޭޝަންތައް ވެސް މާ ލަސްތަކެއް ނުވެ އިއުލާން ކުރާނެ ކަމަށެވެ.
Awardah hushahelhi kuru filmuthakah vee kihine?
The most trusted news source in the Maldives
Mihaaru
މިދިޔަ އަހަރު އެވޯޑަށް ހުށަހެޅި ކުރު ފިލްމްތައް.
"ތައްޔާރީތަކުގެ ތެރޭގައި އަޅުގަަނޑުމެން އުޅެނީ. އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަ އިންސާފުވެރި އެވޯޑް ހަފުލާއަކަށް މި ފަހަރުގެ ހަފުލާ ވެސް ވެގެން ދާނެ،" ޕީއެސްއެމާ ގުޅިގެން ބާއްވާ އެވޯޑް ހަފުލާއާ ބެހޭ ގޮތުން އިއްބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން ގައުމީ ފިލްމް އެވޯޑްސްގެ ނަމުގައި ބާއްވަމުން ދިޔަ އެވޯޑް މި އަހަރުން ފެށިގެން ދިވެހި ފިލްމް އެވޯޑްސް އަށް ބަދަލު ކުރި ނަމަވެސް، އެވޯޑްގެ ހައިސިއްޔަތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
"މިއީ ދިވެހި ފިލްމްތަކަށް ދޭ އެވޯޑަކަށްވާތީ ދިވެހި އެ ލަފުޒު މީގެ ތެރެއަށް ގެނެސް ވީހާ ވެސް ބޮޑަށް އެވޯޑް ދިވެހިކޮށްލުމުގެ ގޮތުން ނަމަށް ބަދަލު ގެނައީ،" އިއްބެ ވިދާޅުވި އެވެ. "އެހެންވީމާ ހަމަ ގައުމީ އެވޯޑްގެ ގޮތުގައި މީތި އޮންނާނީ. އެ ހައިސިއްޔަތަކަށް އެއްވެސް ބަދަލެއް ނާދޭ."
މުހިއްމު، ގިނަ ނޮމިނޭޝަންތައް ޑާކް ރެއިންގެ ފިލްމްތަކަށް
ހަ އަހަރަށް ފަހު އެމްއެފްއޭ އެވޯޑްސް ބާއްވަނީ
މި އަހަރު ޓެލެޑްރާމާ މުބާރާތުގައި ހަ އޮފީހެއް
އޮފީސް ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
8 ވަނަ ދިވެހި ފިލްމް އެވޯޑްސް އަންނަ މަހުގެ 19 ގައި
އެންމެ މޮޅު ޑްރާމާއަކަށް ސްޓެލްކޯގެ "ކަޅާއި ހުދު"
ގައުމީ ފިލްމް އެވޯޑުގެ ނޮމިނޭޝަންތައް އިއުލާންކޮށްފި
ފިލްމް އެވޯޑްސް އަންނަ މަހުގެ 21 ގައި ބާއްވަނީ
ސްކޫލު ކުދިންގެ ލަވަ މުބާރާތަށް ހަތް ފަނޑިޔާރުން
"ތިއޭ މި ހިތުގެ ވިންދަކީ" ބައިސްކޯފުން