20 ޖެނުއަރީ 2019
އެމްޑީޕީގެ ފަރާތުން ހިދަތޫ ދެކުނު ދާއިރާގެ ގޮނޑިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓުލުމުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އިންތިހާބުން ބަލިވެވަޑައިގެންނެވި މިހާރުގެ މެންބަރު އަލީ ނިޒާރު ހުށަހެޅުއްވި މައްސަލަ ނުބެލުމަށް އެ ޕާޓީން ނިންމައިފި އެވެ.
އެމްޑީޕީގެ ފަރާތުން ހިދަތޫ ދެކުނު ދާއިރާގެ ގޮނޑިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓުލުމުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އިންތިހާބުން ބަލިވެވަޑައިގެންނެވި މިހާރުގެ މެންބަރު އަލީ ނިޒާރު ހުށަހެޅުއްވި މައްސަލަ ނުބެލުމަށް އެ ޕާޓީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 85 ދާއިރާއަށް ކުރިމަތިލުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި 627 ވޯޓު ލިބިވަޑައިގެން ދެ ވަނައަށް ނިޒާރު ދިޔަ އިރު 830 ވޯޓު ހޯދައިގެން ޓިކެޓު ކާމިޔާބު ކުރީ އިބްރާހިމް ނާޒިލެވެ.
އިންތިހާބަށްފަހު ނިޒާރު ވަނީ އިންތިހާބުގައި އަދި ޕާޓީ ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީ އިސްލާހު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ނިޒާރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ހިތަދޫ ދެކުނު ދާއިރާގެ އިންތިހާބުގައި ބެހެއްޓި ބައެއް ފޮށިތަކަށް 68 މީހަކު ދެ ފަހަރަށް ވޯޓުލާފައިވާ ކަމަށެވެ.
ނިޒާރުގެ މައްސަލަ ނުބަލަން އެމްޑީޕީން ނިންމާފައި ވަނީ ނިޒާރު މައްސަލަ ޖެހުނު 68 ވޯޓު ބާތިލް ކުރި ނަމަވެސް ނާޒިލަށް ވުރެ ވޯޓުގެ ގޮތުން ކުރި ނުލިބޭނެ ކަމަށް ބުނެ އެވެ.
މީގެ އިތުރުން ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ އެއް ވަނަ އާއި ދެވަނަ އަށް ދިޔަ ކެންޑިޑޭޓުގެ ފަރަގު ކުޑަ ކަމުން އެ ފޮށިތައް އަލުން ގުނުމަށް ވަނީ ނިންމައިފަ އެވެ. އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މައްސަލައެއް ބެލުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ޕްރައިމަރީއަށް ލީޑާޝިޕުން ނުފޫޒު ފޯރުވި: ނިޒާރު
ޕްރައިމަރީން ބަލިވެގެން ޕާޓީގެ ނަމުގައި ވާދަނުކުރެވޭނެ
ކޮންމެ ފިޔަވަޅެއް އެޅިޔަސް ހެޔޮ، ވާދަކުރާނަން: ޖާބިރު
އަމިއްލަ ގޮތުން ވާދަކުރާނަމަ، ފިޔަވަޅު އަޅާނަން: އެމްޑީޕީ
ޕްރައިމަރީން ބަލިވިޔަސް ވާދަކުރެވޭނެ: ސުޕްރީމް ކޯޓު
ޖާބިރު އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރައްވަނީ
ޕްރައިމަރީގައި އެމްޑީޕީ ހަމައިން ނެއްޓިފައި؟
މެމްބަރުންގެ ތެރެއިން ނާކާމިޔާބުވީ 5 ބޭފުޅަކަށް
އިންތިޚާބުގައި އެމްޑީޕީން ބޮޑު ބައެއް ހޯދަން ޖެހޭ: ރައީސް
ޖާބިރާއި ދިޔާނާ އަށް ވެސް ނާކާމިޔާބު